މާލޭ ސިޓީ ކައުންސިލުން “އަތަމަނަ” ނަމުގައި މަޖައްލާއެއް ނެރެދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފިއެވެ.
މާލޭ ސިޓީ ކައުންސިލުން މަޢުލޫމާތުދޭ ގޮތުގައި، ހަފުތާއަކު އެއްފަހަރު ޚަބަރު ސިޓީ އަދި މަޖައްލާއެއް “އަތަމަނަ” ނަމުގައި ނެރުމަށް ސިޓީކައުންސިލުން ބޭނުންވާތީ، މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން މިހާރު ވާނީ އިއުލާން ކުރެވިފައެވެ.
މިމަސައްކަތައް ޝަޢުގުވެރިވާ ފަރާތްތަކުން އޮގަސްޓް މަހު 11 ވަނަ ދުވަހު ގައި މާލޭ ސިޓީ ކައުންސިލް އިދާރާގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން އަގުހުށަހުޅުމަށް އިޢުލާނުގައި ވެއެވެ.

