ނިޔަފަތީގަ ރިއްސުމަށް ގޭގައި ދެވިދާނެ އާދައިގެ ލުއި، ވަގުތީ ފަރުވާ
ނިޔަފައްްޗެއްގައި ރިއްސުމަކީ ހާދަހާ ވޭން އަޅާ ކަމެކެވެ. މިބުނަނީ ފިސާރި ބޮޑު ތެދެކެވެ. އަނގައިގެ ދަތެއްގައި ރިއްސުމާއި ފައިގެ އިނގިލިތަކުގެ ނިޔަފަތީގައި ރިއްސުމަކީ ހަމަސީދާ ސިކުނޑިއަށް އެތަދު، ތޫނު ރިހުމަކަށް ވޭނުގެ އަސަރު ފޯރާ ކަމެކެވެ. ނިޔަފައްޗެއްގެ ކަން ވަދެގެން، ތަނެއްގައި އިނގިލި ތާށިވެ ފިތުމުން ނިޔަފައްޗަށް އަނިޔާއެއް ވުމުން ނޫނީ އިތުރަށް ހެދިބޮޑުވުން(އިންގްރޯން ނެއިލް) ނޫނީ އިނގިލި ދުޅަވެ ނިޔަފަތި މަރުވެ ނަގަން ޖެހުން، މިއިން ކޮންމެ ހާލެއްގައިވެސް އެއަޅާ ވޭން ބުނެދޭން، ކިޔައިދޭން ނޭނގޭވަރަށް ބޮޑުވެފައި ރިހުން ވަރުގަދައެވެ.
ފައިގެ އިނގިލީގެ، ނިޔަފަތިތަކުގައި ރިއްސުމުން އެހާ ތަދުވަނީ ކީއްވެގެން ހެއްޔެވެ؟
ޑޮކްޓަރުން ވިދާޅުވާ ގޮތުގައި ފައިގެ އިނގިލިތަކުގައި، މުޅި ޖަމާއަތެއްގެ ނާރު ރިސެޕްޓަރުތައް ހުރެއެވެ. އެ ރިސެޕްޓަރުތައް ބްލަންޓް ފޯސްގެ ސަބަބުން ޖެހިބާރު ވެއެވެ. "ކޮންމެ ޑިޖިޓެއްގައި ދެ ނާރު ހުންނައިރު، އެއް ނާރު ދެފަރާތުގައި،" ޑރ.ބޮޓެކް ވިދާޅުވި އެވެ. "އެހެންވީމަ ކޮންމެ ތަނެއްގައި ފައިގެ އިނގިލީގައި ޖެހުނަސް ނުވަތަ ކޮންމެ ގޮތަކަށް ކިތަންމެ މަޑުން ފިއްތާބާރު ކޮށްލިކަމުގައިވިޔަސް، ފައިގެ އިނގިލިން ފެށިގެން ސިކުނޑިއަށް، (ނާރު އިމްޕަލްސްއަކަށް) އަސަރުކުރާނެ." މާނައަކީ ފައިގެ އިނގިލި ތަނެއްގައި ޖެހިއްޖެ ނަމަ ނޫނީ ބާރަށް ފިތާލިޔަސް ނުވަތަ ކިތަންމެ މަޑުން ތަނެއްގައި ޖެހުނަސް، އެއިނގިލިން ފެށިގެން ސިކުނޑިއާ ހަމައަށް އަސަރުކުރާނެ އެވެ. އެހެންކަމުން ފައިގެ އިނގިއްޔަކަށް، ހާއްސަކޮށް ބޮޑުއިނގިއްޔަށް އެއްވެސް އަނިޔާއެއް ވެއްޖެނަމަ، އަދި އޭގެ ނިޔަފައްޗަކަށްވެސް ގެއްލުމެއްް ލިބި، ނިޔަފަތީގެ ކަންދުޅަވެ ނޫނީ އެހެންވެސް ތަދުވާ ކަހަލަ ކަމެއް ވެއްޖެނަމަ އެހެން ތަނެއްގެ ރިހުމަށްވުރެ އެތައް ގުނައެއް ވޭން ބޮޑުވާނެއެވެ. ސަބަބަކަށް ވަނީ ސިކުނޑިއާ ހަމައަށް އެތަދުގެ އަސަރު ދެމިގެންދާތީއެވެ.
