ކެންސަރު ބަލީގެ ޝިކާރައަކަށްވެ، އެބަލީގެ ވޭން އުފުލަމުންދާ، ގދ މަޑަވެލލި/ ދުނި މުހައްމަދު އަލީ، އެންމެން ދަންނަ އާންމު ނަމުންނަމަ އަސްލަމް ނޫނީ އަސްލަމްބެ މި ވަގުތު ދަނީ އިންޑިޔާގެ ކޮޗިންގައި ހުންނަ އަމްރިތާ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ. އެހެންނަމަވެސް އާއިލާގެ މާލީ ހާލަތު ހުރި ގޮތުން ފަރުވާ ކުރިއަށް ގެންދިއުމުގައި ދަތިތައް ދަނީ ކުރިމަތިވަމުންނެވެ.
އެހެންކަމުން އަސްލަމްބެގެ ފަރުވާއަށް އެންމެހައި ހެޔޮއެދޭ ފަރާތްތަކުން ދީލަތި އެހީ ފޯރުކޮށްދެއްވުމަށް އާއިލާއިން ނުހަނު ބޮޑަށް އިލްތިމާސްކުރެއެވެ. އަސްލަމްބެއަށް އެހީތެރިކަމެއް ފޯރުކޮށްްދެއްވަން ބޭނުންވާ ފަރާތްތަކުން:
USD ACC: 7710472461102 އިސްމާއީލް މުހައްމަދު
MVR ACC: 7710410021102 މުހައްމަދު އަލީ
އަދި އިތުރު މައުލޫމާތު ބޭނުންވާނަމަ 7915199 (އިންޑިޔާގައި ހުރުމުން ގުޅޭނީ ވައިބާރ، ނޫނީ ވަޓްސްއަޕް އިންނެވެ.)

