ރަށުގެ ތަރައްޤީ އާއި ކުރިއެރުން ލިބުމަށް ކޮށަމުން ދާ މަގު ތަކާއި ކުރަމުން ދާ މަސައްކަތް ތަކަށް އެއްބާރުލުން ނުދޭން ބަޔަކު ރިއެކްޓް ނުކުރިޔަސް ” ގދ ވާދޫ އަށް ކަޅު ދުވަސް” އަޔަކަ ނުދޭނެ ކަމުގައި ވާދޫ ކައުންސިލް ރައީސް ޙަސަން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މި ވަޤުތު ކައުންސިލް ހިންގުމާ ރަށުގެ ތަރައްޤީ އަށް ހުރި ގޮންޖެހުން ތަކަށް ޢަލިއަޅުވާ “ހުވަދޫ” އަށް މަޢުލޫމާތު ދެއްވަމުން ވާދޫ ރައީސް ޙަސަން ވިދާޅުވީ ރަށުގެ ތަރައްޤީ ބައިވަރު ޕްލޭން ތަކާ ބޮޑު ތަސައްވުރެއް އެބަ އޮތް ކަމަށާއި ރަށަކީ ރަނގަޅު އިޤްތިޞާދެއް ކޮޅަށް ޖެހުމަށް މި ރާއްޖޭގައި އޮތް އެންމެ ތަނަވަސް އެއް ރަށް ކަނަށެވެ. އަދި އެ ރަށަށް އިންވެސްޓް ކުރުމަށް ބޭނުންވާ ފަރާތްތައް ވެސް އެބަ ތިބި ކަމަށާއި ބޭނުން ވަނީ ހުރިހާ ކައުންސިލަރުންގެ އެއްބާރުލުމާއި މުޅި ކައުންސިލް އެކަތިގަނޑަކަށް ވެ މަސައްކަތް ކުރުން ކަމަށެވެ.
ނަމަވެސް އެ ކައުންސިލްގެ ބައެއް މެމްބަރުންގެ އެ ރޫޙެއް ނެތް ކަމަށާއި އެއީ ރަށުގެ ކުރިމަގަށާއި ތަރައްޤީ އަށް އެޅޭ ބޮޑު ހުރަހެއް ކަމަށް ރައީސް ޙަސަން މިއަދު ވިދާޅުވިއެވެ.
ވާދޫ ކައުންސިލްގެ ރައީސް އިތުރަށް ވިދާޅުވީ ކޮންމެ ޙާލަތަޖަށް ދިޔަޔަސް ވާދޫ އަށް ކަޅު ދުވަހެއް އަޔަ ނުދޭން ކަމަށާއި މި ރައްޔިތުންގެ ޙައްޤުގައި ކުރަން ޖެހޭ ކަންކަމުގައި ފަސް ނުޖެހޭނެ ކަމަށެވެ.

