ގދ ފަރެސްމާތޮޑާ އެއާޕޯޓުގައި ވަޒީފާ އަދާ ކުރުމަށް ގިނަ ފުރުސަތުތަކެއް އިއުލާން ކޮށްފި އެވެ.
ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑުން މިއަދު ކޮށްފައިވާ މި އިއުލާނުގައި އެ އެއާޕޯޓަށް 15 ދާއިރާ އަކުން، 45 މުވައްޒަފުންގެ މަގާމު އޮތީ ހުޅުވާލެވިފަ އެވެ.
މުވަައްޒަފުން ހޯދަން އިއުލާން ކޮށްފައިވާ ދާއިރާ ތަކަކީ:
- އެއާޕޯޓު މެނޭޖަރު
- އޮޕަރޭޝަންސް އޮފިސަރުން
- އެޑްމިނިސްޓްރޭޓިވް އޮފިސަރުން
- އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރެއް
- ގާޑެނާ
- ކްލީނިން އެންޑް ގާޑެނިން އެޖެންޓް
- ކްލީނިން އެންޑް ގާޑެނިން ސުޕަވައިޒާ
- ޓެކްނީޝަން/ މެއިންޓެއިނެންސް އޮފިސާ
- ޓެކްނީޝަން/ މެއިންޓެއިނެންސް އެޖެންޓް
- ސެކިއުރިޓީ އެޖެންޓް
- އެއާޕޯޓް ހޭންޑްސް
- ލީޑިން ފަޔާމެން
- ޖޫނިއާ ފަޔާފައިޓާ
- ފަޔާފައިޓާ ޓްރެއިނީ
- އީއެމްޓީ ފަޔާފައިޓާ ޓްރެއިނީ
މީގެ ކުރިން އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެފައި ވާ ގޮތުގައި ފަރެސްމާތޮޑާ އެއާޕޯޓް ތަރައްޤީ ކުރުމުގެ މަޝްރޫއު، ކުރިއަށް މިދާާ ފެބްރުއަރީ މަހުގެ ނިޔަލަށް މުޅީން އެއްކޮށް ނިންމާލެވޭނެ ކަމަށެވެ. މިހާރު ކުރިއަށް ދަނީ އެއާޕޯޓުގެ އެންމެފަހުގެ މަސައްކަތްތައް ކަމަށްވެސް އާދަމް އާޒިމް ވަނީ ވިދާޅުވެފަ އެވެ.
މި މަޝްރޫއުގެ ދަށުން އެ އެއާޕޯޓްގައި 1200 މީޓަރުގެ ރަންވޭއަކާއި ޓާމިނަލް އިމާރާތެއް ކުރެވި، އެއާޕޯޓަށް ބޭނުންވާ އިތުރު ވަސީލަތްތައް ގާއިމް ކުރެވިގެންދާނެ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މި އެއާޕޯޓްގެ ބިން ހިއްކުމުގެ މަސައްކަތް އެންމެ ފުރަތަމަ ހަވާލުކުރީ ގަލްފް ކޮބްލާ ކުންފުންޏާ 2.5 މިލިއަން ޑޮލަރަށެވެ.2019 ވަނަ އަހަރު ގަލްފް ކޮބްލާ ކުންފުނީގެ އަތުން އެ މަަސައްކަތް ނެގުމަށް ފަހު ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.
މިއީ ސަރުކާރުގެ ބަޖެޓުން 144 މިލިއަން ރުފިޔާގެ ހަރަދުގައި ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.