ފައިގެ ނިޔަފަތިތަކުގައި ރިއްސުން ވަގުތީ ގޮތުން ހުއްޓުވާނީ ކިހިނެއް ހެއްޔެވެ؟
ނިޔަފަތީގެ އަރިމަތީގެ ދަށުގައި ސާފު ވެޖެއް ބަހައްޓައިގެން ނިޔަފަތި ހަންގަނޑާ ދުރަށް އުފުލުމަށް އެހީތެރިވެދޭނެ އެވެ. އެތަން ސާފުކޮށް ނިމުމުން އެންޓިބަޔޮޓިކް އޮއިންޓްމަންޓް އެ ސަރަހައްދުގައި އުނގުޅާށެވެ. ފައިގެ އިނގިލިތައް ހާމައަށް ހުންނަކަހަލަ ފައިވާނަކަށް ނޫނީ ބޫޓަކަށް މިދުވަސްކޮޅު އަރާށެވެ.
ރޭގަނޑުވުމުން އަހަރެންގެ ފައިގެ ނިޔަފަތިތަކުގައި މާބޮޑަށް ރިހެނީ ކީއްވެގެން ހެއްޔެވެ؟
ނިޔަފަތިތަކުގެ ތެރޭގައި، ހެދެން ޖެހޭވަރަށްވުރެ ބޮޑަށް ހެދެމުންދާ ނިޔަފަތިތައް ނުވަތަ އިންގްރޯން ނެއިލް، ރޭގަނޑުގެ ފިންޏަށް، ރިހުން ބޮޑުވަމުންދާނެއެވެ. ކޮންމެ ކަހަލަ ތަދަކަށް ވިޔަސް އެތަދެއް ރޭގަނޑަށް ބޮޑުވެ ރިހުން އިތުރުވާނެއެވެ. (ސަބަބަކީ ޜޭގަނޑުގެ ފިނިކަމާއި އެއްވަރަށް ހަށިގަނޑާއި ސިކުނޑިއަށް އަރާމު ބޭނުންވެ ކަންނެތްވަމުން އަންނަ ވަގުތުކަމަށްވެފައި ފިތުރީކަމަކަށް ވާތީ މިއީ އެއްވެސް އިރެއްގައި ބަދަލެއް އައި ކަމެއް ނޫނެވެ.) ނިޔަފަތި ތެރޭގައި، އިންގްރޯން ނެއިލް ހެދޭކަމުގެ އަލާމާތްތަކުގެ ތެރޭގައި ރިހުން، ރިހުން، ރަތްވުން، ދުޅަވުން، ލޭއައުން ހިމެނެއެވެ.
ނިޔަފަތި ފަޅައިގެން ގޮސްފައި ނުވަތަ ނިޔަފަތީގައި ރެނދުލައިފިނަމަ ނިޔަފަތި ނަގާލަން ޖެހިދާނެއެވެ. މިއީ ނިޔަފަތީގެ ތަންމަތި ނުވަތަ ނިޔަފަތި ހެދިފައިވާތަން ހާމައަށް ފެނިދާނެ ކަމެކެވެ. މިގޮތަށް ހަމާނުލައި ހުރި ރޯ މަސްގަނޑެއްކަމުން އެތަނުގައި ރިއްސުންބޮޑުވާނެއެވެ. ތަނަށް އާހަން އެރުމަށް ހަފްތާއެއްހާ ދުވަސް ނަގާއިރު ނިޔަފަތި ރިޖެނެރޭޓް ނުވަތަ އަލުން އުފެދި ބޮޑުވާން މަހެއް، ދެމަހެއްހާ ދުވަސް ނަގާނެކަމަށް ހޯދުންތަކުން އެނގިފައިވެއެވެ.

ހޫނު ސައިބޯނި،ލޮނު ފެނަށް ފިޔަވަޅުލައިގެން ނިޔަފަތިތައް ރަނގަޅަށް ތެންމާލުމުން ސާފުވެ ދުޅަތިރިވެ ރިހުން ކުޑަކޮށްދޭ
ރިއްސާ ނިޔަފަތިތަކަށް އަމިއްލައަށް ދެވިދާނެ "ގޭގެފަރުވާ"، ވަގުތީ ލުއި ފަރުވާ:
ދުޅަވެ ރިއްސާ ނިޔަފަތި ތެންމާލުމުން ދުޅަ ތިރިވެ، ރިހުން ލުއިކޮށްދިނުމަށް އެހީތެރިވެދޭނެ އެވެ.. ހޫނު، ސައިބޯނި ފެނަށް ހަލާކުވެފައިވާ ނިޔަފަތީގެ އިނގިލި ނޫނީ އެފައިތިލަ ލުމަށްފަހު 20 މިނެޓް ވަންދެން މަޑުކުރާށެވެ. ސައިބޯނި ފެނަށް ލޮނު ކޮޅެއް އެޅުމުން އިތުރު ލުޔެއް ލިބޭނެ އެވެ.
