ތިމާ ކެހި ކަނޑުލެއްގެ ހިތި ފިލުވަން ޖެހޭނީ ހަމަ ތިމާ

މިއީ ހަގު އަނބި ގެއަށް ގެންގޮސް، ދޮށީ އަނބި ނިކަމެތިކޮށް އަޅަކަށް ހެދި ފިރިއަކަށް ޖެހުނު ނިކަމެތި ހާލުގެ ވާހަކައެކެވެ. ތިމާއަށްޓަކައި ކެތްތެރިކަމުގެ ތަށިން ބޮއިގެން މޮޅިން މޮޅި ސާލު ލައިގެން އިންނައިރުވެސް ކޫސްވެސް ޖަހާނުލާ އަނބިމީހާއަށް ނިކަމެތިކޮށް ހަދާލަން ހަމަ އެއްވެސް އެއްޗެއް އެހިލަ ހިތަކަށް ނާރަ އެވެ.
