ގދ.ތިނަދޫގައި ހުންނަ "އިބްނަމޯ" ރެސްޓޯރެންޓުން ކުރިޔަށް ގެންދިޔަ "އެންމެންގެ ލަކީ ޑްރޯ" ގެ ނަސީބްވެރި ފަރާތްތައް ހޮވައިފިއެވެ.
އިއްޔެ ހަވީރު އިބްނަމޯގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތުގައި ވަނީ މިލަކީޑްރޯގެ ނަސީބުވެރި ފަރާތް ގުރުއަތުން ހޮވާފައެވެ. އެގޮތުން އެއްވަނަ އަށް ހޮވިފައިވަނީ އާމިނަތު އަޒުނާއެވެ. ނަސީބްވެރި ދެވަނަ ފަރާތަކަށް އިފްޝާ ހޮވިފައިވާއިރު ތިންވަނައަށް ހޮވިފައިވަނީ މުހައްމަދު ނަސީމްއެވެ.
ވަނަވަނައަށް ހޮވުނު ފަރާތްތަކަށް މިހާރު ވަނީ އިނާމް ހަވާލުކުރެވިއެވެ. މިރަސްމިއްޔާތުގައި ނަސީބްވެރި ފަރާތްތަކަށް އިނާމް ހަވާލުކޮށްފައިވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒުގެ ޕްރިންސިޕަލް ޑރ.ޝައިސްތާ އަލީ އާއި ތިނަދޫ އައިސްޕްލާންޓުގެ މެނޭޖަރ މުހައްމަދު އިލްޔާސް، ތިނަދޫ ޕްލިސް ސްޓޭޝަންގެ އިންޗާޖް ނާސިހު މުހައްމަދުގެ އިތުރުން އިބްނަމޯ ރެސްޓޯރެންޓް ހިންގާ "ރޮޗެސްޓަރ ގްރޫޕް ޕްރައިވެޓް ލިމިޓެޑް" ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު އިބްރާހިމްއެވެ.

ލަކީޑްރޯގެ ގުރުއަތު ނެގުމަށް އިބްނަމޯގައި އިއްޔެ ހަވީރު ބޭއްވުނު ރަސްމިއްޔާތުގެ ތެރެއިން – ފޮޓޯ: އިބްނަމޯ
01 ޖޫން 2022 އިން 15 ނޮވެމްބަރ 2022 އަށް ކުރިޔަށް ގެންދިޔަ މި ލަކީޑްރޯގެ އިނާމްތަކަށް ބަލާލާއިރު އެއްވަނައަށް ހޮވޭ ފަރާތަކަށް 55 އިންޗީގެ ޓީވީއެއް ލިބިގެން ދިޔައިރު ދެވަނައަށް ދިޔަ ފަރާތަށް ޕްރޮޖެކްޓަރއެއް ވަނީ ލިބިފައެވެ. އަދި ތިންވަނައަށް ދިޔަ ފަރާތަށް އިނާމެއްގެ ގޮތުން އިބްނަމޯ ރެސްޓޯރެންޓުން 3 ފަރާތަކަށް ކެއުމެއް ވަނީ ދީފައެވެ.
އިބްނަމޯއަކީ މުޅިން ތަފާތު މާޙައުލެއްގެ ސިފަ ގެނެސް ކަސްޓަމަރުން ހިތްހަމަޖެހޭފަދަ މާހައުލެއްގައި މިއަހަރު މުޅިން އަލަށް ޤާއިމުކޮށްފައިވާ ރެސްޓޯރެންޓެކެވެ. ތަފާތު ގިނަ ޕްރޮމޯޝަންތަކާއެކު ހިންގަމުން އަންނަ ތަނެކެވެ. އަދިހަމައެއާއެކު އާ ކަންތައްތަކާއި ރަހަތަކުގެ އިތުރުން އާ ބްރޭންޑް ތަކުގެ ކޮފީ އާއި ލައިވް ކުކިންގ އަދި ޑިޖިޓަލް މެނޫގެ އިބްނަމޯ ރެސްޓުން ފޯރުކޮށްދެއެވެ.
އިބްނަމޯއިންވަނީ 7370007 އަށް ގުޅުމުން ޑެލިވަރީގެ ޚިދުމަތް ވެސް ދޭ ގޮތަށް ހަމަޖައްސާފައެވެ.

