23 އަހަރުގެ އަންހެނެއްގެ 34 ކުދިން ތިބެއޭ ބުނީމަ ގަބޫލު ކުރެވޭނީވެސް ވަކި ކިހިނެއް ހެއްޔެވެ. އެކަމަކު އެފްރިކާގެ ޓުސާ އަކީ ހަމަ އެންމެ 23 އަހަރުގައި 34 ކުދިންގެ މަންމައެކެވެ.
އުމުރުން 23 އަހަރުގެ ޓުސައިވޭ މުންޚޮންދްޔާ އަވަދިނެތި އުޅެނީ 34 ކުދިން ތަރުބިއްޔަތު ކުރުމުގައެވެ.
"އަހަރެން ހޭވެރިކަން ވީއިރު ހުރީ ޔަތީމުހާނާއެއްގައި. އަހަރެންގެ ހަޔާތުގެ ހިތްދަތި، އުނދަގޫ ވާހަކަތައް އެހާ ފަސޭހައެއް ނޫން." ތެދެކެވެ. އުމުރުން އެންމެ 6 އަހަރުގައި ރޭޕް ކޮށްފައިވާ އަންހެންކުއްޖެއްގެ ހަޔާތުގެ ވާހަކަ ފަސޭހަ ވާނެ ގޮތެއް ނޯންނާނެ އެވެ.
ޓުސާ އޭނާގެ ހިތާމަވެރި ހަޔާތުގެ ވާހަކަ ކިޔައިދެމުން ބުނެފައި ވަނީ ޅަފުރާއާއި އުންމީދީ ފުރާވަރުގައި އޭނާއަކީ އަމިއްލަަށް ބޭނުން ވާ ތަކެތި ހޯދަން އެތައް މަސައްކަތަކާއި ހާލެއްގައި އުޅެން ޖެހުނު ކަމަށެވެ. އަދި ޔަތީމުކަމުގައި ހުރި ހިތްދަތިކަމާއި އެކަނިވެރިކަން އެނގޭތީ އެއިހުސާސް އެހެން ކުދިންތަކެއް ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. އެހެންކަމުން އޭނާއަށް ވީވަރަކުން ޔަތީމު ކުދިންނަށްޓަކައި މިނވަންކަމާއި އަރާމު ހިޔާވައްސެއް ހޯދައިދޭން އަޒުމު ކަނޑައެޅީކަމަށެެވެ.
"އަހަރެން ދުވަހަކުވެސް އެވާހަކަ ނުދައްކަނީ އަހަރެން ލަދުގަންނާތީ. އަބަދުވެސް ހީކުރަނީ އެއީ އަހަރެންގެ ކުށެއް ކަމަށް. ސަބަބަކީ ފަހަތަށް ޖެހި ހަޅޭއްލަވައިގަތުމުގެ ބަދަލުގައި އަހަރެން ފްރީޒްވީމަ. އަހަރެން އަބަދުވެސް އެދެނީ މަންމަ ގާތު ބުނަން؛ އެންމެ ފަހުން އެވާހަކަ އަހަރެން ދެއްކުމުން އަހަންނަށް އެންގީ ބޮޑުވެފައިވާ އަންހެނުން ރޭޕް ކުރަނީ "ރޭޕް"ނޫންކަމަށް. މާނައަކީ އަހަރެން ކޮށްފައި ވަނީ ރޭޕެއް ނޫނޭ."
"އެކަމުގެ ސަބަބުން އަހަރެން ބަދަލުވީ އަހަރެން މިހުރި ޗައިލްޑް އެކްޓިވިސްޓަކަށް. އަހަރެން އަބަދުވެސް އަންހެން ކުދިން މެންޓަރކޮށް ސަޕޯޓް ކުރަމުން ގެންދާނަން."
"އަހަރެން ބަލަހައްޓާ ހުރިހާ ކުދިންނަކީ އަހަރެންގެ ކުދިންގެ ގޮތުގައި އަހަރެން ދެކެން؛ އެއީ އަހަރެންގެ އަމިއްލަ އާއިލާއެއް، އެކަނިވެރިކަމުގައި އުޅޭއިރު ކުރާ އިހުސާސް އަހަންނަށް އެނގޭ."
