މިރޭ 12 އިން ފެށިގެން ޓީޖީއެސްޓީ އާއި ޖީއެސްޓީ ބޮޑުވާނެއެވެ. އެގޮތުން ޖީއެސްޓީއަށް ނަގަމުން އައި 6 ޕަސެންޓުގެ ބަދަލުގައި ދެން ނަގާނީ 2 ޕަސެންޓު އިތުރުކޮށް، 8 ޕަސެންޓެވެ. އެހެންކަމުން ޖީއެސްޓީ ބޮޑުކޮށްފައި މިވަނީ 2 ޕަސެންޓެވެ.
ައަދި ހަމަ ޖީއެސްޓީ އެކޭ އެއްފަދައިން ޓީޖީއެސްޓީ ވެސް މިވަނީ 4 ޕަސެންޓް ބޮޑުކޮށް، 12 ޕަސެންޓުން 16 ޕަސެންޓަށް، ބޮޑު ކޮށްފައެވެ.
ޓެކްސްތަކަށް މިއަދުން ފެށިގެން މިއައި ބަދަލަށް ސަމާލުވުމަށް މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.
އެކަމަށް އިލްތިމާސް ކޮށް މީރާއިން ނެރުނު ބަޔާނުގައި، ޓެކްސްގެ މިންވަރަށް އަންނަ ބަދަލަށް ވިޔަފާރިތަކުން ތައްޔާރު ވުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަން ހިމެނޭ ފެކްޓް ޝީޓެއް އެ އިދާރާގެ ވެބްސައިޓުން ލިބެން ހުންނާނެ ކަމަށް ބުނެފައި ވެއެވެ.
ރާއްޖޭގައި ޖީއެސްޓީ ހިމެނޭ ތަކެއްޗާއި ނުހިމެނޭ ތަކެތި ވަކިކޮށް ދެނެގަތުމަށް ބައެއް ފަރާތްތަކަށް ނޭނގެއެވެ. އެހެންކަމުން ޖީއެސްޓީ ނުނެގޭނެ ތަކެތީގެ ލިސްޓެއް ތިރީގައި ހިމަނާލާނަމެވެ. މިބާވަތުގެ އެެއްވެސް އެއްޗަކުން އެ އެއްޗެއްގެ އަގު ފިޔަވައި އެއްވެސް އަގެއް، މާނައަކީ ޖީއެސްޓީ، އެއްވެސް ޓެކްސްއެއް އިތުރެއް ނުވާނެއެވެ.

ޖީއެސްޓީ ނުހިމެނޭ ބާވަތްތައް ދެނެގަތުން މުހިންމު
ޖީއެސްޓީ ނުހިމެނޭ ބާވަތްތައް:
- ކާޑުގެ ބާވަތްތައް(ހަނޑޫ ހަކުރު ފުށް)
- ލޮނު
- ކިރު
- ކާ ތެޔޮ
- މަހާއި މަހުގެ ބާވަތްތައް
- ސައިފަތް
- ފިޔާ އަދި އަލުވި
- ހަވާދުގެ ބާވަތްތައް
- ދިޔާ ހަކުރު، ކުރުނބާ، ކުރޮޅި އަދި ކާށި
- ކެރެޓް، ކެބެޖު، ބީންސް އަދި ޓޮމާޓޯ
- ޕާން އަދި ބަނަސް
- މޭވާގެ ބާވަތްތައް
- ކުޑަކުދިންގެ ނެޕީ އާއި ބޮޑެތި މީހުންގެ ނެޕީ
- ކުޑަކުދިންގެ ކާބޯތަކެތި
- ގޭސް
- ޑީސެލް އަދި ޕެޓްރޯލް
- ޓިޝޫ ފަދަ ޕެޑް ފަދަ ބާވަތްތައް

