އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރު {އިއުފަވި} ގެ 13 ވަނަ ޤުރުއާން މުބާރާތުގެ ބަލައިގެން ކިޔެވުމުން، ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު، މުޙައްމަދު ޝަޔާން ޝިޒާން އަދި ނުބަލައި ކިޔެވުމުން އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރު އަޙްމަދު ޝަލްޝަލް ރަޝާދު ވަރަށް ފުރިހަމަ އެއްވަނަ ހާސިލުކޮށްފިއެވެ.
އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރު "އިއުފަވި" ގެ 13 ވަނަ ޤުރުއާން މުބާރާތުގެ ނަތީޖާ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު އޮތީ، އިއްޔެ(9 ޑިސެމްބަރ 2022) ހަވީރު، ގދ.ތިނަދޫ ޔުނިކް ސޯޝަލް ސެންޓަރުގައެވެ. ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ޤައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ އަދި ޢަރަބިއްޔާ ސުކޫލްގެ ކުރީގެ މުދީރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމް ރަޝީދެވެ.
މުޅި މުބާރާތުން، ‘ބަލައިގެން، ކިޔެވުމުން ވަރަށް ފުރިހަމަ އެއްވަނައެއް ޙާސިލުކޮށްފައިވަނީ ގދ. އަތޮޅު ތަޢުލީމީ މަރުކަޒުގެ ދަރިވަރު، މުޙައްމަދު ޝަޔާން ޝިޒާން އެވެ. އަދި ހިތުން ކިޔެވުމުން ވަރަށްވެސް ފަހުރުވެރި އެއްވަނައެއް ހާސިލުކޮށްފައިވަނީ އަމިއްލަ ގޮތުން ބައިވެރިވި ދަރިވަރު އަޙްމަދު ޝަލްޝަލް ރަޝާދު އެވެ. މުޅި މުބާރާތުން ބަލައިގެން ކިޔެވުމުން އެއްވަނަ ހާސިލުކޮށްފައި ވަނީ ގދ.އަތޮޅު ތައުލީމީ މަރުކަޒެވެ. އަދި ނުބަލައި ކިޔުމުން އެއްވަނަ ހާސިލުކޮށްފައިވަނީ އަބޫބަކުރު ސުކޫލެވެ. މީގެ އިތުރުންވެސް އެކިއުމުރު ފުރައިގެ އެކި ވަނަތައް ގިނަ ދަރިވަރުންތަކެއް ވަނީ ހާސިލުކޮށްފައެވެ.
19 ޖޫން 2011 އިގަ ރަޖިސްޓަރީ ކޮށްފައިވާ، 4 މަސްއޫލުވެރިއެއްގެ މައްޗަށް އެކުލެވޭ، އިސްލާމިކް ޔުނައިޓެޑް ފައުންޑޭޝަން ފޯރ އަސާސް ވިނަވި އެންޑް އިޔާރު، "އިއުފަވި ޖަމްއިއްޔާ" ގެ މަގުސަދަކީ އިސްލާމްދީނުގެ އަސާސްތައް އާލާ ދިރުވައި ހުރިހާ އުމުރު ފުރައަކަށް އަމާޒުކޮށް ކީރިތި ޤުރްއާނަށް އޭގެ ފުރިހަމަ ގޮތުގައި ކިޔަވައި ދިނުމެވެ.
އިއުފަވި ޖަމްއިއްޔާގެ މަސްއޫލުވެރިން:
- އިއުފަވި ޖަމިއްޔާގެ މަސްޢޫލުވެރިއާ އަދި ރައީސް އަލްފާޟިލް ސަޢުދުﷲ ޙިލްމީ
- އިއުފަވި ޖަމިއްޔާގެ މަސްޢޫލުވެރިއާ އަދި ނާއިބު ރައީސް އައްޝެއިޚް ތާޙާ ނަޢީމް
- އަލްފާޟިލް ޔާސީން ނަޢީމް
- އަލްފާޟިލް މިޒަހަތު ނަޢީމް

އިއުފަވި 13ވަނަ ޤުރުއާން މުބާރާތުގެ ތެރެއިން
އިއުފަވި 13ވަނަ ޤުރުއާން މުބާރާތް:
މި މުބާރާތުގައި ޖުމްލަ 110 ދަރިވަރުން ބައިވެރިވެ ޖުމްލަ ހަތް އުމުރު ފުރާއިން ބަލައިގެން އަދި ނުބަލައި ކިޔެވުން ކުރިއަށް ގެންދެވިފައިވާ ވެއެވެ.
މުބާރާތް ބައިވެރިންގެ ތެރޭގައި އަބޫބަކުރު ސުކޫލް، ތިނަދޫ ސުކޫލު، ގދ އަތަޅު ތަޢްލީމީ މަރުކަޒު، ވިނަވި ޤުރްއާން ކްލާސް އަދި އަމިއްލަ ގޮތުން 30 ދަރިވަރަކު ބައިވެރި ވެފައިވެއެވެ.
އިއްޔެ ހަވީރު ބޭއްވުނު ޖަލްސާގެ ޝަރަފުވެރި މެހުމާނަކީ ޤައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ އަދި ޢަރަބިއްޔާ ސުކޫލްގެ ކުރީގެ މުދީރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާޙިމް ރަޝީދެވެ.
