އާ އަހަރާ ދިމާކޮށް ތިނަދޫ ކައުނަސިލްގެ އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި ތިނަދޫ ބަރާސީލު އަވަށުގެ ބޭރު މަގުގައި މަގު ބައްތި ޖަހައި ދިއްލާލައިފިއެވެ.
މި ޕްރޮޖެކްޓްގައި ތިނަދޫ ގެ ދެކުނު އަވަށުގެ ބަރާސީލަށް ނިސްބަތްވާ ސަރަހައްދުގެ ބޭރު މަގުގައި ކައުންސިލުން ވަނީ 2 ފަރާތަށް ދިއްލޭ ގޮތަށް 17 ބައްތި ދަނޑީ ގައި 34 ލައިޓް ވަނީ ހަރުކޮށްފައެވެ.
މީގެ ކުރިން ވަރަށް ބޮޑަށް ދޫކޮށްލެވިފައި އޮންނަ ތިނަދޫ ބަރާސީލް އަވަށުގެ ބޭރު މަގު ތިނަދޫ ކައުނަސިލުން ސާފު ކޮށް ފުޅާ މަގެއްގެ ގޮތުގައި ހެދުމަށް ފަހު މަގުގެ މެދަށްވާ ގޮތަށް ބައްތި ޖެހުމަށްފަހު ރޭ 8:30 ގައި ވަނީ ދިއްލޭ ފައެވެ. ބަރާސީލު އަވަށުގެ ފަރާތުން ރޭ ބޭއްވި ކުޑަ ހަފްލާ ގައި ވާހަކަ ދައްކަވަމުން ތިނަދޫ ކައުނަސިލްގެ ރައީސް ސަޢުދު އަލީ ވިދާޅުވީ ތިނަދޫ ކައުނަސިލްން އަމިއްލަ ޕްރޮޖެކްޓެއްގެ ގޮތުގައި މި މަސައްކަތް ކުރިޔަށް ގެންގޮސް އަވަހަށް ނިންމާލުމުގެ އެންމެ ބޮޑު މަޤުޞަދަކީ ކުރިން އެ އަވަށް އޮތް ޙާލަތު ބަދަލުކޮށް އާ ދިރުމެއް ގެނައުން ކަމަށާއި ކުރިޔަށް އޮތްތާންގައި ރަށުގެ ރިންގު ރޯޑް ގޮތުގައި މަގު ހެދޭ އިރު އިތުރު ފުރިހަމަކަން އެ ސަރަހައްދަށް ގެންނާނެ ކަމަށެވެ.
ރޭ ބަރާސީލު ސަރަހައްދު ގައި މަގު ބައްތި ދިއްލުމަށް ފަހު ރައީސް ސަޢުދު ފޭސްބުކްގައި ހިއްސާ ކޮށްފައިވާ ޕޯސްޓެއްގައި ރަށު ބަހުން ބުނެފައި ވަނީ
"2023 ވަނަ އަހަރާ މި ބައްދަލެ ކެރަންނޫ ޗާލެ ކަމާއެކު.. މީބޫ ޒަމާންތަކެކެ ވެންނާދެކަން، ކަނެ އަދުއްރޭ އޮތެ ސަރަހައްދެކަން ވިއަސް އަދެ މިވެންނޫ އެސަރަހައްދޭ ދިރިވޮންނާ މީހިންނެ ކެރަމުން ގެޔެ އުންމީދެ ތަކެ ހަގީގަތަކަން ވެގޮހޮ" ކަމަށެވެ.

ބަރާސީލު މަގު ކުރިން އޮތްގޮތް

ބަރާސީލު މަގުގައި، ރޭގެ ހަފުލާގެ ތެރެއިން
" ބަރާސީލު ބޭރު މަގު" ގައި ބައްތި ޖަހައި ދިއްލުމުގެ އުފަލުގައި ބޭއްވި ހަފްލާ ގައި ތިނަދޫ ކައުނަސިލްގެ ނައިބު ރައީސް ނަސްރަﷲ ޢަލީ ގެ އިތުރުން ކައުންސިލް މެމްބަރ އަހުމަދު ވަޙީދު ، މުހައްމަދު ޒަލީފް ، އާމިނަތު ނަސީމާ އަދި އެ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލް (އެސްޖީ) މުޙައްމަދު ޝަރީފް ބައިވެރިވެލެއްވުއެވެ. އަދި މި ޙަފްލާގައި ކައުންސިލް ބައެއް މެންދުރުންނާއި އެސްޖީ ގެ އިތުރުން އެ ސަރަހައްދުގެ ބައެއް އާންމު ފަރާތަކުން އުފަލުގައި ބައިވެރިވެ ޚިޔާލު ފާޅު ކުރުމުގެ ގޮތުން ވަނީ ވާހަކަ ދައްކަވާފައެވެ.
ތިނަދޫ ދެކުނު ފަރާތުގެ 3 ހެކްޓަރުގެ ބިން ހިއްކާ ބޭރުން ބޮޑު ހިލަ ތޮށި ލާފައިވަނީ މީގެ 4 އަހަރު ކުރިން، ކުރީގެ ރައީސް ޔާމީން އަބްދުލް ގައްޔޫމް ގެ ސަރުކާރުގައެވެ.

