ދިރިއުޅުމުގައި ކޮންމެ މީހަކުވެސް ކާމިޔާބު މީހަކަށް ވާން ބޭނުން ވެއެވެ. އެހެންނަމަވެސް ކޮންމެ މީހަކަށް އެެއީ އެހާ ފަސޭހަ ކަމަކަށް ވެސް ނުވެއެވެ. ސަބަބުތައް ވަރަށް ސާފެވެ. ކާމިޔާބު މީހަކަށް ވުމަށްޓަކައި އެންމެ ފުރަތަމަ ތިމާއަކީ ކާކުކަން ދެނެގަތުން މުހިންމެވެ. ތިމާއަކީ ކޮންކަމެއްގައި ކުރިއަރައިދާ ކަހަލަ މީހެއްތޯ ތިމާއަށް އެނގެން ޖެހެއެވެ. ކޮންމެވެސް މީހަކު ވަރަށް މޮޅަށް ލަވަކިޔާތީ އޭނާ މަޝްހޫރުވީމަ އަހަންނަށްވެސް ލަވަ ކިޔައިގެން ކާމިޔާބު ވެވިދާނެއެވެ. މިފަދަ ވިސްނުމެއްގައި މަސައްކަތް ކުރުން އެއީ ހެދޭ ބޮޑެތި ގޯސްތަކެވެ. އެކަކު ކުރިއަރައިދާ ކަމަކުން އަނެއްމީހާ ކުރިއަރައިދާކަށް ނުޖެހެެއެވެ. އަދި އެހެން އެކަމެއް ނުވެސް ވާނެއެވެ.
ހަޔާތުގެ ދަތުރުގައި ވަކި ލަނޑުދަނޑިތަކެއް ކަނޑައަޅައިގެން އެލަނޑުދަނޑިތައް ޙާސިލު ކުރުމަށް މަސައްކަތް ކުރުމަކީ ކާމިޔާބު މީހަކަށް ވުމުގެ އެންމެ ފުރަތަމަ ފިޔަވަޅު ނުވަތަ ފުރަތަމަ ފިޔަވައްސެވެ. ތިމާއަށް ތިމާ ކުރަން އުޅޭ ކަން އެނގިގެން ނޫނީ ތިމާ ކާމިޔާބު މީހަކަށް ވާނެގޮތެއް އޮންނާނެތޯއެވެ. އެހެންކަމުން ފުރަތަމަ މީހާ މީހަކަށް ވުމަށްޓަކައި މީހަކީ ކާކުކަން ދެނެގަންނަން ޖެހޭ އުސޫލުން ދިރިއުޅުން ކުރިއަށް ގެންދާނީ ކޮން ރޮގަކުން، ކޮން މަގަކުން، ކޮން މަގުސަދެއްގައި، ކޮން މާނައެއްގައި، ކޮން އުސޫލަކުން ކަން ދެނެގަނެވޭއިރު މަންޒިލު އޮތް ދިމާ އޮންނާނީ ފަހުމުވެފައެވެ. އެހިސާބުން ހިނގަންވީ ރާސްތާ އޮންނާނީ ފެންނާށެވެ. ދެން އޮތީ މިރާސްތާއިން ކުރިއަށް ހިނގައިގަތުމެވެ.

ހަޔާތުގެ ދަތުރުގައި ކާމިޔާބާ ހަމައަށް ދިއުމަށް އެތައް ފަހަރަކު ފެއިލް ވެދާނެކަން ގަބޫލު ކުރަންވާނެ
ފުރަތަމަ ފިޔަވަޅުގަ ލަނޑުދަނޑި ދެނެގަނެ ސްމާޓް ލަނޑުދަނޑިތައް ކަނޑައެޅުމުގައި، މި 5 ފަސޭހަ ގޮތްތަކަށް އަމަލުކުރައްވާށެވެ.
- ވަކި: ބޭނުންވާ އެއްޗެއް ކަނޑައެޅުން.
- މިންކުރެވޭނެ: ކާމިޔާބަކީ ކޮބައިކަން ދެނެގަތުން.
- ހާސިލްކުރެވޭނެ: ތިމާގެ އަމާޒަކީ ބުއްދިވެރި އަމާޒެއްކަން ޔަޤީންކުރުން.
- ގުޅުންހުރި: ތިމާގެ ލަނޑުދަނޑި ތިމާގެ މުޅި ލަނޑުދަނޑިތަކާ އެއްގޮތްވާކަން ކަށަވަރުކުރުން.
