ދ ކުޑަހުވަދޫއަށް އުފަން އަހުމަދު ތައުފީގު ގެ މިއަދުގެ ހާލަތާ މެދު ސަހަރޯ ހީވެފައި ތިބި އޭނާގެ އާއިލާއިން ހެޔޮއެދޭ މީހުންގެ ދީލަތި އެހީއަކަށް މިއަދު ވަނީ ބޭނުން ވެފައެވެ. އާއިލާއެއްގެ 3 ވަނަ ދަރިފުޅަށްވެފައި، އަނބިމީހާ އާއެކު ގޭގައި އާއިލާއާއެކު މީގެ އަހަރެއްހާ ދުވަސް ކުރިން، އަމިއްލައަށް މަސައްކަތްކޮށްގެން އާމްދަނީ ހޯދައިގެން އުޅުނު އަހުމަދު ތައުފީގު މިއަދު އެއިން ގޮތަށް ބަލި އެނދެއްގައި އިންނަން ޖެހުނީ ކޮން ކަމެއް ދިމާވެގެން ކީއްވެގެންބާވައެވެ.
“ނުފިލާ ހުމެއް ހުންނަން ފެށީ. އޭރު މަސައްކަތުވެސް ދާނެ. އެކަމަކު އެގޮތަށް ހުން ނުފިލާ އަނެއްކާ އޮކްސިޖަން ނުހިފެހެއްޓޭ. ދެން މާލެ ގެންދިޔައީ.” އަހުމަދުގެ އާއިލާއިން ކިޔައިދިނީ އަހުމަދަށް ދިމާވި މިހިތްދަތި ގޮތުގެ ފެށުން އައި ގޮތުގެ ވާހަކައެވެ.
މާލެ ގެނެސް ޑޮކްޓަރަށް ދެއްކުމުން ލިބުނު ހިތާމަވެރި ހަބަރަކީ އަހުމަދަށް ނިއުމޯނިޔާ ޖެހިފައިވާ ކަމެވެ. އަދި ހަކުރުބަލީގެ ސަބަބަުން ކިޑުނީގެ މަސައްކަތް ވެސް ހުރީ ދަށްވެފައެވެ.
މީގެ 12 އަހަރު ކުރިއްސުރެ އަހުމަދަކީ ހަކުރުބަލީގެ1 އަށް ޕޮޒިޓިވް ވުމުގެ ސަބަބުން ބަރާބަރަށް އިންސިއުލިން ބޭނުންކުރަން ޖެހޭ މީހެކެވެ. އެހެންނަމަވެސް އަހުމަދުގެ ހަކުރު ކޮންޓްރޯލު ނުވަމުން ނުވަމުން އައިސް 2020 އަދި 20021ވަނަ އަހަރު ފައިގެ 2 އޮޕަރެޝަނެއް ވެސް ވަނީ ކޮށްފައެެވެ.
2022 ވަހަ އަހަރު އެކި ފަހަރިމަތިން ޑޮޖްޓަރަށް ދެއްކުމުން އަހުމަދުގެ ހަށިގަނޑުން ފެން ބޭރުނުވެ ހުންނަކަން ވަނީ ފާހަގަ ވެފައެވެ. ބޭސްވެސް ދެވުނެވެ. ހަކުރު ކޮންޓްރޯ ނުވުމުގެ ސަބަބުން ލޮލުގެ މައްސަލަތައްވެސް ދިމާވާން ފެށިއެވެ. އެންމެފަހުން 2022ގައި އި9ންޑިޔާއިން އަހުމަދު ވަނީ ލޮލުގެ އޮޕަރޭޝަނެއްވެސް ކޮށްފައެވެ. އޭގެ ފަހުން ދެން މި ވާން ފެށި ގޮތަކުން ޑޮކްޓަރަށް ދެއްކުމުން ލިބުނު ހަބަރުވެސް އެހާ ހިތާމަވެރިއެވެ.
ނިއުމޯނިޔާޖެހިފައި ވާއިރު ކިޑުނީ ފަންކްޝަން އެހާ ދަށް ވާހަކައެވެ.
މިވަގުތު ހަށިގަނޑުން ފެން ބޭރު ކުރުމާއި ކިޑުނީ ފެއިލް ވިޔަ ނުދިނުމަށް ޑައިލަސިސް ހަދަމުންދާ ކަމަށް އަހުމަދު ބުންޏެވެ. އަދި ލޮލުގެ 2 ވަނަ އޮޕަރޭޝަން ފުރުމުގެ ތައްޔާރީތައް ވަމުންދާ ވާހަކަވެސް ބުނުމަށްފަހު އަހުމަދުގެ އާއިލާއިން ބުނީ އެފަދަ މާލީ ތަނަވަސްކަމެއް ނެތުމުން އަހުމަދުގެ ބޭސްފަރުވާއަށް ދީލަތި ފަރާތްތަކުގެ އެހީ އަށް އެދޭ ވާހަކައެވެ. އެންސްޕާއިންނާ އާސަންދައިން ލިބޭ އެހީއަށް އިތުރު އެހީ ލިބި ފުރޭ ގޮތްވިހާ އަވަހަށް އެމީހުން އަހުމަދު ގޮވައިގެން ފުރާނެކަމަށެވެ.
“ވީހާވެސް އަވަހަށް ކިޑުނީ ޓްރާންސްޕްލާންޓަށް ހެދުމަށް ޑޮކްޓަރުން ވަނީ އަންގާފައި.”
އަހުމަދުގެ ކިޑްނީގެ ޓްރާންސްޕްލާންޓަށް އެހީއެއް ވެދެއްވަން ބޭނުން ވާ ފަރާތްތަކުން 9762659، ނުވަތަ 9144222 އަށް ގުޅުމަށް އާއިލާއިން ވަނީ އެދިފައެވެ.

