މިދިޔަ ހަފުތާގެ ބުދަ ދުވަހު ޕޯސްޓް މޯޓަމް ހެދުމަށް އިންޑިޔާއަށް ގެންދިޔަ، ނިޝާމާ މުހައްމަދުގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ރާއްޖެ ގެނެސްފިއެވެ. ނިޝާމާ މުހައްމަދު މަރާލާފައި އޮއްވާ ފެނުނީ މިމަހުގެ 10 ވަނަ ދުވަހު ހދ. ނޮޅިވަރަމުގައި ނިޝާމާ ދިރިއުޅެމުންދާ ގޭގައި، އޭނާގެ ކޮޓަރި ތެރެއިންނެވެ.
ނިޝާމާގެ ޖަނާޒާ މިއަދު މަޣްރިބު ނަމާދަށްފަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ނިޝާމާ މަރާލި ކަމަށް ތުހުމަތު ކޮށް އޭނާގެ ފިރިމީހާ އަބޫބަކުރު ފައިސަލު، ކޯޓު އަމުރެއްގެ ދަށުން ނިޝާމާ މަރުވެފައި އޮއްވައި ފެނުނު ދުވަހުގެ ރޭގެ ވަގުތެއްގަ ވަނީ ހައްޔަރުކޮށްފަ އެވެ. ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށުގައި ހައްޔަރުކޮށްފަ ބެހެއްޓުނު ހދ ކުޅުދުއްފުށީ ގޮޅީގައި ފައިސަލް ދަންޖެހެނިކޮށް ފެނިގެން ހޮސްޕިޓަލަށް ގެންދެވުނެވެ. އަދި އައިސީޔޫގައި ފަރުވާދެނިކޮށް މިމަހު 19ވަނަ ދުވަހު ފައިސަލް ވަނީ މަރުވެފައެވެ.

