ދިވެހި ބަހުގެ އުސްތާޒު ސޯދިގު (ސޯދުބެ)ގެ ބަލި ހާލަތު ހުރިގޮތުން އައިޖީއެމްއެޗުގައި އެނދުމަތި ކުރެވިފައިވާތީ، ހަގު ދަރިފުޅުގެ ކައިވެނީގެ ހަފުލާގައި ބައިވެރި ނުވެދާނެތީ ސޯދުބެ ކުރެއްވި ފިކުރާއި ހިތާމައަށް އައިޖީއެމްއެޗުގެ އެހީތެރިކަމާއެކު ނިމުމަކަށް ގެނައީ ހައިރާންކަމަކާއި ނުހަނު ބޮޑު އުފަލެއް ލިބިގެން ދިޔަ ކަމަކުންނެވެ. އައިޖީއެމްއެޗުން ދިން ހިދުމަތާއި ބެހެއްޓި ގާތް ކަމަށް ސޯދުބެ ވަނީ ޝުކުރު އަދާ ކޮށް އައިޖީއެމްއެޗަށް ސިޓީއެއް ލިޔުއްވާފައެވެ. އެހޮސްޕިޓަލުން ސޯދުބެގެ ޝުކުރުގެ މި ލިޔުން ޓްވިޓާގައި އާންމުކުރުމާއެކު އެކި އެކި ފަރާތްތަކުން މި ސިޓީ މީޑިޔާގެ އެކި ދިމާތަކުގައި އާންމުވެއްޖެއެވެ.
އައިޖީއެމްއެޗް އިން ދިން ޚިދުމަތާއި ބެހެއްޓި ގާތް ކަމަށް ޝުކުރު އަދާކޮށް، ސޯދުބެ ލިޔުއްވާފައިވާ ލިޔުން، އެ ހޮސްޕިޓަލުން މީސްމީޑިއާގައި އާއްމުކޮށްފައިވާއިރު، ޝުކުރުގެ އެ ލިޔުންކޮޅުގައި ސޯދުބެ ވަނީ އެބޭފުޅާ އަކީ އައިޖީއެމްއެޗް ގެ ފްރީކްއެންޓް ކަސްޓަމާރ ޑިސްކައުންޓް ލިބެންޖެހޭ މީހެއްކަން ޔަގީން ކުރައްވާކަމަށް ވިދާޅުވެފައެވެ.
އޭގެ ސަބަބެއްގެ ގޮތުގައި ސޯދުގެ ވިދާޅުވީ، އައިޖީއެމްއެޗްގެ ވޯޑުގައި އެ ބޭފުޅާ ނުބާއްވާ ކޮޓަރިއެއް ނެތް ކަމަށާ، އަދި އެ ހޮސްޕިޓަލުން އެބޭފުޅާ އަށް ފަރުވާ ނުދެއްވާ ނަރުހެއް އަދި ޑޮކްޓަރެއް މަދުވާނެ ކަން ޔަގީންވާތީއެވެ.
އެތައް ފަހަރެއްގެ މަތިން އައިޖީއެމްއެޗުގެ ގާތްގަނޑަކަށް ހެން ހުރިހާ ވޯޑެއްގައި އެނދުމަތިވެވުނު ކަމަށާއި މިފަހަރުގެ މިއެނދުމަތި ކުރެވުން އެހެން ފަހަރޔ ވަރަށް ތަފާތުކަން ފާހަގަކުރައްވައި ސޯދުބެ ވަނީ އެފަހަރުގެ ހަނދާންތައް ތާ އަބަދު ހުންނާނެކަމަށް ވިދާޅުވެފައެވެ.
އެގޮތުން ސޯދުބެ ވިދާޅުވީ، އެބޭފުޅާގެ ހަގު ދަރިފުޅު ކައިވެނިކުރަން ދެ ހަފްތާއަށް ވެފައި ވަނިކޮށް ހާލު ދެރަވެގެން ހޮސްޕިޓަލަށް ގެނެސް އެޑްމިޓް ކުރި ދުވަހުން ފެށިގެންވެސް އައިޖީއެމްއެޗްގެ މުވައްޒަފުންގެ ފަރާތުން ދިން ޚިދުމަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރަންޖެހޭ ކަމަށެވެ.
“މިއީ އުމުރުން މިހައި ހިސާބަށް އާދެވުނު އިރުވެސް ނުފެންނަ އޯގާތެރިކަން ފެނުނު ފަހަރެއް.\ ގެއާއި މިހައި ދުރުގައި ހުންނަން އަނެއްކާވެސް ޖެހުނު ހިނދު އަނބުރައި ދާހިތް ނުވި ފަހަރެއް ކަމަށް ސޯދުބެ ލިޔުއްވާފައިވެއެވެ. އޭގެ މައިގަނޑު ސަބަބަކީ ދެއްވި ލޯތްބާއި ޚިދުމަތް ކަމަށާއި ހިތާއި އަމަލުން ފެނުނު ކުލުނު ކަމަށެވެ. ސޯދުބެ ވިދާޅުވެފައި ވަނީ އައިޖީއެމްއެޗުން ސޯދުބޭގެ ހަގު ދަރިފުޅުގެ ކައިވެންޏަށް ނުދުރުވެވޭނެތީ ކަންބޮޑުވެފައި ވަނިކޮށް އައިޖީއެމް އެޗުން ސޯދުބެއަށް ދެއްވި ފަރުވާގެ އިތުރަށް ހަގު ދަރިފުޅުގެ ކައިވެނި ކުރުމަށް މަގުފަހި ކޮށްދެއްވި ކަމަށްޓަކައި ހޮސްޕިޓަލްގެ އިސްވެރިންނަށް ހިތުގެ އެންމެ ފުންމިނުން ލޯތްބާއެކު ސޯދުބެ ވަނީ ޝުކުރު ދަންނަވާފައެވެ. އެދުވަސްވެސް އެންމެ ފަހުން ފެނިގެން ދިޔައީ ހަމަ އައިޖީއެމްއެޗުގެ މިންނެތް މަސައްކަތާއި ކުލުނުވެރިކަމުން ކަމަށްވެސް ސޯދުބެގެ ސިޓީގައި ހާމަކުރައްވާފައި ވެއެވެ.
ސޯދުބެގެ އިހުސާސްތައް، އެދުވަހުގެ އުފާވެރިިކަން، ލިޔުމަކުން ބަޔާން ކޮށްދެއްވަންވެސް ނޭނގޭ ކަމަށްވެސް ހާމަކުރައްވާފައިވެއެވެ. އަދު އެބޭފުޅާ ހެޔޮހާލުގައި ހުންނެވީ މާތް ރަސްކަލާނގެ ރަހުމަތާއި، އައިޖީއެމްއެޗް ގެ ޚިދުމަތްތެރީންގެ މަސައްކަތުން ކަމަށްވެސް ވެއެވެ.
އައިޖީއެމްއެޗް އަށް ޝުކުރު އަދާކުރައްވައި ސޯދުބެ ފޮނުއްވި ސިޓީ ވަނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންވެސް ލިޔުއްވާފައެވެ.
މި ސިޓީ ޓުވީޓް ކުރައްވައި، އެ ހޮސްޕިޓަލުގެ ޚިދުމަތްތައް ބަލައިގަތް ކަމަށްޓަކައި އައިޖީއެމްއެޗް އިންވެސް ވަނީ ސޯދުބެއަށް ޝުކުރު އަދާކޮށްފައެވެ.

