ގދ ތިނަދޫގައި 2 ސައިކަލް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ސައިކަލު ދުއްވި 2 ޒުވާނުން ވަރަށް ބޮޑަށް ޒަޚަމުވެ އަނިޔާ ތަކެއް ވެއްޖެއެވެ.
ތިނަދޫ ޗައިނާ ފްލެޓްތައް ކައިރީ ތާރު މަގުގައި މެންދުރު 12 ގަޑި 15 ހާއިރު ހިނގި މި އެކްސިޑެންޓް އަނިޔާވި 21 އަހަރުގެ ޒުވާނަކަށް ވަނީ ޑރ އަބަދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށާފައެވެ. އޭނާގެ އާއިލާ އިން ހުވަދޫ ނޫހަށް މައުލޫމާތު ދެމުން ބުނެފައިވަނީ އެކްސިޑެންޓް ހިނގާފައި ވަނީ ގޯޅި އަޅަން އުޅުން ވަގުތު ފަހަތުން ބާރު ސްޕީޑެއްގައި އައި ސައިކަލެއް ޖެހިގެން ކަމަށެވެ.

ތިނަދޫގައި ހިނގި ސައިކަލް އެކްސިޑެންޓު
ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ޒުވާނާ ގެ އެއް އަތުގެ އުޅަނބޮށި ވަނީ ވަރަށް ބޮޑަށް ޒަޚަމު ވެފައެވެ.
ފުލުހުން ވިދާޅުވެފައިވަނީ މިއަދު މެންދުރު ތިނަދޫ ގައި ހިނގި އެކްސިޑެންޓް ވީ 2 ސައިކަލުގެ ތެރެއިން އެއް ސައިކަލުގައި އިން މީހާ ސައިކަލު ދޫކޮށް ގޮސް ހޮސްޕިޓަލުން އަމިއްލަ އަށް ފަރުވާ ހޯދާފައިވާ ކަމަށާއި ފުލުހުން އެކްސިޑެންޓް ވީ ތަނަށް ދިޔަ އިރު އޭނާ އެތަނުގައި ނެތް ކަމަށެވެ. ފުލުހުން ވިދާޅުވީ އެ ޒުވާނާގެ ވެސް ހަށިގަނޑުގެ އެކި ތަންތަނަށް އަނިޔާވެ ޒަޚަމު ތައް ވެފައިވާ ކަމަށެވެ.

