އައްޑޫ ޓެރަރިޒަމް މައްސަލައިގަ ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލާ “ފަހު އިންޒާރު” ދީފި އެވެ.
މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި މީހުން މަސައްކަތް ކުރަމުން ދިޔައީ ގޮވާ ތަކެތި ބޭނުން ކޮށްގެން ތަނެއް ގޮއްވާލުމަށް ކަމަށާއި އެ މީހުން މަސައްކަތް ކުރަމުން ދިޔައީ ގިނަ ބަޔަކު މަރުވާ ގޮތަށް ތަނެއް ގޮއްވާލަން ކަމަށެވެ.ޓެރަރިޒަމް މައްސަލައިގަ އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރި މީހުން ދޫކޮށްލަން ގޮވާލައި “ފަހު އިންޒާރު” ދީފިއެވެ.
ފުލުހުން ވަނީ އެ އޮޕަރޭޝަންގެ ތެރެއިން އައްޑޫ އާއި ކ ގުރައދޫގެ އިތުރުން މާލެއިން 14 މީހަކު ހައްޔަރުކޮށްފައެވެ.
އެ 14 މީހުން ދޫކޮށްލަން ގޮވާލައި އިސްލާމިކް ސްޓޭޓުގެ ލޯގާއާއެކު އައްޑޫގެ އެކިތަންތަނުގައި ތަތްކޮށްފައިވާ އިންޒާރުގެ ލިޔުންތައް ރޭ ވަނީ ސޯޝަލް މީޑިއާގައި އާންމުކޮށްފައެވެ.
އެކި ތަން ތަނުގައި ތަތް ކޮށްފައިވާ ލިޔުން ތަކުގައި ވަނީ
“އައްޑޫ ސިއްސުވާލާނީ. ލޭ އޮހޮރުމަކަށް ނު ގޮސް އަމާންދީ. އަދި އަހުންތައް ދޫކޮށްލާ. މީ ފަހުގެ އިންޒާރު،” މިހެންނެވެ.
ހަރުކަށި ފިކުރު ގަބޫލުކުރާ ފަރާތްތަކުން ޓެރަރިސްޓް ޖަމާއަތެއް ކަމުގައިވާ އިސްލާމިކް ސްޓޭޓަށް ތާއީދުކޮށް، ދީނުގެ ނަމުގައި ރާއްޖޭގައި ޓެރަރިޒަމްގެ ހަމަލާއެއްދީ، ގައުމީ ސަލާމަތަށް ނުރައްކާ ކުރުމަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ތުހުމަތުގައި ފުލުހުން މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި އައްޑޫ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ހިންގި މީހުން ދޫކޮށްލަން ގޮވާލައި، އިންޒާރާ ގުޅިގެން ފުލުހުން ވަނީ އެކަން ސަމާލު ކަމަށް ގެނެސް އެކަމުގެ ތަޙުޤީޤު ފަށާފައެވެ.

