ގއ މާމެންދޫ ކައުންސިލް ގެ 4 ވަނަ ދައުރު ގެ 78 ވަނަ ބައްދަލުވުން ތަފާތު ގޮތަކަށް މިއަދު ބާއްވާ ގިނަ ބައެއްގެ ސަމާލު ކަމަށް އެރަށް ގިރެމުންދާ މައްސަލަ ގެނެސްފުއެވެ.
މިއަދު އެރަށު ގޮނޑު ދޮށުގައި ކުރިޔަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ވަނީ މައިގަނޑު ގޮތެއްގައި އެއްކަމެއް އެޖެންޑާ ކޮށްފައެވެ. އެ ކަމަކީ އެރަށް ވަރަށް ބޮޑަށް ގިރެމުން ދާތީ އެކަން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެ ސަމާލު ކަމަށް ގެނައުމެވެ.
ކައުންސިލް ގެ ހުރިހާ މެމްބަރުން ބައިވެރިވި މި ބައްދަލުވުމުގައި އެރަށް ގިރެމުންދާ މައްސަލަ އާ ގުޅިގެން ކުރިން ކޮށްފައިވާ މަސައްކަތް މާމެންދޫ ރައީސް ވަނީ ކައުންސިލް މެމްބަރުންނައި ހިއްސާ ކޮށްފައެވެ.
މާމެންދޫ ކައުންސިލް ގެ މިއަދުގެ ބައްދަލުވުމަކީ ރާއްޖޭގެ ތާރީޚުގައި މިފަދަ މާހައުލެއްގައި ކައުންސިލަކުން ބޭއްވި ފުރަތަމަ ބައްދަލުވުމެވެ. އަދި ބައްދަލުވުމުގެ އެޖެންޑާ ގައިވާ ސީދާ މައްސަލަ އާއި ގުޅުން ހުރި މާހައުލުގައި ބޭއްވި ފުރަތަމަ ކައުންސިލް ބައްދަލުވުމެވެ.

މާމެންދޫ ކައުންސިލުން ގެންދިޔަ ބައްދަލުވުން ގޮނޑުދޮށގައި.–ފޮޓޯ:މާމެންދޫކައުންސިލު
މިއަދު މެންދުރު ބޭއްވި ބައްދަލުވުން މާމެންދޫ ކައުންސިލްގެ ފޭސްބުކް ޕޭޖުން ވަނީ ލައިވް ކޮށްފައެވެ.

