ކަންފަތް ބީރު މީހުންނާއި މަންމަނު މީހުން ގުރުއާނުގެ އާޔަތްތައް ކިޔަވާ، އެކިގޮތްގޮތަށް ކަނދުރާއާއި ބޮލަށް ހަރަކާތް ގެނުވައިގެން، ރަނގަޅު ކުރާ ކަމަށް ނަން މަޝްހޫރު އިރާގުގެ ޑޮކްޓަރަކު ރާއްޖޭގައި މީހުންނަށް ފަރުވާކުރި ކަމަށް ބުނާ މައްސަލަ ހެލްތު މިނިސްޓްރީގެ ސަމާލު ކަމަށް އައިސް އޭނާއާ ބެހޭ ގޮތުން ބަލަމުންދާ ކަމަށް ހާމަކޮށްފިއެވެ.
ޑޮކްޓަރ މާލާ އަލީ މަހުމޫދަކީ ދުނިޔޭގެ އެކި ހިސާބުތަކުން ފެށިގެންވެސް މަޝްހޫރު މީހެކެވެ. އޭނާާގެ ވީޑިޔޯތަކާއި އޭނާއަށް ފޮލޯ ކުރާ މީހުން އަދި އޭނާއާ ބައްދަލުވެ އަޖުމަ ބަލައި ތަޖުރިބާ ކުރެވިފައިވާ މީހުން ބުނާ ގޮތުގައި ކީރިތި ގުރުއާނުގެ އާޔަތްތައް ކިޔަވައިގެން އޭނާ ކުރާ ކަމަކީ ސިކުނޑި ގަބޫލު ނުކުރާ ވަރުގެ އަޖައިބެއް ނޫނީ ސިހުރެއްވެސް ނޫނެވެ. މިފަދައިން އެތައް ކޮމެންޓަކާއި އެތައް ތައުރީފެއް ލިބި، އޭނާގެ ވީޑިޔޯތައްވެސް ސޯޝަލްމީޑިޔާގައި ފެންނަން ހުއްޓަސް އޭނާގެ މާބޮޑު ހަގީގަތެއްް އެނގޭކަށް ނޯވެއެވެ.
ޖެނުއަރީ 29 ވަނަ ދުވަހު ޓޫރިސްޓު ވިސާގައި ރާއްޖެ އައިސް ފައިބާ ހުރި ރަށެއްގައި އުމުރުން 10 ވަރަކަށް އަަހަރުގެ ކުއްޖަކު އެއާއިލާ އެންމެންގެ ކުރިމަތީގައި ރަނގަޅު ކުރި ކަމަށް ބުނާ ވީޑިޔޯއެއް ވަނީ ސޯޝަލްމީޑިޔާއަށް ލާފަައެވެ. ހަގީގަތެއް ނޭނގުނަސް އޭޭނާާވަނީ އެތައް ކުދިން ރަނގަޅުކޮށްދިން ކަމަށް ބުނެފައެވެ.
ކަމަކީ ކުދިންތަކެއް ރަނގަޅު ކުރުމާ ރަނގަޅުނުކުރެވިމާ ގުޅުން ހުރި ކަމެއް ނޫނެވެ. ހެލްތު މިނިސްޓްރީން މިއީ މައްސަލައެއް ކަމަށް ބުނެފައި ވާ ސަބަބަކީ މިނިސްޓަރީއަށް މިިއިން އެއްވެސް ކަމެއް އެނގިފައި ނުވުމެވެ. އަދި މިފަަދަ ފަރުވާއެއް ދެވޭނީ ހުއްދަ ހޯދައިގެން ކަމަށްވީއިރު އޭނާގެ އެފަދަ އެއްވެސް ކަމެއްގެ ހަބަރެއް މިނިސްޓަރީއަށް ލިބިފައި ނުވާތީ މިނިސްޓަރީ އިން އެކަމާ ކަންބޮޑުވުން ފާާޅުކޮށްފައެވެ.
އެންމެ ރަނގަޅު ފެންވަރުގެ ހަދިޔާއާއި ފައިސާވެސް ދީގެން މާލާގެ “ފަރުވާ” ލިބިގަތް އާއިލާތަކާއި ރަށްތަކުގެ މައުލޫމާތު ހޯދައި އެކަންތައް ބަލަމުންދާކަމަށް ހެލްތުމިނިސްޓަރީ އިން ވަނީ ބުނެފައެވެ.
މާލާއާ މެދު ސަމާލުވުމަށް އަލްއަޚް އަލީ ރަމީޒާއި އަދިވެސް އެހެންވެސް ބައެއް ދީނީ އިލްމުވެރިން ވަނީ ގޮވާލާފައެވެ. މަކަރު ހަދާ ކަމަށް ބުނެ ސައުދީ އަރަބިއްޔާއިން ވެސް އޭނާ ވަނީ މީގެ ކުރިން ޑީޕޯޓް ކޮށްފަ އެވެ. އަދި ބައެއް ފަރާތްތަކުން އެއީ ސިހުރުހަދާ މީހެއްކަމަށް ވެސް ބުނެފައިވެއެވެ.