ހޫނު ސައިބޯނި ފެނުގައި ފައިތިލަ ރަނގަޅަށް ތެންމާލާށެވެ. މިގޮތަށް 10 އާއި 20 މިނެޓާ ދެމެދުގެ ވަގުތަކަށް ދުވާލަކު 3 ފަހަރު ނޫނީ 4 ފަހަރު ތަކުރާރު ކުރާށެވެ.
ހޫނު ލޮނު ފެނަށް ފައިތިލަ ލުމަށްފަހު ދިހަ ވަރަކަށް ފަނަރަވަރަކަށް މިނިޓަށް މަޑުކޮށްލާށެވެ. އިނގިލިތަކަށް ފެނުގެ އަސަރުކޮށް ނިޔަފަތިތައް ރަނގަޅަށް ތެމި، ނިޔަފަތިތަކުގެ އެތެރެއަށްވެސް ފެނުގެ އަސަރު އެންމެ ރަނގަޅަށް ފޯރަން ދެން މަޑުކޮށްލާށެވެ. މިހެން ހެދުމުން ފައިގެ އިނގިލީގެ ނިޔަފަތީގެ ވަށައިގެންވާ ހަންގަނޑު މަޑުވެ، އިންފެކްޝަން ޖެހުމުގެ ފުރުސަތު ކުޑަވެގެންދެއެވެ.
ފައިގެ ނިޔަފަތި މަޑުކޮށްލުމަށްޓަކައި ލޮނު އަޅާފައިވާ ސައިބޯނި ފެނަށް ފައިތިލަ ލުމަށްފަހު 30 މިނެޓް މަޑުކޮށްލާށެވެ. (އެޕްސޮމް ލޮނާއި ކެސްޓިލް ސައިބޯންޏަކީ މިކަމަށް އެންމެ އެކަށީގެންވާ ވައްތަރުތައް ކަމަށް ހޯދުންތަކުން އަދި ޑޮކްޓަރުންވެސް އިއްތިފާގުވެއެވެ.) މިގޮތަށް ހޫނުކަން ހުންނަ ފެނުގައި ފިޔަވަޅު ތެންމާފަ ބެހެއްޓުމުން ނިޔަފަތީގެ ތެރެއަށް ފެނުގެ އަސަރުފޯރާ، ނިޔަފަތީގެ ވަށައިގެންވާ ބައި ސާފުވެ، ރިހުން ކުޑަވެ ދުޅަވުން ކުޑަވެގެންދާނެއެވެ. ސާފުކޮށް ރަނގަޅަށް އަތް ދޮވެލާށެވެ. އިނގިލީގައި އިތުރަށް ހެދިފައިވާ ނިޔަފަތި ކަޑައި އެބައި ނަގަން ފެށުމުގެ ކުރިން އަތް ސާފުކޮށް ބެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފައިގެ ނިޔަފަތި ވަށައިގެން ނޫނީ (ނިޔަފަތި ނަގާފައިވާނަމަ އިނގިލިމަތީގައި) ކޮޓަން ނުވަތަ ޑެންޓަލް ފްލޮސް އަޅާށެވެ. …
ޕެޓްރޯލިއަމް ޖެލީ އުނގުޅާށެވެ. …
ފައިތިލައަށް ފަސޭހަ އަރާމު ފައިވާނެއް ނޫނީ ބޫޓެއް ވިޔަސް ހޮވާށެވެ. ސާފު ތުނި އިސްޓާކީނު ބޭނުން ކުރުން ވެސް ރަނގަޅެވެ. މުހިންމުކަމަކީ މުޅިން ހިކިފައިވާކަން ޔަގީންކުރުމެވެ …
ތަދު ކަޑުވާ ބޭސް ބޭނުން ކުރާށެވެ. (ޑޮކްޓަރެއްގެ އިރުޝާދުގެ ދަށުން ނޫންގޮތަކަށް ޕެއިންކިލާ ވެސް އަދި ޕެނެޑޯލްވެސް ބޭނުން ކުރުން ރަނގަޅެއް ނޫނެވެ.)
