ނިއުމާމިސްގެ އުނގަންނައިދިނުުމުގެ ވައްޓަފާޅި- 2
ޝާމިން ސަޢީދު ، ހުވަދޫ މީޑިއާ 
ނިއުމާމިސްގެ އުނގަންނައިދިނުމުގެ ވައްޓަފާޅީގެ ދެވަނަ ބައިގަ މިހިމަނާލަނީ ކުލާހުގައި އަޑު ކޮންޓްރޯލު ކުރުމާ ބެހޭ
މުދައްރިސުން ފިލާވަޅަށް ތައްޔާރުވެ ކޮންމެ ދުވަހެއްގައި ވެސް ދަރިވަރުންނާއި ބައްދަލުކުރަނީ މަގްސަދުތަކެއް ހާސިލްކުރުމުގެ އުއްމީދުގައެވެ. ނަމަވެސް ދަރިވަރުން ކޮންޓްރޯލްކޮށް މުދައްރިސުގެ ތައްޔާރުވިގޮތަށް ފިލާވަޅު ނުގެންދެވޭ ފަހަރު އެބަދިމާވެއެވެ. ބައެއް ފިލާވަޅުތައް ނާކާބިޔާބުވަނީ ކުލާސް އަޑުގަދަ ވުމުގެ ސަބަބުންނެވެ. ހާއްސަކޮށް ދަސްކުރާ މުދައްރިސުންނަށް "ޓީޗިން ޕްރެކްޓިސްގައި" މިފަދަ ހާދިސާތަކާއި ވަރަށް ގިނައިން ދިމާ ވެއެވެ.
މިފަދަ ހާދިސާތައް މަދުކުރުމަށް ތިރީގައިވާ ތަސްވީރުން ފެންނަ "ވޮއިސް ލެވެލް" ދައްކައިދޭ ޕޯސްޓަރެއް ކުލާހުގައި ބެހެއްޓި ދާނެ އެވެ.
އެއިރުން ރާވައިފައިވާ އެކި ހަރަކާތްތަކުގައި "ކުލާހުގެ އަޑު" ހުންނަންވީ މިންގަޑު ދަރިވަރުންނަށް ފާހަގަކޮށް ދެވިދާނެއެވެ. އަދި ތަފާތު ހަރަކާތްތައް އޮޅުން ފިލުވައި ދިނުމަށްފަހު އަޑުގެން ގުޅެންވީ މިންވަރު ދަރިވަރުންނަށް ހަނދާންކޮށް ދެމުން ގެންދިއުމުން މުދައްރިސަށް "ކުލާސް ކޮންޓްރޯލް" ކުރުމަށް ފަސޭހަވެގެން ދާނެއެވެ.
ފްލޯޗާޓުގައި އެވާ ގޮތަށް ކުލާސް ކޮންޓްރޯލު ކުރުމަށް ކުލާހުގެ އަޑުތައް މިން ކުރަން ދަރިވަރުންނަށް ކިޔައިދީ ބުނެދެވިދާނެއެވެ. މިސާލަކަށް ބުނާނަމަ ފިލާވަޅު ކިޔައިދޭ ގަޑީގައި ކުދިން އަޑުމަޑުކުރުމުން ނޫނީ ހުރިހާ ކުދިންނަށް މުދައްރިސު ދައްކާ ވާހަކަ އަޑު ނީވޭނެކަން ބުނެދެވިދާނެއެވެ. އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭ ކަމަކީ ކުދިންނަށް އެއްޗެއް ބުނެދޭން ޖެހޭނީ އެކުދިންގެ ސިކުނޑިއާ އެއްހަމައެއްގައި ވިސްނުން ބަހައްޓައިގެން ކަމެވެ. ހަރުކަށިކަމާއި ބަސްހަރުކަމަކުން ކުދިންނަށް އެއްޗެހި ފަހުމުކޮށް ނުދެވޭނެކަން އަބަދުވެސް ދަންނަން ޖެހޭނެ އެވެ.
ކުލާސް ކޮންޓްރޯލު ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި، "އަޑުގެ މިންގަޑު" ދައްކައިދޭ ޕޯސްޓަރެއް ކުލާހުގައި ބެހެއްޓި ދާނެއެވެ. އަދި ފިލާވަޅު ފެށުމުގެކުރިން އަޑު ހުންނަންވީ މިންގަޑު ދަރިވަރުންނަށް ފާހަގަކޮށް ދެވިދާނެއެވެ. މިސާލަކަށް، ތަފާތު ހަރަކާތްތައް އޮޅުން ފިލުވައި ދިނުމަށްފަހު އަޑުގެންގުޅެންވީ މިންވަރު ދަރިވަރުންނަށް ހަނދާންކޮށް ދެމުން ގެންދިއުމުން މުދައްރިސަށް "ކުލާސް ކޮންޓްރޯލް" ކުރުމަށް ފަސޭހަވެގެން ދާނެއެވެ.
އެގޮތުން މިފަދަ ބަސްތައް ބޭނުން ކުރެވިދާނެއެވެ. އަދި ދެވި ފައިވާ މިސާލުތަކުގައިވާ ތަސްވީރުތައް ގޮތަށް ޕޯސްޓަރު ތައްޔާރު ކޮށްލެވިދާނެއެވެ.
1) ހަމަ ހިމޭން / އަޑު ވަރަށް މަޑު/ ވައި އަޑު
2) ދޭދޭ ކުދިންގެ ވާހަކަ ދެއްކުން / ޕާރޓްނަރ އާއެކަނި

3) ގްރޫޕް މަޝްވަރާ / ހަމަ އެކަނި ގްރޫޕް ކުދިންނާ އެކަނި
4) ބޭރުތެރޭ އަޑު / ވަރަށް އަޑު ގަދަ / ވަރަށް ބާރަށް ވާހަކަ ދެއްކޭނެ / ޕްރެޒެންޓަރ ގެ އަޑު / މުޅި ކުލާސް އެއްފަހަރާ