އެމެރިކާގެ ކެލިފޯނިއާގެ ލިވަރމޯރގެ ފަޔަރސްޓޭޝަން #6 ގައި ހުންނަ ލިވަރމޯރ ސެންޓެނިއަލް ލައިޓް ބަލްބަކީ 1901 ވަނަ އަހަރު އިންސްޓޯލް ކުރިފަހުން އަނދަމުން އަންނައިރު(ދިއްލިފަ ހުރި ގޮތަަށް ނުނިވި ދިއްލިފައި) 2010 ވަނަ އަހަރުގެ ނިޔަލަށް އަތުން ތައްޔާރު ކޮށްފައިވާ މި ބަލްބު ގާތްގަނޑަކަށް 4 ވޯޓްގެ ބާރުމިނުގައި މަސައްކަތްކުރާއިރު، 24 ގަޑިއިރު ނިވާނުލާ ހުންނަނީ، ފަޔާ އިންޖީނުތަކަށް ރޭގަނޑު އަލިކަން ފޯރުކޮށްދިނުމުގެ ގޮތުންނެވެ. އެއް ފަޔާ ސްޓޭޝަނުން ނަގައި އަނެއް ފަޔާ ސްޓޭޝަނުގައި ހަރު ކުރުމުގެ ތެރޭގައި މި ބޮކި ހަމައެންމެ ފަހަރަކު ކުޑައިރުކޮޅަކަށް ނިވާލެވުނެވެ.
ސެންޓެނިއަލް ލައިޓް ބަލްބަކީ ހަނދާނީ ނުވަތަ ރަސްމިއްޔާތެއްގެ ބަލްބެއް ނޫނެވެ. މި ލައިޓް ބަލްބަކީ 121 އަހަރު ގިނަ ދުވަސްވީ އަދި އަދިވެސް ވަރުގަދައަށް ދިއްލާފައިވާ ލައިޓް ބަލްބެކެވެ!
ލިވަރމޯ-ޕްލެޒެންޓަން ފަޔަރ ޑިޕާޓްމަންޓުގައި ސެންޓެނިއަލް ލައިޓް ބަލްބް 24 ގަޑިއިރު ދިއްލާފައި ހުރެއެވެ. ފަޔާ ޑިޕާޓްމަންޓުން ބުނާ ގޮތުގައި ސެންޓެނިއަލް ލައިޓް ބަލްބަކީ މަދުވެގެން 117 އަހަރު ވެފައިވާ ލައިޓް ބަލްބަކަށް ވާއިރު، ނިއްވާލާފައި ވަނީ މަދު ފަހަރަކު އެވެ. އިލެކްޓްރިކަލް އިންޖިނިއަރިންގެ މި ގަބޫލުނުކުރެވޭފަދަ ކާމިޔާބީ ދަ ޖިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް، ރިޕްލީގެ ބިލީވް އިޓް އޮރ ނޮޓް!، އަދި ޖެނެރަލް އިލެކްޓްރިކް އިން ވެސް ފެންނާނެ އެވެ.
ލިވަރމޯ ޕަވަރ އެންޑް ވޯޓަރ ކޮމްޕެނީގެ ވެރިޔާ ޑެނިސް ބާނަލް ވަނީ 1901 ވަނަ އަހަރު ފަޔަރ ޑިޕާޓްމަންޓަށް މި ބަލްބު ހަދިޔާކޮށްފައެވެ. އެ ކުންފުނީގެ މީޑިއާގެ ޝަރަފުވެރިކަން ފެށިގެން އައީ 1970 ގެ އަހަރުތަކުގެ ތެރޭގަ އެވެ. 1972 ވަނަ އަހަރު ދަ ޖިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސް އިން ގަބޫލުކުރި ފަހުން، 4 ވޮޓްގެ ޑައިނަމޯ އަށް އާދަޔާ ހިލާފު އުމުރާ ބެހޭ ގޮތުން ޕްރެސްތައް ލިބެމުން އަންނަ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ފާއިތުވަމުންދާ ކޮންމެ އަހަރަކީ އާ މައިލްސްޓޯނެކެވެ.
2001 ވަނަ އަހަރު ސެންޓެނިއަލް ލައިޓް ބަލްބަށް 100 އަހަރު ފުރުން ފާހަގަކުރި އެވެ. ކޮމިއުނިޓީ ބާބަކިއު އާއި ލައިވް މިއުޒިކް ވެސް އޮތެވެ!
އެއް ފަހަރަކު މިބޮކީގެ ކަންތައް ބަލަހައްޓަން ތިބޭ މީހުންނަށް ހިތްހުއްޓުމެއް ނައީ ހަމަ ކިރިޔާއެވެ. 2013 ވަނަ އަހަރު ލައިޓް އަނދާ ހުލިވާހެން ހީވުމުންނެވެ. އާދެ، އަޖަލު ޖެހި ބޮކި ނިވެނީ ކަމަށް ހީކޮށްފައެވެ. ނަސީބަކުން ކުށްވެރިވީ ކަރަންޓް ސަޕްލައި ގޯސްވުމެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ސެންޓެނިއަލް ލައިޓް ބަލްބު ދިއްލުނެވެ.
ސެންޓެނިއަލް ބަލްބުގެ އެންމެ މަޝްހޫރު ރޭވުމުގެ ވާހަކަ ދެނެގަންނަމާ ހިނގާށެވެ. އެއްޒަމާނެއްގައި ސައިންސާއި ޓެކްނޮލޮޖީއިން އުފެއްދުންތައް އުފެއްދީ، ހަލާކުުނުވެ، ދިގު ދެމިގެންދާ ގޮތަށެވެ. އެހެނަސް އެއީ 1920 ގެ އަހަރުތަކުގެ ކުރީކޮޅު ވިޔަފާރިވެރިންގެ ގްރޫޕަކަށް، "އުފެއްދުމެއް ފަނާ ނުވާނެހެން" އުފައްދައިފިނަމަ އެކަން ވާނީ ވިޔަފާރިތަކުގެ ނިމުމެއްކަން ވިސްނުމާ ހަމައަށެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ދުނިޔޭގެ ފުރަތަމަ ކާޓޭލް އުފެއްދީ އިންކަންޑެސްސެންޓް ލައިޓް ބަލްބުގެ އުމުރު ދުވަސް ކުޑަކުރުމަށް ނިންމުނެވެ. އެހިސާބުން ފެށިގެން ތަކެތި އުފައްދަނީ "ވަކި މުއްދަތެއް" ތެރޭ ނެތިފަނާވާނެ ކަމުގެ ޔަގީންކަމާއެކުގައެވެ.

