ވެލިގަނޑު އައިލެންޑް ރިސޯޓް އެންްޑް ސްޕާ ގަ އުޅުނު ފަތުރުވެރިއަކު މޫދަށް އެރި އުޅުމުގެ ތެރޭ ގެބިގެން މަރުވެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު ހަވީރުގެ ވަގުތެއްގައި ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ގެބިގެން މަރުވެފައި ވަނީ ޖަރުމަނު ވިލާތުގެ އަންހެނެކެެވެ.
އަންހެން މީހާ ސްނޯކްލިން އަށް ދިޔައީ އޭނާގެ ފިރިމީހާއާ އެކުގައެވެ. ސްނޯކްލިން އަށް ގޮސް އުޅުމުގެ ތެރޭގައި ގެބިގެން މަރުވި މި އަންހެންމީހާގެ ހަށިގަނޑު އއ.ރަސްދޫ އަތޮޅު ހޮސްޕިޓަލަށް ގެންދިޔަކަމަށް އެ ހޮސްޕިޓަލުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި މިހާރު މި މައްޔިތާގެ ހަށިގަނޑު ވަނީ މޯޗަރީއަށް ގެންގޮސްފައެވެ.
މި ހާދިސާ ހިނގާފައި މިވަނީ ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު 1.6 މިލިއަނަށް ވާސިލުވީ ކަމުގެ އުފާ ފާޅުކުރަމުންދާ ދަނޑިވަޅެއްގައެވެ.

