ގދ.ތިނަދޫގައި ހުވަނި ގިނަވަމުން ދާތީ ދެކުނު އަވަށު ކުޑަކުދިންގެ ޕާކު ބަންދު ކޮއްފިއެވެ.
ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ރަށުގެ ދެކުން އަވަށުގެ ބައެއް ގަސް ތަކުގައި ހުވަނި ގިނަވެ އާ ސަރަހައްދުގައި ދިރިއުޅޭ ބައެއް ފަރާތްތަކާއި އަވަށުގެ ކުޑަކުދިންގެ ޕާކަށް ޒިޔާރަތްކުރާ ފަރާތްތަކަށް އުނދަގޫ ވަމުންދާތީ އެ ޕާކު ވަގުތީ ގޮތުން ބަންދުކޮށް ހުވަނި ނައްތާލުމަށް ސްޕްރޭ ޖެހުމުގެ މަސައްކަތް ކުރުމަށް މިހާރު ތައްޔާރު ވަމުންދާ ކަމަށެވެ.

ހުވަނިތަކެއް؛ މިއީ ވިދުމެއް ހުންނަ ކުލައަރާ ކަފަފާޑަކަށް އޮންނަ ނުރައްކާތެރި އެއްޗެއް، އަންނައުނުގަވެސް ކިރިޔާ ހޭކުނަސް މީގެ އަސަރު ކުރާނެ.
ތަޖުރިބާގެ ދަތުރު ފުޅެއްގައި ކައުންސިލްގެ ހުރިހާ މެމްބަރުންނާއި އިދާރީ ބައެއް މުވައްޒަފުންނާއި އެކު މި ވަޤުތު އައްޑޫ ސިޓީގައި ހުންނަވާ "ހުވަދޫ" ނޫހަށް މައުލޫމާތު ދެއްވަމުން ރައީސް ސަޢުދުއަލީ ވިދާޅުވީ ތިނަދޫ ދޭތެރެ ދޭތެރެއިން ހުވަނި އުފެދި އެކި ސަރަހައްދުތަކުގައި ގިނަވާ ކަމަށާއި އެގޮތުން މި ދުވަސްވަރު ރަށުގެ ދެކުނު އަވަށު ޕާކު ސަރަހައްދުގައި ހުވަނި ވަރަށް ގިނަ އަދަދަކަށް އުފެދިފައިވާ ކަމަށެވެ. އަދި އެ ހިސާބު އިން ވެގެން ސްކޫލެއް ހުރުމުން އެއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކައަށާއި އަވަސް ޙައްލެއް ހޯދުމަށް މިހާރު ތިނަދޫ ކައުނަސިލްގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ބުނީ ހުވަނި ގިނަ ވާން ފެށިތާ ވަރަށް ގިނަ ދުވަސް ވެއްޖެ ކަމަށާއި ކައުންސިލުން މިކަމަށް ފިޔަވަޅު ނޭޅި ލަސްވުމުން އެކަމާ ކަންބޮޑުވާ ކަމަށެވެ. އަދި ޕާކު ތަކާ ތަންތަނަކީ ވަރަށް ރަނގަޅަށް ބެލެހެއްޓެން ޖެހޭ ތަންތަން ކަމަށާއި އެސަރަހައްދުގައި އޮންނަ ޕާކުގައި އެކަން ވަރަށް ވަރުވާ ކުޑަ ކަމަށެވެ. ނަމަވެސް މިއަދު ކައުންސިލުން ފެށި މަސައްކަތައް ޝުކުރުވެރިވާ ކަމަށް ވެސް އެމީހުން ބުނެއެވެ.

