ދެ މީހުނާއެކު ވިލިމާލޭގެ ބަނދަރުން ފުރި ތެޔޮ ބޯޓެއްގެ ހަބަރެއް ނުވެގެން ހޯދަމުން ދަނިކޮށް ބޯޓް ފެނިފައި އޮއްވާ ދެ މީހުންގެ ތެރެއިން އެކަކު މާލެ ތެެރެއިން ފެނިއްޖެ އެވެ.
މާލެތެރެއިން ފެނުނު ކަމަށް ހަބަރު ލިބިފައި މިވަނީ ގދ. ތިނަދޫ / މަނާރު، މުޙައްމަދު ނިޡާމް (45އ) އެވެ.
ތިނަދޫ ނިޒާމް މާލެތެރޭގައި އުޅެނިކޮށް އޭނާއާ އެކުގައި ފޮޓޯއެއް ނަގައި ޓްވީޓާގައި މީހަކު ވަނީ އާއްމު ކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ މެދު ދާއިރާއަށް ވާދަ ކުރެއްވި އިބްރާހިމް މުހައްމަދު މިއަދު ވިދާޅުވީ އޭނާ އަށް ނިޒާމް ފެނުނީ މާލޭގެ ޝީޝާ ކައިރީގައި ހުންނަ ސައި ހޮޓަލަކުން ކަމަށެވެ. އަދި އެކުގައި ފޮޓޯއެއް ނެގީ އޭނާއަކީ ގެއްލިގެން ހޯދަމުންދާ މީހެއް ކަމަށް އެތާނގައި ތިބި ބަޔަކު ބުނުމުން ކަމަށެވެ.

