މަމްދޫޙު އިބްރާހީމްގެ ވާހަކަ "ޕަރީފެންގަނޑު"، ހާއްސަ މުޅިން ތަަފާތު ޑިސްކައުންޓުތަކަކާއެކު، 300 ރުފިޔާއަށް އަގުހެޔޮކޮށްފިއެވެ.
މަމްދޫޙުގެ ވާހަކަ "ޕަރީފެންގަނޑު" އަގުހެޔޮ ކުރުމާ ބެހޭ ގޮތުން ހުވަދޫނިއުސް އަށް މައުލޫމާތު ދެމުން މަމްދޫހު އިބްރާހީމްގެ މެނޭޖަރު، މަރިޔަން ޝައްފަ ބުނިގޮތުގައި ވާހަކަފޮތަކީ ލިމިޓެޑް އެޑިޝަނެއްކަމުން ފުރަތަަމަ ޗާޕު ހުސްވެ، މި ޗާޕުގެ އަދަދުތައް 300 ރުފިޔާއަށް ވިއްކުމަށް ނިންމީ އާ އަހަރުގެ ހެޔޮ އެދުންތަކާއެކު ހާއްސަ ޕްރޮމޯޝަނަކާ ވެސް އެކުގައެވެ. ކުރީ ޗާޕުގެވެސް އަދި މި ޗާޕުގެ ހުރިހާ ފޮތެއްގެވެސް ބުކްމާކުގައި ފޮތުގެ ނަންބަރު އޮންނާނެކަމަށާއި، ފޮތް ވިއްކާފައި ވަނީ ނަންބަރު ތަރުތީބުންކަމަށެވެ.
"އެހެންނަމަވެސް މިފަހަރުގެ މި ހާއްސަ ޕްރޮމޯޝަނުގައި އަޅުގަނޑުމެން ހޮވާފައިވާ 5 ނަންބަރަކަށް ވަރަށް ހާއްސަ ޑިސްކައުންޓެއް ދިނުމަށް ވަނީ ހަމަޖެހިފަ. އެގޮތުން އޯޑަރު ދެއްވުމުން ހަރުގަނޑުން ފޮތް ނެގޭ ވަގުތުން ފެށިގެން ވަގުތުން ފެންނަމުން ދާނެ. މިއީ އޮންލައިންކޮށް އޯޑަރު ދެއްވާ ފަރާތްތަކަށް، މިދެންނެވީ ގުޅުއްވައިގެންނާއި މެސެޖުކުރައްވައިގެން އޯޑަރު ދެއްވާ ފަރާތްތަކަށް ހާއްސަކޮށް ހުޅުވާލެވޭ ޕްރޮމޯޝަނެއް. މާލެއާއި ހުޅުމާލެ އަދި އަތޮޅުތަކުގެ ބުކްޝޮޕްތަކުން ލިބެން ހުންނަ ފޮތްތަކުން 15 ޕަސެންޓުގެ ހާއްސަ ޑިސްކައުންޓެއް ކޮންމެ ހުކުރު ދުވަހަކު ލިބިވަޑައިގަންނަވާނެ ވާހަކަވެސް ދަންނަވަން."
މި 5 ނަންބަރުގެ ޑިސްކައުންޓުގެ ވާހަކައަށްފަހު "ޕަރީފެންގަނޑު" ވާހަކަ ވިދާޅުވާ ބޭފުޅުންނަށް އަނެއްކާވެސް ޝައްފަ ދެއްވީ އެހެން އުފާވެރި ހަބަރެކެވެ. "ހަފުތާގެ ކޮންމެ ހުކުރު، އަންގާރަ މިދެ ދުވަހު ދެއްވާ އޯޑަރު ތަކަށްވެސް 15 ޕަސެންޓު ޑިސްކައުންޓު ލިބިވަޑައިގަންނަވާނެ."
"ފޮތްތަކުގެ ނަންބަރު ތަރުތީބުން ހުރި ނަމަވެސް ފޮތްތައް ހަރުގަނޑުގައި އަތުރާފައި ހުރީ ތަރުތީބުންނެއް ނޫން. އެހެންވުމުން ދެވަނައަށް އޯޑަރު ދެއްވާ ފަރާތަށް 115 ލިބިވަޑައިގަތުމަކީވެސް ހަމައެކަށީގެންވާ ކަމެއް އިނގޭތޯ."
- ފޮތްތަކުގެ ނަންބަރު (ބުކްމާކުގައިވާ ނަންބަރު އަޅުގަނޑުމެންނަކަށްވެސް ނުފެންނާނެއެވެ. ފޮތްތައް ހުންނާނީ ހަރުގަނޑުން ނެގުމަށްފަހު ޕޯޗުން ނަގާ ބުކްމާކު ނަގާ ނޯޓު ކުރެވޭ ގޮތަށެވެ.) އޯޑަރު ދެއްވުމުން ހަރުގަނޑުން ފޮތް ނަގާ ތި ފަރާތަށް ފެންނާނެހެން ޕޯޗުން ނަގާ ނަންބަރު ދައްކާލެވޭނެއެވެ.
