42 ވަނަ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ގދ ފަރެސްމާތޮޑާ ގައި ބޭއްވި ރަސްމިއްޔާތުގައި މަސްވެރިންގެ ދުވަހުގެ ޚާއްޞަ ހަނދާނީ ފިލާ ފިޔޯރީ ސްކޫލް ގެ އިތުރުން 6 ސްކޫލަކަށް ދީފިއެވެ.
2021 ވަނަ އަހަރު ކެމްބްރިޖް އޯލެވެލް އިމްތިޙާނުގައި މެރިން ސައިންސް މާއްދާއިން އެންމެ ރަނގަޅު ނަތީޖާ ހޯދާފައިވާ ސްކޫލްތަކުގެ ތެރޭގައި 7 ސްކޫލެއް ހިމެނޭކަން ފާހަގަކޮށް އެ ސްކޫލްތަކަށް ހަނދާނީ ފިލާ އަރުވާފައިވޭ. އެ ސްކޫލް ތަކަކީ :
ހުރަވީ ސްކޫލް،
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ސްކޫލް،
ނިލަންދެ އަތޮޅު ދެކުނުބުރީ ރިނބުދޫ ސްކޫލް،
ހުވަދު އަތޮޅު ދެކުނުބުރީ ފިޔޯރީ ސްކޫލް،
ޏ އަތޮޅު ތަޢުލީމީ މަރުކަޒު.
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ސްކޫލް، އަދި
ޢިޔާޡުއްދީން އިންޓަނޭޝަނަލް ސްކޫލް،
ރޭ ބޭއްވި މި ރަސްމިއްޔާތުގައި ޚާއްޞަ ހަދާނީ ފިލާ ޙަވާލު ކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞޯލިހް އެވެ.
މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ފަރެސްމާތޮޑާ ގައި ބޭއްވި ރަސްމިއްޔާތުގައި މަސްވެރިކަމާ ގުޅުން ހުރި ގިނަ ފަރާތްތަކަށް އެކަމުގެ އަގު ވަޒަން ކޮށް ހަ ދާނީ ފިލާ ވަނީދެއްވާފައެވެ.

