ތިލަމާލެ ބްރިޖް މަސައްކަތް ޝެޑިއުލް އާއި އެއްގޮތަށް ކުރިޔަށް ދާނެ: ޕްލޭނިންގ މިނިސްޓްރީ

ތިލަމާލެ ބްރިޖް މަސައްކަތަށް ގެންގުޅުނު ކްރޭން ބިންދައިގެންގޮސް ކަނޑަށް ވެއްޓުނަސް ބްރިޖްގެ މަސައްކަތް ޝެޑިއުލް އާއިި އެއްގޮތަށް ކުރިޔަށް ގެންދާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެފިއެވެ.
މިނިސްޓްރީން ކުރި ޓްވީޓެއްގައި ޕްލޭނިން މިނިސްޓްރީން ބުނެފައިވަނީ ކްރޭން ވެއްޓުނު ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެއްލުންވެފައި ނުވާ ކަމަށެވެ. އެހެންކަމުން މިމަސައްކަތުގެ ޝެޑިއުލްއަށް އެއްވެސް ބަދަލެއް އަންނާނެ ކަމަށް ލަފާނުކުރެވޭކަމަށް އެމިނިސްޓްރީން ވަނީ ބުނެފައެވެ.
https://twitter.com/MoNPHImv/status/1600063768431824897?s=20&t=-HtHkVl26bZ5q_JU4Re0hQ
އިއްޔެ މެންދުރުގެ ވަގގުތެއްގައި ބުރިޖުގެ މަސައްކަތުގައި ބޭނުން ކުރާ ކެރޭނެއްގެ ބޫމް ފެއިލްވެ ކެރޭންގެ ބިންދައިގެން ދިޔަ ބައި ކަނޑަށް ވެއްޓުމުން އެބައި މިހާރު ވަނީ ނަގާފައެވެ.
މި ހާދިސާއާއި ގުޅިގެން ބައެއް ފަރާތްތަކުން މިކަމުގެ އަސްލު އޮޅޭގޮތަށް ހަބަރު ފަތުރަމުން ގެންދާކަމަށްވެސް އެމިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ބްރިޖްގެ މަސައްކަތް ސަރުކާރުން ބުނި ތާރީހަށް ނުނިމޭތީ އެކަމާ ގިނަބަޔަކު ދަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.