"ކުދިން ބަލަހައްޓަން "ޔާނާ، އުފެއްދުމަކީ އަހަންނަށް ފަސޭހަވީ އެކުދިންނަށް ލޯބި ދޭން ބޭނުންވާތީ. އަހަރެން ބޭނުންވީ އެމީހުންނަށް ލޯތްބާއި ގަބޫލުކުރުން ދޭން، އެއީ އަހަރެން ދުވަހަކުވެސް ތަޖުރިބާ ނުކުރާ ކަމެއް،"
"ގޭތެރެއަކީ އަމިއްލައަށް ޙަރަކާތްތެރިވާ ތަނަކަށް ވާތީ، އުމުރާ ގުޅޭ ކުދިން ގޭތެރޭގެ މަސައްކަތްތަކުގައި އެހީތެރިވެދިން ނަމަވެސް ޒުވާނުން އަބަދުވެސް އެހީތެރިވާން ބޭނުންވާތީ."
އޭނާ އިތުރަށް ބުނާ ގޮތުގައި ކުދިންނަށް އެކުގައި ކަންކަން ކުރުމުގެ ފުރުސަތު ދިނުމަކީ އަބަދުވެސް އެކަކު އަނެކަކަށް އެހީތެރިވުމުގެ ފިލާވަޅެއް ދަސްކޮށްދިނުމެވެ.
"އަހަރެން ހަމަ ލޯބި ފޯރުކޮށްދީ، އެއްދުވަހަކު އެމީހުންގެ އަމިއްލަ މައިންބަފައިންނާ އެކު ކުރަން އުއްމީދުކުރި ކަންތައްތައް ކުރަން."
ޓުސާ ބުނި ގޮތުގައި އެއޯގަނައިޒޭޝަން އުފެއްދީ އަބަދުވެސް އެކަނިވެރިކަން އިހުސާސްވާ ވަރުންނެވެ. އާދައިގެ ގެއެއްގެ ތެރޭގައި ކުދިންނަށް އުޅެވޭނެ ފަދަ ގޮތްތަކެއް އިންތިޒާމު ކޮށްފައި ވާއިރު އެކުދިންގެ ހުރިހާ ކަމެއް ހެން ކުރަނީ ތޫސާ އަމިއްލަ ދެއަތުންނެވެ. އެގޮތުން ހެނދުނު ހުރިހާ ކުދިންނަށް ނާސްތާއަށް ޕާނާއި ބަޓާރޖޭމު ޖަހައި ހެނދުނުގެ ނާސްތާ ތައްޔާރުކުރެއެވެ.

ޓުސާ އޭނާގެ ފުރަތަނަ ދަރިފުޅު އެޑޮޕްޓް ކުރީ އޭނަގެ އުމުރުން 19 އަހަރުގައި، ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ސަލާމަތެއްގެ ގޮތުގައި 2018 ވަނަ އަހަރު އުފެއްދި އެންޖީއޯއެއް ކަމަށްވާ ޔޫ އާ ނޮޓް އެލޯން (ޔާނާ)ރެޖިސްޓްރީ ކޮށްގެންނެވެ. އޭނާގެ 4 އަހަރުގެ ދަރިފުޅު ޖޭމީ އަކީ ވެސް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެކެވެ.
މި ކުދިންނާއި، އަދި އޭނާގެ އަމިއްލަ ކުދިން ރައްކާތެރި ކުރުމަށް ޓުސާގެ ބޭނުންތެރިކަން ދުއްވާލަނީ އުމުރުން ނުވަ މަސް ދުވަހު އޭނާގެ ބައޮލޮޖިކަލް މަންމަ އޭނާ ދޫކޮށްލާފައި، މާލްވައިގެ މުދުންދޫންޒީ އަވަށުގައި ކާފަ ތަރުބިއްޔަތު ކުރަން ދޫކޮށްލުމުންނެވެ.
އޭނާގެ އެއް ޕޯސްޓެއްގައި އޭނާ ވަނީ އުމުރުން 6 އަހަރުގެ ކުއްޖެއްގެ ގޮތުގައި ރޭޕް ކުރިކަން ހާމަކޮށްފައެވެ.
ޓިކްޓޮކްގެ އެއް ޕޯސްޓެއްގައި އުމުރުން 23 އަހަރުގެ ޓުސާ ހިއްސާކޮށްފައި ވަނީ އޭނާގެ ރަށުގެ އެއްވެސް މީހަކު ލޯފަން އަދި ބީރު ކުދިން ބަލަހައްޓަން ތައްޔާރަށް ނެތުމުން ބްރޭލް އާއި އިޝާރާތް ބަސް ދަސްކުރުމަށް ކޮމިޓްވާ ގޮތެވެ.
