ނިޒާމަކީ ގެއްލިގެން ރިޕޯޓްކޮށްގެން ފުލުހުން ހޯދަމުންދިޔަ ދެ މީހުންގެ ތެރެއިން އެކަކެވެ.
އިއްޔެގެ ވަގުތެއްގައި މާލޭގެ ގެސްޓުހައުސްއެއް ގައި ނިޒާމު ހުއްޓާ، ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށްފައެވެ. އަދި ހައްޔަރު ކުރެވުނީ މަރުގެ ތުހުމަތަކަށް ހައްޔަރުި ކޮށްފައި ވަނިކޮށް މިއަދު ކޯޓުން އޭނާއަށް މިވަނީ 2 މަސް ދުވަސް މުއްދަތު ޖަހައިފައެވެ. މަރުގެ ތުހުމަތެއްގައި ނިޒާމު ހައްޔަރު ކުރެވުނުއިރު އޭނާ އާއެކު ބޯޓުގައި ދިޔަ ބަންގްލަދޭޝް މީހާ ވަނީ ނުފެނިފައިވާއިރު، ވ.ވެމްޕަރު ސަރަހައްދުން އޮޔާ ދިޔަ އިންސާނެއްގެ ހަށިގަނޑު އިއްޔެ ވަނީ ފެނިފައެވެ. އެހެންނަމަވެސް ނިޒާމު ހައްޔަރު ކޮށްފައި މިވަނީ ސީދާ ކޮންކަމެއް ކިހިނެއް ވެގެން ކަމެއް ފުލުހުން ހާމައެއް ނުކުރެއެވެ.
މަރުގެ މައްސަލައެއްގައި ނިޒާމް ހައްޔަރުކުރިއިރު، އޭނާއާއެކު ގެއްލުނު ކަމަށް ބުނާ ބަންގްލަދޭޝް މީހާ އަދިވެސް ނުފެނެ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންދާއިރު ވ. ވެމްޕަރު ފަޅުގެ ހުޅަނގު އުތުރު ކަނޑުން އިންސާނެއްގެ ހަށިގަނޑެއް އިއްޔެ ވަނީ ފެނިފަ އެވެ. ނަމަވެސް ނިޒާމް ހައްޔަރުކުރީ ކޮން ސަބަބަކާ ހެދި ކަމެއް ފުލުހުން ނުބުނެ އެވެ.
ނިޒާމު ދަންނަ ގިނަ ފަރާތްތަކުން ދީފައިވާ ސައްހަ މައުލޫމާތުގައި ނިޒާމަކީ މަސްތުވާތަކެއްޗަށް ވަރަށް ބޮޑަށް ދެވިހިފާފައިވާ މީހެއް ކަމަށާއި ފަހަކަށް އައިސް މިވީ ދެއަހަރެއްހާ ދުވަސް ތެރޭ ވަރަށް ބޮޑަށް މަސްތުވާތަކެތީގެ ތެރެއަށް ގެނބިގެން ގޮސްފައިވާ ކަމަށެވެ. ކުރީގައި ނިޒާމަކީ ގަދަފަދައަށް މަސައްކަތް ކުރި، މީހުންގެ ރުހުން ލިބިގެން “ކައްޕި”ގެ ނަމުން މަޝްހޫރުވެފައި ހުރި މީހެއް ނަމަވެސް ފަހަކަށް އައިސް މަސްތުވާތަކެތީގެ ތެރޭ އިތުބާރު ގެއްލި ހާލަތު ވަރަށް ދަށަށް ގޮސްފައިވާކަމަށެވެ. އެހެނެއްކަަމަކު ނިޒާމަކީ މީހަކު މަރާލަން ކެރޭނެ މީހެއް ނޫންކަމަށް މިވާހަކަތައް ކިޔައިދިން ފަރާތްތަކުން ބުންޏެވެ. “ނިޒާމްބެއައަކަށް ނުކެރޭނެ ބުޅަލެއް ފަހާ ދުވެ އަނިޔާ ކުރާކަށް، ދެން ކިހިނެއް މީހަކު މަރާނީ؟”

