ގދ ފިޔޯރީ ރައްޔިތުންނަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެ ވަޑައިގެންނެވި ވަޢުދުގެ ތެރެއިން ފުއްދާލެވުނީ އެންމެ ވަޢުދެއް ކަމުގައި ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ފައިޒަރު މިހެން ވިދާޅުވެފައިވަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެރަށުގެ ރައްޔިތުންނާ އިއްޔެ ހިއްސާ ކުރި ޕޯސްޓެއްގައެވެ.
ފައިޒަރު އެ ޕޯސްޓްގައި ވިދާޅުވެފައި ވަނީ އެމްޑީޕީގެ އެތެެރޭގެ ހިގާ އިންތިޚާބަކާ ފިޔޯރީ ރައީސާއި އެއްވެސް ގުޅުމެއްނެތަސް، މިއަދު ފިޔޯރީގަ ތިބި އެމްޑީޕީ ރައްޔިތުން ޖެނުއަރީ 28 ގައި ވޯޓު ލުމުގެ ކުރިން ވިސްނާލަން އެބަޖެހޭ ކަމަށާއި ރައްޔިތުން އަތުން ލިޔެގެން 2018 ވަނަ އަހަރު ރިޔާސީ ކެންޕެއިންގަ ފިޔޯރީ އަބާރަނަ ޖަގަހައިގަ އީ ، މިހާރުގެ ރައީސް އިބްރާހިމް މުޚައްމަދު ސޯލިހް އަތްޕުޅަށް އެދުވަހު އެރުވި ކަރުދާހުގަ ރައްޔިތުން އެދުނީ އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް 2018 އިންތިޚާބު ވެއްޖެނަމަ 5 ކަމެއް ކޮށްދިނުމަށް ކަމަށެވެ.
އެ 5 ކަން ފާހަގަ ކޮށް ރައީސް ފައިޒަރު ވިދާޅުވެފައިވަނީ:-
- ފިޔޯރީ ނެރު އެހެންދިމާލަކުން ކަޑާދިނުމަށް.
- ފިޔޯރީ ބަދަރު 500 ފޫޓު ބޮޑު ކޮށްދެއްވުމަށް.
- ފިޔޯރީ ގިރާ ސަރަހައްދު ހިމާޔަތް ކޮއްލަ ދެއްވުމަށް.
- ފިޔޯރީ އައިސްޕްލާންޓް 50 ޓަން ޕުލާންޓަކަށް ބޮޑު ކޮއްލަ ދެއްވުމަށް.
- ފިޔޯރީ އަށް އާ 400w ޖަނަރޭޓަރ ބަހައްޓާލަ ދެއްވުމަށެވެ.
ނަމަވެސް މިފަސްކަން ކޮއްލަދެއްވާނެކަމަށް އެދުވަހު ވަޢޫދުވެ ވަޑާއިގަތީ ތިޔަ މެމްބަރުންގެ ކުރިމަތީގަ ކަމަށާއި ހަމަ ޔަގީނުންވެސް މިތަނުން މިއަދާ ހަމައަށް ފުއްދިފަވަނީ ޖަނަރޭޓަރ ވަޢުދު އެކަނި ކަމަށް ފައިޒަރު ވިދާޅުވެފައިވެއެވެ.
“ރަށުގެ ގިރާ ސަރަހައްދު އިންތިހާއަށް މިހާރުވެސް އެދަނީ ގިރަމުން. ވަދެ ނުކުމެހަދާނެރުގެ ދަތިކަން ތަހައްމަލް އޭރެކޭ އެއްގޮތަށް މިހާރުވެސް ދަނީ ކުރަމުން. ބަނދަރުގެ ދަތިކަން އިންތިހާއަށް އެދުވަހެކޭ ތަފާތެއްނެތް. އައިސްޕްލާންޓް ހަމަ ހުރި ހާލަތުގަ.”
ފިޔޯރީ ރައީސް ފައިޒަރު ރަޝީދު ގެ އެ ޕޯސްޓްގައި ވިދާޅުވެފައި ވެއެވެ.
އޭނާ އިތުރަށް ވިދާޅުވެފައިވަނީ މިކަންކަމާއި ގުޅިގެން ރައީސް އޮފީސް ސަމާލުކަމަށާއި ޕްލޭނިން މިނިސްޓްރީގެ ސަމާލުކަމަށް ގެންނަން ފޮނުވި އެންމެ ސިޓީ އަކަށް މެނުވީ މިއަދާ ހަމަ އަށް ޖަވާބެއްވެސް ނުދެއްވާ ކަމަށާއި އެބައެއްގެ ހައްޤު ހޯދަން އަޑު ނުއުފުލާ ވަޒީފާގެ އަޅަކަށް ވެގެން ނުތިބެ ހައްޤު ބަސް ބުނުމުގެ ހިތްވަރު ލިބިގެން މެނުވީ ކުރިއެރުމެއް ނުލިބޭނެ ކަމަށެވެ.