- 35، 55، 75، 95 އަދި 115 (20 ޕަސެންޓުގެ ޑިސްކައުންޓު)
- ރައުންޑްވަން ގެ ހުރިހާ ބުކްޝޮޮޕް ތަކުން ކޮންމެ ހުކުރު ދުވަހަކު 15 ޕަސެންޓު ޑިސްކައުންޓް
- ގދ. ތިނަދޫގެ ބުކްޝޮޕްތަކުންވެސް ކޮންމެ ހުކުރު ދުވަހަކު 15 ޕަސެންޓް ޑިސްކައުންޓް
- ހަފުތާގެ ކޮންމެ ހުކުރު، އަންގާރަ މިދެ ދުވަހު ދެއްވާ އޯޑަރު ތަކަށްވެސް 15 ޕަސެންޓު ޑިސްކައުންޓު
- ޕްރޮމޯޝަން ކުރިއަށް ދާނީ މިރޭ 12އިން ފެށިގެން މިއަހަރު ފެބްރުވަރީ މަހުގެ ނިޔަލަށް
އެހެންކަމުން މިއަދުން ފެށިގެން މަމްދޫހު އިބްރާހީމްގެ ވާހަކަ "ޕަރީ ފެންގަނޑު" މި ޕްރޮމޯޝަނު އަގުގައި ލިބެން ހުންނާނެ ކަމަށާއި އޯޑަރު ދެއްވުމުން މާލެ/ހުޅުމާލެ/ވިލިމާލެ އަށް ޑެލިވަރީ ކޮށްދެވޭނެ ކަމަށްވެސް ޝައްފަ ބުންޏެވެ. އަދިވެސް ޝައްފަ ބުނިގޮތުގައި އަތޮޅުތެރޭގެ ރަށްތަކުން ދ. ކުޑަހުވަދޫ، ގދ.ތިނަދޫ ފިޔަވައި އެހެން ހުރިހާ ހިސާބަކަށް އޯޑަރު ދެއްވާތާ ލަސްވެގެން 94 ގަޑިއިރު ތެރޭ، މާނައަކީ ހަތަރު ދުވަސް ތެރޭގައި އެރަށަކާ ހަމައަށް ފޮތް ފޮނުވާ ދެވޭނެއެވެ. މާލެއާއި ވިލިމާލެ އަދި ހުޅުމާލޭގެ ހުރިހާ "ރައުންޑްވަން ބުކްޝޮޕް"ތަކުން ލިބެން ހުންނާނެކަމަށާއި ދ.ކުޑަހުވަދޫ ރައުންޑްވަން ބުކްޝޮޕުންވެސް ވަރަށް އަވަހަށް ފޮތް ލިބޭނެ ގޮތް ހަމަޖެހިގެންދާނެކަމަށް ޝައްފަ ބުންޏެވެ. "އެންމެ އަވަހަށް ކުޑަހުވަދޫއަށް ފުރާ އުޅަނދަކުން އެރަށުގެ "ރައުންޑްވަން ބުކްޝޮޕަށް، ފޮތް ފޮނުވާނަން. މިހާރުން ފެށިގެން ވެސް އެބުކްޝޮޕަށް އޯޑަރު ދެއްވުމުން ފޮތް ފޮނުވުނުހާ އަވަހަށް ފޮތް ހަވާލުކޮށް ދެވޭނެ."
"އޯޑަރު ދެއްވުމަށް 7637112 އަށް ވައިބާރ، ވަޓްސްއަޕް، ޓެލެގްރާމް ނޫނީ ސީދާ ގުޅުއްވައިގެންވެސް އޯޑަރު ދެއްވޭނެއެވެ."
ފޮތާބެހޭ ގޮތުން https://www.youtube.com/watch?v=vyL-AZFN7aY ތައްޔާރުކޮށްފައިވާ ވީޑިޔޯތަކުން (ޓިކްޓޮކް ގައިވެސް ހަމަ މިނަމުގައި ވީޑިޔޯތަކެއް ވާނެއެވެ)
ފޮތުގެ އަގަށް ބަދަލު ގެނައި ވާހަކަ ހިއްސާ ކުރުމަށްފަހު ޝައްފަ، ހުވަދޫނިއުސް މެދުވެރިކޮށް މަމްދޫހުގެ ފޭނުންނަށާއި އަދި މަމްދޫހުގެ ހާއްސަ ޓީމަށް ވަރަށްބޮޑަށް ޝުކުރު އަދާ ކޮށްފައިވާ މަމްދޫހު އިބްރާހީމްގެ ހާއްސަ މެސެޖެއް ކިޔައިދިނެވެ.
"އަޅުގަނޑާއެކު ވަރުބަލިކަމެއް ފޫހިކަމެއް ނެތި މަސައްކަތް ކުރަމުން ގެންދާ އަޅުގަނޑުގެ ހިތްވަރުގަދަ ޓީމުގެ ހުރިހާ ކުދިންނަށް ވަރަށްބޮޑަށް ޝުކުރިއްޔާ! އަދި އަޅުގަނޑުގެ ފޭނުންނަށް ސަޕޯޓަރުންނަށް: މިދުވަސްކޮޅު ވަރަށް ބިޒީކޮށް އުޅޭތީވެ، އިންސްޓަގްރާމް، އެފްބީޕޭޖުންވެސް ބައްދަލުކޮށްނުލެވޭ ކަމަށްޓަކައި ވަރަށް މާފަށް އެދެން، އަދި ހަމަ ތިގޮތަށް ސަޕޯޓު ކުރުމުގައި އަޅުގަނޑާއެކުގައި އަބަދުވެސް ތިއްބަވާށޭ. އަޅުގަނޑު މިހުރީ ހަމަ ތިބޭފުޅުންނާއެކުގައި. އިރާދަކުރެއްވިއްޔާ ހަމަ ވަރަށް އަވަހަށް ވަރަށް ބޮޑު އުފާވެރި ހަބަރެއް ދޭނެ ވާހަކަވެސް ދަންނަވާލަން. ޝުކުރިއްޔާ!"

