މާލެ ސިޓީގެ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހަދައިދޭނެ ފަރާތެއް ހޯދުމަށް މާލޭ ސިޓީ ކައުންސިލުން އިއުލާންކޮށްފިއެވެ.
މާލެ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، މާލޭ ދެކުނު ފަރާތުގައި މަސް ކަނޑާނެ ތަނެއް ހެދުމާއި ފެނުގެ ހިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އަމިއްލަ ތަކެތީގައި މިކަން ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތެއް ހޯދަން ބޭނުންވާ ކަމަށެވެ.
އަދި މިމަސައްކަތާ ގުޅޭ މައުލުމާތު ހޯދަން ބޭނުންވާ ފަރާތްތަކުން އަންނަ މަހުގެ 29 ވަނަ ދުވަހުގެ ކުރިން އެކައުންސިލުގެ ޕްރޮކިއުމަންޓް ސެކްޝަނުން މައުލޫމާތު ސާފު ކުރުމަށާއި މިމަސައްކަތް ކުރަން ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހަޅަން ޖެހޭނީ އަންނަ ސެޕްޓެމްބަރު މަހުގެ ނުވަވަނަ ދުވަހުގެ ކުރިން ކަމަށްވެސް ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
ނަމަވެސް މަސްކަނޑާ ތަން ހަދަނީ މާލޭގެ ދެކުނު ފަރާތުން ސީދާ ކޮން ސަރަހައްދެއްގައިކަން ސިޓީ ކައުންސިލުގެ ބަހެއް ނުލިބޭތީ ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

