ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ މުޅި ރާއްޖޭގައި މުޒާހަރާ ކޮށްފި އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިނިވަން ކުރަން ގޮވާލައި އިދިކޮޅު ކޯލިޝަނުން މުޅި ރާއްޖޭގައި މިއަދު މުޒާހަރާ ކޮށްފިއެވެ.
މިއަދު ހަވީރު 4 ޖެހި އިރު މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ނިމި ދިޔަ ދައުރުގެ ރައީސް ، ޔާމީން އަށް ތާއީދު ކުރާ ޕީޕީއެމް ޕީއެންސީ މެންބަރުން ވަނީ ސަރުކާރާ ދެކޮޅަށް ގިނަ ޝުޢޫރު ތައް ފާޅުކޮށް ރަށުގެ މަގުތަކުގައި ހިގާފައެވެ.
މި މުޒާހަރާ އެންމެ ބޮޑުކޮށް ކުރިއަށް ގެންދަނީ މާލޭގައެވެ. މާލޭގެ ޕީޕީއެމް އޮފީސް ކުރިމަތިން މި މުޒާހަރާ މިހާރު ވަނީ ފަށައިފައެވެ. މި މުޒާހަރާގައި އިދިކޮޅު ކޯލިޝަންގެ އިސް ސަފުގައި މަސައްކަތް ކުރަމުންދާ ފަރާތްތަކުން ވަނީ ބައިވެރިވެފއެވެ.
ރައީސާ ޔަގީން ގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި މަނީ ލޯންޑްރިން މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އިއްވީ ފަސް މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ އިން) ޖޫރިމަނާކޮށް ހަތް އަހަރު ދުވަހަށް ޖަލަށް ލުމަށެވެ. އަދި ރިޝްވަތު ގަބޫލުކުރުމުގެ މައްސަލައިގައި އިއްވީ ހަތަރު އަހަރު ދުވަހަށް ޖަލަށް ލުމަށެވެ.

ތިނަދޫ ގައި މިއަދު ކުރި މުޒާހަރާ: ފޮޓޯ. އަހުތަރު
ތިނަދޫ ގައި މިއަދު ކުރި މުޒާހަރާ: ފޮޓޯ. އަހުތަރު
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލު ކުރުމާއި މަނީ ލޯންޑްރިން ދައުވާ ސާބިތުވެ އެމަނިކުފާނު 11 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އާދިއްތަ ދުވަހުއެވެ.
ރައީސާ ޔާމީން ހުކުމް ތަންޒީރު ކުރަނީ ރާއްޖޭގައި ކުރީގެ ވެރިކަން ކުރެއްވި ފަރާތްތަކުން ޖަލަށްލުމުން މީގެ ކުރިން ވެސް ބެހެއްޓެވި ވީއައިޕީ ޔުނިޓްގައެވެ.


