ގދ. ފަރެސްމާތޮޑާ ނަރުދަމާ ނިޒާމުގެ މަސައްކަތަށް މަގު ކޮންނަމުންދަނިކޮށް ބޮޑު ބޮލިވަޅެއް ފެނިއްޖެއެވެ
ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަހުމަދު އިމްތިޔާޒު "ހުވަދޫ" އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ގދ. ފަރެސްމާތޮޑާ ނަރުދަމާ ނިޒާމުގެ މަސައްކަތަށް މާތޮޑާ އަވަށު ބޮޑު މިސްކިތް މަގު ކޮންނަމުންދަނިކޮށް ބޮޑު ބޮލިވަޅެއް ފެނުނު ސަރަހައްދަކީ ކުރިން އެރަށުގައި ގުދަނެއް ހުރި ތަނެއް ކަމަށާއި، ބޮލިތައް ފެނުނު ވަޅުން އަދިވެސް ގިނަ އަދަދަކަށް ބޮލި އެބަހުރި ކަމަށެވެ.

ފޮޓޯ ފަރެސްމާތޮޑާ ކައުންސިލް
ރައީސާ އިމްތިޔާޒު އިތުރަށް ވިދާޅުވީ ފެނުން ކުދި ބޮލި ތަކުގައި 70 ވަރަކަށް ކިލޯ ހުންނާނެ ކަމަށާއި ބޮލި ތައް ކައުންސިލް ގެ ބެލުމުގެ ދަށަށް ގެންނަން މިހާރު މަސައްކަތް ކުރަމުން ދާ ކަމަށެވެ.