އޭގެ އިތުރުން މި ޖަލްސާގައި "އިއުފަވި ޖަމިއްޔާ"ގެ މަސްޢޫލުވެރިއާ އަދި ރައީސް އަލްފާޟިލް ސަޢުދުﷲ ޙިލްމީ އަދި އިއުފަވި ޖަމިއްޔާގެ މަސްޢޫލުވެރިއެއް ކަމަށްވާ އަލްފާޟިލް ޔާސީން ނަޢީމް އާއި އިއުފަވި ޖަމިއްޔާގެ ރައީސްގެ އަލްފާޟިލް ސަޢުދުﷲ ޙިލްމީގެ އަނބިކަލަކުން މިލްނާ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.
ޖަލްސާ ކުރިއަށް ދިޔަ ގޮތާއި އިނާމު ބެއްސެވި ބޭފުޅުން
ބައިވެރިންނަށް އިނާމާއި ސެޓްފިކެޓް ހަވާލުކުރުން
- ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް އަލްފާޟިލް ޢަލީ އަމްޖަދު
- އޯޖަން ސްޓޯރގެ މަސްޢޫލުވެރިޔާ އަލްފާޟިލް އަޙްމަދު އުޒައިރު
- އިއުފަވި ޖަމިއްޔާގެ ރައީސްގެ އަލްފާޟިލް ސަޢުދުﷲ ޙިލްމީގެ އަނބިކަލަކުން މިލްނާ ރަޝީދު
- ކުރީގެ ހުވަދޫ ސްކޫލުގެ މަސްޢޫލުވެރިޔާ އަލްފާޟިލް އަޙްމަދު ފަތުޙީ
- އިސްލާމިކް މިނިސްޓްރީގެ ސީނިއަރ އެގްޒެކްޓިވް ޑިރެކްޓަރ އަލްފާޟިލް މުޙައްމަދު އަމްޖަދު
- ގދ. ޓީ.އާރް.ސީގެ ކޯރޑިނޭޓަރ ޖަމްޝީދާ ޢަބްދުﷲ
- ތިނަދޫ ކައުންސިލްގެ ކުރީގެ ނާއިބު ރައީސް އަލްފާޟިލް އިބްރާހީމް ރިޔާޒް
- ބިޒްނަސް ސެންޓަރގެ ތިނަދޫ ބްރާންޗްގެ މެނޭޖަރ އަލްފާޟިލް އަޙްމަދު އަޝްރަފް

އިއުފަވި ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެރެއިން
3 ވަނަ ހާޞިލްކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކުރުން
- އެވިޑް ކޮލެޖްގެ މެނޭޖަރ އަލްފާޟިލް މުޙައްމަދު ޒުހައިރު
2 ވަނަ ހާޞިލްކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކުރުން
- އިއުފަވި ޖަމިއްޔާގެ މަސްޢޫލުވެރިއެއް ކަމަށްވާ އަލްފާޟިލް ޔާސީން ނަޢީމު
1 ވަނަ ހާޞިލްކޮށްފައިވާ ދަރިވަރުންނަށް ސެޓްފިކެޓާއި ޓްރޮފީ ހަވާލުކުރުން
- މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ ތިނަދޫ ކެމްޕަސްގެ މެނޭޖަރ އަލްފާޟިލް މުޙައްމަދު ޝަމީމް އާދަމް
އިއުފަވި ޖަމިއްޔާގެ މަސްޢޫލުވެރިޔާގެ ވާހަކަފުޅު ދެއްކެވުން
- އަލްފާޞިލް ސަޢުދުﷲ ޙިލްމީ
މުޅި މުބާރާތުން ހިތުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން ވަނަތައް ހާސިލްކޮށްފައވާ ދަރިވަރުންނަށް ސެޓްފިކެޓާއި ފައިސާ އަދި ޓްރޮފީ ހަވާލުކުރުން
- އިއުފަވި ޖަމިއްޔާގެ ރައީސް އަލްފާޟިލް ސަޢުދުﷲ ޙިލްމީ
މުޅި މުބާރާތުން ހިތުން އަދި ބަލައިގެން ކިޔެވުމުގެ ގޮފިން ވަނަތައް ހާޞިލްކޮށްފައިވާ މުއައްސަސާތަކަށް ސެޓްފިކެޓާއި ފައިސާ އަދި ޓްރޮފީ ހަވާލުކުރުން
- ޖަލްސާގެ ޝަރަފުވެރި މެހެމާން؛ ޤައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ، ޢަރަބިއްޔާ ސުކޫލްގެ ކުރީގެ މުދީރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު
ޖަލްސާގެ ޝަރަފުވެރި މެހެމާނުގެ ވާހަކަފުޅުދެއްކެވުން
- ޤައުމީ ޔުނިވާރސިޓީގެ ލެކްޗަރަރ، ޢަރަބިއްޔާ ސުކޫލްގެ ކުރީގެ މުދީރު އަދި އިސްލާމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު
މި ޖަލްސާގައި އިއުފަވި ޖަމިއްޔާއާއި ބެހޭ ކުޑަ ވީޑިއޯއެއް ދައްކާލެވުނެވެ.