- ޓައިމް ބައުންޑް: ސުންގަޑިއެއް ކަނޑައަޅައި ޝެޑިއުލެއް އެކުލަވާލުން
އަމިއްލަ ނަފުސުގެ ތަރައްގީއަށް ގެންގުޅެން ޖެހޭ އަމިއްލަ ލަނޑުދަނޑިތައް
- އަމިއްލަ ނަފްސަށް ހޭލުންތެރިވުމާއި، އަމިއްލަ ނަފްސު ބަލައިގަތުމާއި، އަމިއްލަ ނަފްސަށް އިޙްތިރާމްކުރުން ރަނގަޅުކުރުން.
- އެހެންމީހުނަށް ބަރޯސާވުން ދަށްކުރުން.
- ވިސްނުން ރަނގަޅުކުރުން.
- ކަންތައްތައް ތަހައްމަލު ކުރުން ރަނގަޅުކުރުން.
- އެކަށީގެންވާ މުވާޞަލާތީ ހުނަރާއި އިޖުތިމާޢީ ހުނަރުތައް ތަރައްޤީކުރުން.
- ނުތަނަވަސް އިހުސާސްތައް ދެނެގަނެ އެކަންކަން ހައްލުކުރުން.
- އާއިލީ ގުޅުމުގެ ކަންތައްތައް ރަނގަޅުކުރުން.
- އަމިއްލަނަފުސުގެ ބޭނުންތަކުގެ ކޮންޓްރޯލް ރަނގަޅުކުރުން.
މިހިސާބުން އަމިއްލަ ނަފުސަށް އިތުބާރު ކުރުމުގައި ހައްދެއްގެ ތެރޭގައި އެއިތުބާރު ދަމަހައްޓާށެވެ. ކުރާ ކަމެއްގައި ސާބިތުވެ ހުރެގެން ހަޔާތުގެ ދަތި އުނދަގޫ މަގުން ކަށިގިނަ ގޯޅިތަކުން ކެރިހުރެ ހިނގުމަކުން ކުރިއަރައި ދެވޭނެއެވެ. އެކަމަށްޓަކައި ބޭނުންވާ އެތައް ކުދިކުދި ސަމާލުވުންތަކާއި ކުދިކުދި އާދައިގެ ކަންތަކުން އުފާ ލިބިގަތުން ހިމެނެއެވެ. ހަމަ އެހެންމެ އެންމެ މުހިންމު އެއްކަމަކީ ކާމިޔާބު މީހާ ދުވަހަކުވެސް ފޭލް ނުވާނެ ކަމަށް ގަބޫލު ކުރުން ހުއްޓާލުމެވެ. ހަޔާތުގެ ދަތުރުގައި ކާމިޔާބާ ހަމައަށް ދިއުމަށް އެތައް ފަހަރަކު ފެއިލް ވެދާނެކަން ގަބޫލު ކުރުމަކީ ކާމިޔާބުގެ ޝަރުތެއް ފަދަ އެވެ.
އެންމެ ފުރަތަމަ ކަމަކަށް އަމިއްލަ ނަފުސުދެކެ އިންތިހާއަށް ލޯބިވުމާއެކު އަނެކުންނަށް އިހުތިރާމު ކުރުމާއެކު ތިމާގެ ބޮޑެތި ބޭނުންތައް އަމިއްލަ ބާރުގެ ދަށުގައި ހިފެހެއްޓުމެވެ. އަދި އެއްވެސް އެހެން މީހަކަށް ބަރޯސާވެގެން ނުހުރެ ހަޔާތުގެ ކުރިމަގަށް ވިސްނައިގެން ދިރިއުޅުން ކުރިއަށް ގެންދާށެވެ. ކާމިޔާބުގެ އަލިކަން އެފެންނަނީއެވެ. އެކައިރިވަނީއެވެ. ބަލައިގެންދާށެވެ. އިސާހިތު މަންޒިލަށް ވާސިލު ވެވިދާނެއެވެ.
ކާމިޔާބީ ހާސިލުކުރުމަށްޓަކައި ތިން ކަމެއް ހަނދާނުގައި ބަހައްޓާށެވެ.
މުވާޞަލާތު ކުރުން
ޔަގީންކަމާއި އިތުބާރު
އަޚުލާޤު
މިތިންކަމުން ކަމެއް ފަހަރެއްގައިވެސް ދޫނުކުރާށެވެ.

