މީރާ އިން އުޅަނދު ފަހަރުގެ އަހަރީ ފީ އާއި ޖޫރިމަނާ ބަލައިގަތުން ހުއްޓާލުމަށް ނިންމައިފިއެވެ.
01 ޖަނަވަރީ 2023 އިން ފެށިގެން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލް ތަކާއި ހަވާލު ކޮށްފައިވަނީ ލާމަރުކަޒީ އުސޫލުގެ ޤާނޫނުގެ ދަށުން ކައުންސިލްތަށް ބާރުވެރިކުރުމަށެވެ.
އެގޮތުން އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ ބަލައިގަތުން ކައުންސިލް ތަކުން ކުރިއަށް ގެންދާނީ މިނިސްޓަރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ތައްޔާރު ކޮށްފައިވާ ސިސްޓަމް މެދުވެރިކޮށް އެ އުޅަނދެއް ނިސްބަތްވާ ކައުންސިލަކަށް ކަމުގައި މިނިސްޓަރީ އޮފް ފިނޭންސްގެ މާލިއްޔަތު ސަރކިއުލަރ އިން ދަންނަވާފައި ވާތީއެވެ.
މީރާ އަށް ބަލައިގަންނަމުން އައި އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ އާއި، ސުންގަޑިއަށް އަހަރީ ފީ ނުދެއްކުމުން ވާ ޖޫރިމަނާގެ އިތުރުން ޕާކިންގ އަދި ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ، 01 ޖަނަވަރީ 2023 އިން ފެށިގެން މީރާ އަށް ބަލައި ނުގަންނަ ގޮތަށް 25 ޑިސެންބަރު 2022ގައި މީރާއިން ނެރުނު އިއުލާނުގައި ބުނެފައެވެ.
އަދި މީރާއިން ބަލައިގަންނަމުން އަންނަ އެއްގަމު އުޅަނދާއި ކަނޑު އުޅަނދުގެ އަހަރީ ފީ އާއި، ސުންގަޑިއަށް އަހަރީ ފީ ނުދެއްކުމުން ވާ ޖޫރިމަނާގެ އިތުރުން ޕާކިންގ އަދި ޓްރެފިކް ވަޔަލޭޝަނާ ގުޅިގެން ކުރާ ޖޫރިމަނާ، 01 ޖަނަވައީ 2023 އިން ފެށިގެން ބަލައިގަތުމަށް ހަމަޖެހިފައި ވަނީ މިިނިސްޓަރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ބަލަހައްޓާ ސިސްޓަމް މެދުވެރިކޮށް ކަމަށްވެސް އެ އިއުލާނުގައި ވަނީ ބުނެފައެވ

