އިންސްޓަގްރާމްގައާއި ޓިކްޓޮކްއިން، ސޯޝަލްމީޑިޔާގެ މި ޝަޚުޞިއްޔަތު އަންނަނީ ދުވަހެއް ދުވަހަކަށް މަޝްހޫރުވަމުންނެވެ. ޔޫޒަރ ނޭމް yzn47 އެކައުންޓުގައި 240k ފޭނުން ތިބި ދުބާއީގެ ކުޑަ ޝެއިޚް ކިޔާ ލަޤަބަކުން މަޝްހޫރުވެފައިވާ ސޯޝަލްމީޑިޔާ އިންފްުލުއެންޒަރ ޔަޒާން އަލަސްމާރު، އަޒީޒު އަލް އަހުމަދު، އަކީ 3 ފޫޓުގެ، 1991ގައި އުފަންވެ ވަޑައިގެންފައިވާ އިސްލާމް ދީނަށް ތަބާވެވަޑައިގަންނަވާ ފަރާތެކެވެ.
ޔަޒާން އުޅެނީ ލަގްޒަރީ ދިރިއުޅުމެކެވެ. އޭނާ އަކީ ދުބާއީގެ މަޝްހޫރު އެއް ޝަޚުސިއްޔަތެވެ. ޔަޒާން އަލަސްމާރަކީ ކުޑަ ސައިޒުގެ ޓިކްޓޯކަރެކެވެ. އަލަސްމާރުގެ އެންމެ ހާއްސަ އެއްކަމަކަށް ފާހަގަ ވަނީ އޭނާ ޖަނަވާރުތައްދެކެ ލޯބިވާ ވަރާއި އޭނާގެ ޗެރިޓީ ކަންތައްތަކެވެ.
ޔަޒާން އަލަސްމާރު އުފަންވީ ޔޫއޭއީގެ ދުބާއީއަށް އިސްލާމީ އާއިލާއަކަށެވެ. އޭނާގެ މައިންބަފައިންގެ ތަފްސީލެއް ލިބިފައެއް ނުވެއެވެ. އޭނާގެ މައިންބަފައިންނާއި އެއްބަނޑު އެއްބަފާ ކުދިންނާ ބެހޭ އެއްވެސް މައުލޫމާތެއް ސޯޝަލްމީޑީޔާގެ އެއްވެސް ތަނެއްގައި ފެންނާކަށް އެނގޭކަށް ނެތެވެ. ހަމައެހެންމެ އަދި ކައިވެނި ބައްލަވައިގެން ނޫޅުއްވާ، ރީތި އެތައް އަންހެންކުދިން ހާއްސަކޮށް މޮޑެލުންނާއެކު ފެންނަމުންދާ އަލަސްމާރުގެ ފިއާންސޭ ނުވަތަ ލޯބިވެރިޔާ އާ ބެހޭ އެއްވެސް މައުލޫމާތެއް އަދި އެއްވެސް ބަޔަކަށް ހޯދިފައެއް ނެތެވެ.
ޔަޒާން އަލަސްމާރަކީ ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ގިނަ ފޭން ފޮލޯވަރުންތަކެއް ހުރި މީހެކެވެ. ޔަޒާން އޭނާގެ ވީޑިއޯ ކްލިޕްތައް ޓިކްޓޮކް، އިންސްޓަގްރާމް، ޔޫޓިއުބް، އަދި އެހެނިހެން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް އަޕްލޯޑް ކުރެ އެވެ. ދުބާއީގެ ކުޑަ ޝެއިޚުގެ މިލްކިއްޔާތަކީ ގާތްގަނޑަކަށް 5 މިލިއަން ޑޮލަރު ކަމަށް ލަފާކުރެވެއެވެ. އެ ވީޑިއޯއިން ފެންނަނީ ރީތި އަންހެން ކުއްޖަކަށް އަނގޮޓިއެއް ހަދިޔާ ކުރާތަނެވެ.

