މިސިޒް އެކްސްކުއިސިޓް" އެވޯޑް ދިވެހި ރާއްޖޭގައި ދިރިއުޅޭ މަލިކު އަންހެނަކަށް ލިބިއްޖެ އެވެ.
ދާދިފަހުން އިންޑިއާގެ ކަލްކަތާގައި ބޭއްވުނު "މިޝަން ޑްރީމްސް މިސިޒް އިންޑިއާ 22″ މިސިޒް އެކްސްކުއިސިޓް" އެވޯޑް
ދިވެހި ރާއްޖޭގައި ދިރިއުޅޭ މަލިކް އަންހެނަކު ހާސިލު ކޮއްފިއެވެ.
އެކްޓިންގ އަށް ޝައުޤުވެރިކަން ހުންނަ ރަޖީނާ އިސްމާއީލްއަކީ މަލިކު އަންހެންކުއްޖެކެވެ. ރަޖީނާ ވަނީ ދާދިފަހުން އިންޑިއާގައި ބޭއްވުނު "މިޝަން ޑްރީމްސް މިސިޒް އިންޑިއާ 22″ ގައި މަލިކުގެ ސަގާފަތާއި އާދަކާދަ ހުށަހަޅައިދީފައި އަދި އެ އިވެންޓްގެ "މިސިޒް އެކްސްކުއިސިޓް" އެވޯޑް ހާސިލުކޮށްފައެވެ.
ރަޖީނާ، އޭނާގެ ފިރިމީހާއާއި ދަރިންނާއެކު ދިރިއުޅެނީ ދިވެހިރާއްޖޭގައެވެ.

މި ޢާއިލާގެ ހުރިހާ އެންމެންނަކީވެސް މަލިކަށް ނިސްބަތްވާ ދިވެހި ދަރިކޮޅުގެ މީހުންނެވެ.

އިންޑިއާ ގެ ރަށެއްގެ ގޮތުގައި މިއަދު މަލިކު އޮތަސް އެރަށުގެ ބަހާއި އާދަކާދަ އާއި ސަޤާފަތް އޮންނަނީ ދިވެހި ރާއްޖެއާ ވަރަށް ބޮޑަށް ގުޅިފައެވެ.

