މާލޭސިޓީގައި ގިޔާސުއްދީން ސުކޫލު ކައިރީގައި މާރާމާރީއެއް ހިންގައި ވަޅިއަކުން މީހަކަށް ހަމަލަދީ ޒަަހަމް ކޮށްފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި މާރާމާރީއެއް ހިންގިކަމުގެ ރިޕޯޓު ލިބުނީ މިއަދު ހަވީރު 04:42 ހާ އިރެވެ.
ތޫނު ހަތިޔާރު ބޭނުން ކޮށްގެން މާރާމާރީއެއް ހިންގާފައިވާ ކަމަށް އެނގިފައި ވިޔަސް ހަމަލައިގެ ސަބަބުން އެމީހާ އަށް ލިބުނު އަނިޔާއާ ބެހޭ މައުލޫމާތެއް އަދި ނުލިބެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި ތޫނު އެއްޗަކުން ހަމަލާ ދީފައި ވަނީ އެމީހާގެ ބުރަކަށްޓަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާ އައިޖީއެމް ހޮސްޕިޓަަލަށް ގެންގޮސްފައިވާ ކަމަށާއި ހާދިސާއާ ގުޅޭ މައުލޫމާތު ސާފުކުރުމަށްފަހު މީޑިޔާ އާ ހިއްސާ ކުރާނެ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރު ކޮށްފައެއް ނުވެއެވެ.
ދާދިފަހުން މިނިމުނު ހަފުތާ ތެރޭގައި ވެސް މާލެސިޓީގައި ވަނީ މާރަމާރީއެއް ހިންގައި، މީހަކަށް ހަމަލަދީ ޒަހަމް ކޮށްފަ އެވެ.