އަލަސްމާރ އިނގިލީގަ އަނގޮޓި އަޅުވަނިކޮށް ފެންނަ މޮޑެލްއާއެކު

އަލަސްމާރު ވީޑިޔޯއެއްގަ މޮޑެލްއެއްގެ އިނގިލީގަ އަނގޮޓޮއަޅުވަނީ

އަލަސްމާރަކީ މަޖާ ވީޑިޔޯއާއި ރީލްސް ހެދުމަށް މަޝްހޫރު ފަރާތެއް
އޭނާގެ ކިޔެވުން ނިންމާފައިވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސްގެ އިޙްތިރާމް ލިބިގެންވާ ކޮލެޖުތަކާއި ސްކޫލްތަކުގައެވެ. ސޯޝަލް މީޑިއާގެ މާހިރަކަށް ވުމުގެ ކުރިން އަލަސްމާރ ވަނީ ގިނަ ކުންފުނިތަކެއްގެ ތަޖުރިބާ ހޯދާފައެވެ.
މާކެޓިން އަދި ޕްރޮމޯޝަނަލް ހަރަކާތްތަކަށް އޭނާ ވަނީ ގިނަ މަޖައްލާތަކާއި ބްރޭންޑްތަކާ ގުޅިގެން މަސައްކަތްކޮށްފަ އެވެ. ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ޔަޒާންއަށް ބޮޑު ފޭން ބޭސްއެއް ލިބިފައިވާއިރު، އެ ޕްލެޓްފޯމްތަކުގެ ތެރެއިން އާމްދަނީ ހޯދައެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އިންޓަނެޓް ބޭނުންކުރާ މީހުން ވަނީ އަޒީޒުގެ އިސްރާފުވެރި ދިރިއުޅުމުގެ ވައްޓަފާޅިއަށް ޝައުގުވެރިވެފައެވެ. ގިނަ ބަޔަކު ޝައުގުވެރިވަނީ އޭނާގެ އާމްދަނީގެ މަސްދަރާއި އޭނާގެ ފަޚުރުވެރި ދިރިއުޅުމުގެ ވައްޓަފާޅިއާ މެދުގައެވެ. ޔޫޓިއުބް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި އޭނާ ކުރާ ހަރަކާތްތަކުގެ ސަބަބުން އޭނާއަށް ކޮންމެވެސް ވަރެއްގެ އާމްދަނީއެއް ލިބިފައިވެ އެވެ.
އަލަސްމާގެ ޔޫޓިއުބް ޗެނަލަށް މަހަކު ގާތްގަނޑަކަށް 000، 830 ވިއުސް ލިބޭއިރު، އޭނާއަށް އަހަރަކު 90 ހާސް ޑޮލަރު ލިބިދާނެ އެވެ. އޭނާގެ ލަފާކުރެވޭ ނެޓް ވޯރތް އަކީ އޭނާގެ ޔޫޓިއުބް ޗެނަލްގެ އަހަރީ އާމްދަނީއަށްވުރެ އެތައް ގުނައެއް އިތުރު އަދަދެކެވެ. ޔަޒާން އަކީ ވެސް އެކި މަޖައްލާތަކާއި ބްރޭންޑްތަކުގެ އިންފްލޫއެންސަރެކެވެ. އޭނާއަށް މިމަސައްކަތުގެ މުސާރަ ލިބެއެވެ.

އަލަސްމާރަކީ ޖަނަވާރުން ދެކެ ލޯބިވާ އެހީދޭ ފަރާތެއް

ބުނެވެ ގޮތުގައި މިއީ އަލަސްމާރުގެ އާއިލާގެ ކޮންމެވެސް މެންބަރެއް
މިފަދަ އިސްރާފު ބޮޑު ދިރިއުޅުމެއް އުޅެން ދުބާއީގެ ކުޑަކުޑަ ޝެއިޚަށް ކާބަފައިންގެ މުދާ ނުވަތަ ވިޔަފާރިތައް ގާއިމްކުރާ ޔޫއޭއީގެ ކްލައިންޓުންގެ ސްޕޮންސަޝިޕް ފައިސާ ނޫން އެހެން އާމްދަނީއެއް ލިބެން ޖެހެ އެވެ. އަލަސްމާރަށް ހަމައެކަނި ޔޫޓިއުބް އެޑް ރެވިއު އިން އޭނަގެ ފެންނަމުން އެދާ "ލަގްޒަރީ އަދި ފެންޓަސީ" ދިރިއުޅުމުގެ ހަރަދުތަކަށް ހޭދަކުރާކަށް އެކަށީގެނެއް ނުވެއެވެ.
އަލަސްމާރުގެ އެންމެ ހައިރާން ކުރުވަނިވި އަޖައިބަކީ އޭނާގެ އިންސްޓާ އެކައުންޓު yzn47 ގެ ހަގީގަތެވެ. އަލަސްމާރު ގެންގުޅޭ އައިޖީ އެކައުންޓް yzn47 އަކީ ހަގީގަތުގައި އަލަސްމާރުގެ ފޮޓޯތަކާއި ވީޑިޔޯތައް އަޕްލޯޑުކޮށް ޝެއާ ކުރަމުން ގޮސް އިންސްޓަގްރާމްގައާއި ޔޫޓިއުބުގައި ވައިރަލްވި ޔޫޓިއުބާ އެއްގެ އެކައުންޓެކެވެ.
އަލަސްމާރަށް ޖެހިފައިވަނީ ކޮންކަހަލަ ސިއްހީ މައްސަލައެއް ކަމެއް ސީދާ އެނގެން ނެތަސް މިގޮތަށް އިސްކޮޅު ވަކިވަރަކަށްވުރެ ކުރިއަށް ހަށިގަނޑު ނުހެދި މަޑުޖެހިދާނެ ވަރަށް ގިނަ އެކި މައްސަލަތައް ހުންނަ ކަމަށް ވެއެވެ. އޭގެ ތެރެއިން އަލަސްމާރުގެ ޑިސްއޯޑާ އަކީ މިވެނި، އެވެނި މައްސަލައެކޭ އެއްވެސް ބަޔަކަށް އެނގިފައެއް ނުވެއެވެ.