"ދިރިއުޅުން ޑިމާންޑް ކުރަނީ އިޖުތިމާއީ ސަޕޯޓް، ނަސީބަކުން އަހަރެންގެ ރައްޓެއްސަކު ހުރި ކައުންސެލަރެއްގެ ގޮތުގައި މަސައްކަތް ކުރާ. އަހަރެން މަހަކު އެއްފަހަރު އޭނައަށް ޒިޔާރަތް ކުރަނީ އަހަރެންގެ ކުދިން ތަރުބިއްޔަތު ކުރެވޭ ވަރަށް ދުޅަހެޔޮ ސިއްހަތެއްގައި ހުރެގެން ކުދިންނާ ރަނގަޅު ގުޅުންތަކެއް ގާއިމް ކުރެވޭނެ ގޮތަކަށެވެ. އިޓްސް އިންކްރެޑިބަލް ހޯ މޫޗް ސަޕޯޓް އައި ހޭވް،" ޓުސާ ބުންޏެވެ.

މިހާރު ތިން ކޮޓަރީގެ ގެއެއްގައި ދިރިއުޅޭ ކުދިންނަށް ގެއެއް އެޅުމަށް ބިން ގަތުމުގެ މަގުސަދު ޓުސާ ވަނީ ހާސިލްކޮށްފަ އެވެ.
ޝުކުރު އަދާކުރަމުން ބުނީ އޭނާގެ "ގޯ ފަންޑް މީ ޕޭޖަށް" ހަދިޔާ ނުކުރިނަމަ އޭނާ އާއި ދަރިން މަގުމަތީގައި އުޅެން ޖެހުނީސް ކަމަށެވެ..
އުފަންދުވަސްތަކަކީ ވަރަށް ގިނަ ބަޔަކަށް ހާއްސަ ދުވަސްވަރެއް ކަމަށާއި ތިބާގެ އުފަންދުވަސް ހަނދާން ނައްތާލާކަށް އެއްވެސް މީހަކު ބޭނުމެއް ނުވާނެ ނޫންހެއްޔެވެ، އެހެންވީމަ 34 ކުދިންނަށް ވެސް އުފަންދުވަހެއް ފާހަގަ ކުރެވެ އެވެ. ޓިކްޓޮކްގައި މީހަކު ކުދިންގެ އުފަންދުވަސް އެނގުނީ ކިހިނެއްތޯ ސުވާލު ކުރުމުން ޖަވާބު ދިނީ "އަހަރެމެންގެ އަތުގައި ނަމާއި އުފަންދުވަހުގެ ފޮތެއް އެބައޮތް" ކަމަށެވެ.
މުންޚޮންދްޔާގެ ދުވަސްތައް ބަހާލަނީ ޕްރޮގްރާމްގައި ހިމެނޭ ކުދިންގެ ބޭނުންތަކަށް ބަހާލައިގެންނެވެ. ހޯމަ ދުވަހު ކިޔަވައިދެނީ އޭނާގެ ރަށުގައި 80 ދަރިވަރުން ތިބި ޕްރީސްކޫލްގަ އެވެ.
އަންގާރަ ދުވަހު އޭނާ ކުރިއަށް ގެންދަނީ ސެކަންޑަރީ ސްކޫލުގައި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނާ އެކު؛ ބުދަ ދުވަހު ހާއްސަ އެހީއަށް ބޭނުންވާ ސްކޫލުގައި؛ އަދި ބުރާސްފަތި ދުވަހު މިއުޒިކް ޕްރޮގްރާމްގައި އެހީތެރިވެދެއެވެ.
ހުކުރު ދުވަހު ޒުވާން މައިންނަށް ކުރިމަތިވާ ގޮންޖެހުންތަކުން އެންމެ ރަނގަޅަށް ދަތުރުކުރެވޭނެ ގޮތް ދަސްކޮށްދިނުމުގައި އެހީތެރިވެދެ އެވެ.
"އަދިވެސް ބޭނުން ޖެހިއްޖެ ނަމަ އިތުރު ކުދިން އެޑޮޕްޓް ކުރާނަން،" ޓުސާ މުންހޮންދްޔާ ބުންޏެވެ. ޓިކްޓޮކްގައި ޓުސާއާއި އޭނާގެ "ޔާނާ" ދަރިންނަކީ މިހާރު މަޝްހޫރު ބައެކެވެ.

