މަމްދޫޙުގެ ވާހަކަ "ޕަރީފެންގަނޑު" ވިކެމުންދަނީ
ވާހަކަލިޔުންތެރިޔާ މަމްދޫހުއިބްރާހީމް ލިޔެފައިވާ ވާހަކަ "ޕަރީފެންގަނޑު" މިމަހުގެ 4 އިން ފެށިގެން މިވަނީ މާކެޓަށް ނެރެފައެވެ.
ބިރާއި ހާސްކަން އަދި ސިޙުރާއި ޖާދޫގެ އިތުރުން ޕަރީންނާއި ޖިންނީންނާއި އިންސާނުންގެ ކަންތައްތަކެއް ހިމެނޭހެން، ލާމުއަތޮޅު ގަމުގައި އޮންނަ "ޕަރީފެންގަނޑަށް" އަމާޒުކޮށްގެން ލިޔެފައިވާ މި ޚިޔާލީ ވާހަކަ ނެރެފައިވަނީ މިނޮވެމްބަރު މަހުގެ 4ވަނަދުވަހުގެ ރޭ ބޭއްވި ރަސްމިއްޔާތެއްގައެވެ. ފޮތް ނެރެދެއްވީ ރައީސް އޮފީހުގެ މިނިސްޓަރ އަލްފާޟިލް އަހުމަދު ސަމީރެވެ. އެރެއިން ފެށިގެން އޮންލައިންކޮށް އޯޑަރު ދިނުމުން ފޮތް ލިބޭގޮތަށް ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރަށް ތިރީގައި މިދަންނަވާ ބުކްޝޮޕްތަކުންވެސް ފޮތް ލިބެން ހުންނާނެއެވެ. އަދި ތިރީގައި މިހިމަނާލާ ނަންބަރަށް ގުޅުމުން ނޫނީ މަމްދޫހުގެ ފޭންޕޭޖު، "އޯތާ މަމްދޫހު"އަށް ވަޓްސްއަޕް އިން މެސެޖްކޮށްގެންވެސް ވާހަކަ ލިބޭނެއެވެ. މިވާހަކަފޮތް ދަނީ ވަރަށް ހަލުވި ސްޕީޑެއްގައި ވިކެމުންނެވެ.
- ރައުންޑްވަން ބުކްޝޮޕް މާލޭގެ ފިހާރަތަކުން
- ރައުންޑްވަން ބުކްޝޮޕްގެ ހުޅުމާލެ ފޭސް1ގެ ފިހާރައިން
- ރައުންޑްވަން ބުކްޝޮޕް ހުޅުމާލެ ފޭސް2ގެ ފިހާރައިން
- ގދ ތިނަދޫ ބުކްޝޮޕްތަކުން
- 7490506 މިނަންބަރުން / "އޯތާ މަމްދޫހު" ޕޭޖުން
މިވާހަކަ ކިޔާފައި ކޮންމެ ފަރާތަކުންްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްްވެސް ފޮތަށް ކޮށްފައިވާ ތައުރީފުގެބަސްތައް ގިނައެެވެ. ވާހަކައިގެ ބިރުވެރިކަމާއި ރީތިކަމުގެ ވާހަކަ ހަަމަ ކޮންމެ ފަރާތަކުންވެސް ސޯޝަލް މީޑިޔާގައި ހާމަކޮށްފައިވެއެވެ.
މިއީ ލާމު އަތޮޅު ގަމުގައި އޮންނަ"ޕަރީފެންގަނޑު" މައިގަނޑަކަށް ބަލައިގެން މަމްދޫހު ލިޔެފައިވާ ހަމަމުޅިން ހިޔާލީ ވާހަކައެކެވެ. ވާހަކައިން ދައްކުވައިދެނީ ޕަރިސްތާނުގެ ރަސްކަމާއި ރާނީކަމަނާއިންނާއި އަމީރާއިންނާއި ރާއްޖޭގެ އަތޮޅުތައް އުފެދިގެން އައިގޮތާއި ޕަރިސްތާނުގެ ރަސްގެފާނު، ލާމުގަމުގައި ރައްކަކުރެވުނު ޖާދޫގެ ފެންގަނޑާއި ޖިންނީންގެ ބޮޑުންނާއި ޖާދޫ، ސިހުރުފަދަ ކަންތައްތަކެވެ.
މިވާހަކަ ފޮތަކީ ރާއްޖޭގައި މިހާތަނަށް ނެރެވުނު މިފަދަ ދިގު ވާހަކައަކަށް މިހާ ފުރިހަމަ ފަރުމާކުރުމަކުން ތައްޔާރުކޮށްފައިވާ އަދި ބުކްމާކު، ލީފްލެޓްފަދަ ފޮތާއެކުގައި ލިބޭ ސާމާނުތަކަށް ބެލިކަމުގައިވިޔަސް ނެރެވުނު އެންމެ ފުރިހަމަ އެންމެ ވަރުގަދަ ފޮތޭ ދެންނެވުމަކީ ގޯހެއްނޫންކަންގައިމެވެ.

