ބޭސްފަރުވާ އަކަށް، ރާއްޖެއިން ބޭރަށް ގޮސްގެން އުޅުނު ދިވެހި ޒުވާނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ގެއްލިގެން ހޯދަމުންދާ ކ. ތުލުސްދޫ/ ފަރިޝްތާ، 35އަހަރުގެ މުހައްމަދު މަހުދީ، ގެ އާއިލާއިން މައުލޫމާތު ލިބިފައިވާ ގޮތުގައި މިއަދު އިންޑިޔާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލަށް މަހުދީ ދިޔައީ ޑޮކްޓަރަށް ދެއްކުމަށެވެ. ނަފުސާނީ ބައްޔެއް ކަމަށްވާ ބައިޕޯލާ ޑިސްއޯޑާ ހުންނަ މީހެއްކަމަށްވާތީ ޑޮކްޓަރަށް ދައްކަން ދިޔަ ނަމަވެސް ހޮސްޕިޓަލަށް ގެންދިއުމުން ޑޮކްޓަރަށް ދެއްކުމާ ދެކޮޅު ހަދާފައި މަހުދީ ހޮސްޕިޓަލުން ބޭރަށް ދުއްވައި ގަތީއެެވެ. އޭރުއްސުރެ މަހުދީ ވަނީ އަދި ވެސް ނުފެނިފައެވެ.
މަހުދީ ގެއްލުނު މައްސަލަ އިންޑިއާގެ ފުލުހުންނަށް ހުށަހަޅައި އަދި އެކަން ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސަަމާލުކަމަށްވެސް ވަނީ ގެނެސްފަ އެވެ. މަހުދީ ހޯދުމުގެ މަސައްކަތުގެ ތެރެއިން އަމްރިތާ ހޮސްޕިޓަލް ސަރަހައްދުގެ މަގުތަކުގައި ހުރި ސީސީޓީވީ ކެމެރާތައް ބެލި ނަމަވެސް، ފެނިފައިނުވާ ކަމަށް ބުންޏެވެ.

