
ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ރަސްމީކޮށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ރަސްމީކޮށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)
އިއްޔެ ހެނދުނު ރާއްޖެ ވަޑައިގެންނެވި ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރަސްމީކޮށް މަރުހަބާ ދެންނެވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހަރަކާތުގައި އެ މަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް ސޯލިހެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރަށް ރައީސް ސޯލިހް ރަސްމީކޮށް މަރުހަބާ ދަންނަވަނީ. (ފޮޓޯ/ރައީސް އޮފީސް)
ރައީސް ވިދާޅުވީ ކެމްބޯޑިއާގެ ބޮޑުވަޒީރާ އެކު ބޭއްވި މަޝްވަރާތަކުގެ ތެރޭގައި ރާއްޖެއިން އެ ގައުމަށް ގިނަ ފުރުސަތުތަކެއް ފަހިކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ގައުމުގެ ރައްޔިތުންނަށް ތައުލީމީ ދާއިރާއިންނާއި މަސައްކަތުގެ ދާއިރާއިން ފުރުސަތުތަކެއް ދިނުމަށް ނިންމާފައިވާކަން ރައީސް އިއުލާންކުރެއްވި އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގެން، ރައީސާ މިއަދު ބައްދަލުކުރައްވަނީ.– ފޮޓޯ: ރައީސް އޮފީސް
ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި ދެގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ވަނީ ސޮއިކޮށްފައެވެ.
ސޮއިކުރި އެއްބަސްވުންތައް:
“ކެމްބޯޑިއާ އަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި މަސައްކަތްކުރުމަށް އިންޓާންޝިޕްގެ 20 ފުރުސަތު ދޭން ވަނީ ނިންމަވާފައި. މީގެ އިތުރުން ކޯސްޓްގާޑުން ހިންގާ ބޭސިކް ޑައިވް ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ކެމްބޯޑިއާގެ ސިފައިންނަށާއި، އެމްއެންޔޫއިން ދެ ސްކޮލަޝިޕް ފުރުސަތު ވެސް އެ ގައުމަށް ދޭން ވަނީ ނިންމާފައި،” ރައީސް ވިދާޅުވި އެވެެ.
ރައީސް ވިދާޅުވީ މި އެއްބަސްވުންތަކުގެ ސަބަބުން ކާބޯތަކެތީގެ އަގު ހެޔޮވެ، އެ ތަކެތީގެ ރައްކާތެރިކަން އިތުރަށް ކަށަވަރު ކުރެވޭނެ ކަމަށެވެ.
ރަސްމީ ވާހަކަތަކަށްފަހު ވާހަކަފުޅު ދައްކަވަމުން ކެމްބޯޑިއާގެ ބޮޑުވަޒީރު ވަނީ ރާއްޖެއިން އަދާކުރި މެހެމާންދާރިއަށް ޝުކުރުއަދާކުރައްވާފަ އެވެ. މީގެ އިތުރަށް ބޮޑުވަޒީރުގެ ވާހަކަފުޅުގައި އެ ގައުމުން ރާއްޖެއަށް ސްކޮލަޝިޕްގެ 10 ފުރުސަތު ދޭން ނިންމެވި ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ކެމްބޯޑިއާގެ ބޮޑުވަޒީރު ސަމްދެކް ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި ރައީސް ސޯލިހާއެކު ގުޅިފައިވާ ބަޔާނެއް ދެއްވަނީ. ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވީ މިއަދު އެއްބަސްވި ކަންކަމާ ދޭތެރޭ މަޝްވަރާ ކުރުމަށް ދެ ގައުމުގެ އޮފިޝަލުން ވަރަށް އަވަހަށް ބައްދަލުވުންތައް ބާއްވަން ފަށާނެ ކަމަށެވެ.
ރާއްޖެ އާއި ކެމްބޯޑިއާ އާ ދެމެދު ސިޔާސީ ގުޅުން ގާއިމް ކޮށްފައި ވަނީ 21 ސެޕްޓެމްބަރު 1995ގަ އެވެ. މިއީ ކެމްބޯޑިއާގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.