ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފެޝަން ޑިޒައިނަރ އަދި ލިޔުންތެރިޔާ ކްރިސްޑާ ރޮޑްރިގޭޒް، މި ލިޔުން ލިޔެފައިވަނީ ކެންސަރު ބަލީގައި ދުނިޔެ ދޫކުރުމުގެ ކުރިންނެވެ.
1. އަހުރެންގެ ގަރާޖުގައި ދުނިޔޭގެ އެންމެ އަގުބޮޑު ބްރޭންޑުތަކުގެ ކާރުތައް ހުރިކަމުގައިވިޔަސް، މިހާރު އަހުރެން ދަތުރުކުރަނީ ފުރޮޅުލީ ގޮނޑިއެއްގައެވެ.
2. އަހުރެންގެ ގެއަކީ، އަގުބޮޑު އެކިއެކި ބާވަތްބާވަތުގެ ޑިޒައިނަރ ހެދުންތަކާއި ބޫޓާއި އެހެނިހެން އަގުހުރި ތަކެތިން ފުރިފައިވާ ތަނެކެވެ. އެކަމަކު، އަހުރެންގެ ހަށިގަނޑު މިވަނީ ހޮސްޕިޓަލުން ފޯރުކޮށްދިން ކުޑަ ފޮތިކޮޅެއްގެ ތެރޭގައި އޮޅާލެވިފައެވެ.
3. އަހުރެންގެ ބޭންކު އެކައުންޓްތަކުގައި އެކަށީގެންވާ ވަރަށް ފައިސާ އެބަހުއްޓެވެ. އެކަމަކު މިހާރު އެ ފައިސާއަކުން އަހުރެންނަކަށް ވީ އެއްވެސް ފައިދާއެއް ނެތެވެ.
4. އަހުރެންގެ ގެއަކީ ގަނޑުވަރެއް ފަދަ ތަނެކެވެ. ނަމަވެސް މިހާރު އަހުރެން މިއޮތީ ހޮސްޕިޓަލެއްގެ ޑަބަލް ސައިޒް އެނދެއްގައި އޮށޯވެލައިގެންނެވެ.
5. އަހުރެންނަށް ފަސް ތަރީގެ އެއް ހޮޓަލުން ފަސް ތަރީގެ އަނެއް ހޮޓަލަށް ދެވިދާނެއެވެ. އެކަމަކު މިހާރު އަހުރެން މި ވަގުތު ހޭދަކުރަނީ ހޮސްޕިޓަލުގެ އެއް ލެބުން އަނެއް ލެބަށް ބަދަލުވުމުގައެވެ.
6. އަހުރެން އެތައް ސަތޭކަ ބަޔަކަށް އޮޓޮގްރާފްދީ ސޮއިކޮށް ހެދީމެވެ. މިއަދު އަހުރެންގެ ސޮޔަކީ ޑޮކްޓަރުގެ ނޯޓެވެ.
7. އަހުރެންގެ އިސްތަށިގަނޑު ޒީނަތްތެރި ކުރުމަށްޓަކައި، އަހުރެންގެ އަތުގައި ހަތް ވައްތަރެއްގެ ގަހަނާ އެބަހުއްޓެވެ. އެކަމަކު، މިހާރު އަހުރެންގެ ބޮލުގައި އިސްތައްޓެއް ނެތެވެ.
8. ޕްރައިވެޓް ޖެޓެއްގައި އަހުރެން ބޭނުން ކޮންމެ ތަނަކަށް އުދުހިލެވޭނެއެވެ. އެކަމަކު މިހާރު ހޮސްޕިޓަލުގެ ބަގީޗާއަށް ނުކުތުމަށް ދެމީހެއްގެ އެހީތެރިކަން އަހުރެންނަށް ބޭނުންވެއެވެ.
9. ކިތަންމެ ގިނަ ކާބޯތަކެއްޗެއް ހުރިކަމުގައިވިޔަސް، މިއަދު އަހުރެންގެ ކޮއްތަކީ ދުވާލަކު ދެގުޅަ ބޭހާއި އަދި ރޭގަނޑު ދެތިން ތިކި ލޮނުފެނެވެ.
އަހުރެންގެ އަގުބޮޑު ގެއާއި، ބްރޭންޑެޑް ކާރުތަކާއި، ޕްރައިވެޓް ޖެޓާއި، އަގުބޮޑު ފަރުނީޗަރުތަކާއި، ޑިޒައިނަރ ހެދުންތަކާއި، ބޭންކް އެކައުންޓްތަކުގައި ހުރި ގިނަގުނަ ފައިސާއާއި، އަހުރެންނަށް ލިބުނު ޝުހުރަތާއި މަޝްހޫރުކަމާއި، މިއިން އެއްވެސް އެއްޗަކީ ބޭނުންތެރި އެއްޗެއް ނޫނެވެ.
މިބުނެވިދިޔަ އަގުބޮޑު އެއްވެސް އެއްޗަކުން އަހުރެންނަށް ލިބުނު ލުޔެއްނެތެވެ.
ޙަޤީޤީ ދިރިއުޅުމަކީ ވީހާވެސް ގިނަ ބައެއްގެ ހިތްއުފާކޮށްދީ އެމީހުންނަށް ހިނިތުންވުން ގެނެސްދިނުމެވެ. “މަރު ފިޔަވައި އެއްވެސް އެއްޗަކީ ޙަޤީޤަތެއް ނޫނެވެ.” ދުނިޔޭގެ މި ޙަޔާތަކީ ވަރަށް ކުރު އެއްޗެކެވެ.