ނިޔަފަތި ރިއްސުމަށް މެދުވެރިވާ އެއް ސަބަބަކީ ނިޔަފަތި އިންފެކްޝަން ވުމެވެ. ރިއްސުމުގެ އިތުރުން ނިޔަފަތި އިންފެކްޝަންތަކުގެ ސަބަބުން އިނގިލި ދުޅަވެ ރަތްވެ، ހާއްސަކޮށް ކިއުޓިކަލް ވަށައިގެންވާ ތަންތަން ރަތްވުން ފަދަ ކަންކަން ކުރިމަތިވެއެވެ. އަދި ނިޔަފަތި އިންފެކްޓް ވުމުން ނިޔަފަތި ތުނިވެ، ނިޔަފަތި ވަށައިގެންވާ ތަންތަނުން ފެނާއެކުދޮސް ފޭބުން ފަދަ ކަންކަން މެދުވެރިވާނެ އެވެ.
ނިޔަފަތީގެ ކަންވަދެ ރިހުން ބޮޑުން
ނިޔަފަތީގެ ކަން ވަންނަނީ ނިޔަފަތި ކެނޑުމުގައި ހެދޭ ގޯހަކުން ނޫނީ މަދު ފަހަރެއްގައިވިޔަސް ނިޔަފަތި އިތުރަށް ދިގުވުމެވެ. ނިޔަފަތީގެ ކަން ދުޅަވެ ރިއްސާނަމަ، ގޯސްވެފައިވާ ކަން ނޫން އަނެއް ފަރާތު ކަނަށް ވާގޮތަށް ނިޔަފަތި ކަޑާލާށެވެ. ނޫނީ ނިޔަފަތީގެ މަތިން ގާނާލުން އެންމެ އެކަށީގެންވާ ހައްލުކަމަށް ވަނީ ޔަގީންކަމާއެކު ސާބިތުވެފައެވެ. މިގޮތަށް މަތިން ނިޔަފަތިީގެ ގޭނުމުން ނިޔަފަތީގެ ބޯމިން ތުނިވެ، ރަނގަޅުވެދާނެއެވެ.
ނަމަވެސް ނިޔަފަތީގައި ބަލި ޖެހި މާބޮޑަށް ހަލާކުވެފައިވާނަމަ ނުވަތަ ވަރަށް ބޮޑަށް ތަދުވާނަމަ ޑޮކްޓަރަށް ދައްކައިގެން ފަރުވާ ހޯދަން ޖެހިދާނެ އެވެ.
ނިޔަފަތި ބޮޑުވާވަރަކަށް އަމިއްލައަށް ރަނގަޅުވެދާނެއެވެ. ނަމަވެސް ސީރިއަސް ނުވަތަ އިންފެކްޓް ވެފައިވާ ނިޔަފަތިތަކުގައި ޕްރޮފެޝަނަލް މެޑިކަލް ފަރުވާއެއް ބޭނުންވެއެވެ. ޑޮކްޓަރަށް ދައްކަން ޖެހޭ ވަގުތު އެނގޭނެ ގޮތަށް ނިޔަފަތި އިންފެކްޝަންގެ އަލާމާތްތައް ދަސްކުރުން މުހިންމެވެ.
ފައިގެ ނިޔަފަތި ތެރޭގައި ނިޔަފަތި އިތުރަށް ބޮޑުވުމާއި ދުޅަވުމާއި ރިހުމަކީ އާންމުކޮށް ނިޔަފައްޗާއި ހަންގަނޑުގެ ދެމެދުގައި ތާށިވެފައި ހުންނަ ބެކްޓީރިއާގެ ސަބަބުން ދިމާވާ ކަންތައްތަކެކެވެ. ޑރ.ރަމްބަޗަރ ލަފާދެއްވަނީ ބެކްޓީރިއާ މަރާލުމަށްޓަކައި ހޫނުފެނުގައި ލޮނާއި ސައިބޯނި ބޭނުންކޮށްގެން ގޭގައި ދެވޭ ފަރުވާއިން އަސަރުނުކޮށްފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށެވެ.

