ދުނިޔޭގެ ގައުމުތަކުގެ އެހީތެރިކިން ނުލިބޭ ކަމަށާއި ޔޫކްރެއިނުން މިހާރު ހަނގުރާމަ ކުރަން މިޖެހެނީ ގިނިކަންޏާ ކަމަށް އެގައުމުގެ ރައީސް ލަޑިމިއާ ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ޝާއިއުކުރި އިންޓަވިއުއެއްގައި ރައީސް ޒެލެންސްކީ ވިދާޅުވީ 1991 ވަނަ އަހަރުގެ ބޯޑަރުތަކަށް ހަނގުރާމަ ކުރުން ނޫން ގޮތެއް އެގައުމަށް ނެތް ކަމަށާއި، އެ ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ދުނިޔޭގެ ގައުމުތަކަށް ކަށަވަރުކޮށްނުދެވި، ހަނގުރާމައިގެ އަގު ދެއްކުމުގައި ޔޫކްރެއިން އެކަނި ވެއްޖެ ކަމަށެވެ.
ޑިސެމްބަރު މަހުގެ 8 ވަނަ ދުވަހު އިކޮނޮމިސްޓުން ޒެލެންސްކީއާ ވާހަކަ ދެއްކި ނަމަވެސް އެޑިޓްކޮށްފައިވާ ޓްރާންސްކްރިޕްޓެއް ޝާއިއުކުރީ އޭގެ ހަފުތާއެއް ފަހުންނެވެ. މި އިންޓަވިއުގެ ދެ ދުވަސް ކުރިން އެމެރިކާގެ ޚާރިޖީ ވަޒީރު އެންޓަނީ ބްލިންކެން ވިދާޅުވީ، މިހާރު ފްރަންޓްލައިންގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައްޗަށް ބިނާކޮށް ހަނގުރާމަ ހުއްޓާލުމަކީ ހަމަޖެހޭ ކަމެއް ކަމަށާއި، އެމެރިކާއިން ޔޫކްރެއިނަށް ކުރަން ނިންމި ކޮންމެ ކަމެއް ކުރާނެ ކަމަށާއި އަދި އެކަން ކުރާނެ ގޮތް ނިންމާނީވެސް އެމެރިކާއިން ކަމަށެވެ.
ބްލިންކެންގެ ވާހަކަތަކާ ބެހޭ ގޮތުން ސުވާލު ކުރުމުން ޒެލެންސްކީ ވިދާޅުވ ފެބްރުއަރީ 24 ވަނަ ދުވަހުން ފެށިގެން އެ ސަރަހައްދުން ހިފަހައްޓާފައިވާ ސަރަހައްދު އަނބުރާ ޔޫކްރެއިނުގެ ބާރުގެ ދަށަށް ގެންނަން ބޭނުންވާ ކަމަށެވެ.
އޭނާ ވިދާޅުވީ އެކަން ނިމުމަކަށް ގެންނަންޖެހޭ ގޮތަކީ އެއީކަމަށާއި އެހެން ނޫންނަމަ ނިމުނީއެއް ނޫންކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި ހަނގުރާމަ ފްރީޒް ކުރުމުގެ މާނައަކީ ރަޝިއާއަށް އިތުރު ބާރުވެރިކަނ ދިނުން ކަމަށާއި، އިތުރު ތަންތަން ހިފުމަށް ތައްޔާރުވުމަށް އެމީހުނަށް ވަގުތު ލިބޭނެ ކަމަށެވެ.
އިކޮނޮމިސްޓް އިންޓަވިއުގެ އެއް ދުވަސް ކުރިން ޖަރުމަނުގެ ކުރީގެ ޗާންސެލަރު އެންޖެލާ މާކެލް ވަނީ 2014 ވަނަ އަހަރުގެ މިންސްކް ހަނގުރާމަ ހުއްޓާލުމަކީ ހަގީގަތުގައި ހަނގުރާމައަށް ތައްޔާރުވުމަށް ”ޔޫކްރެއިންއަށް ވަގުތު ދިނުމުގެ“ މަގެއް ކަމަށް އިއުތިރާފުވެވަޑައިގެންފަ އެވެ.

