ކޯކުގެ ބުއިންތައް ގަނެގެން ބޮނަކުއާ ފެންފުޅިއެއް ހިލޭ ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކޮކާ ކޯލާއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އުފައްދާ ކޯކް، ފެންޓާ އަދި ސްޕްރައިޓްގެ 1.25 އަދި ދެ ލީޓަރުގެ ފުޅި އާއެކު ހިލޭ ބޮނަކުއާ ފެންފުޅިއެއް ލިބޭ ގޮތަށް ކުރިއަށް ގެންދާ މި ޕްރޮމޯޝަނަކީ ހޫނުގަދަ ދުވަސްތަކުގައި ކަރުހިއްކުން ފިލުވާލުމަށް އާންމުންނަށް ހިތްވަރުދިނުމުގެ ގޮތުން ފެށި ޚާއްސަ ޕްރޮމޯޝަނެކެވެ.އެ ކުންފުނިން ބުނެފައި ވަނީ ކޮކާ-ކޯލާ އިން ކަސްޓަމަރުންނަށް ފޯރުކޮށްދެނީ އެންމެ ފެންވަރު ރަނގަޅު ބުއިންތައް ކަމަށާއި ބޭނުމަކީ ހަމައެކަނި ކަރުހިއްކުން ފިލުވާލުމަށް ބޯ ބުއިންތަކެއް ފޯރުކޮށްދިނުމުގެ ބަދަލުގައި ތާޒާވެ ތިބުމަށް ތަފާތު ގިނަ ވައްތަރުގެ ޗޮއިސްތައް ހޯދައި ދިނުން ކަމަށެވެ.
މި ޕްރޮމޯޝަނުގައި ކޮކާ-ކޯލާ، ކޮކާ-ކޯލާ ޒީރޯ ޝުގާ، ސްޕްރައިޓް، ފެންޓާ އޮރެންޖުގެ އިތުރުން ފެންޓާ ސްޓްރޯބެރީގެ "ޕްރޮމޯ ޕެކް" ފުޅި އާއެކު ހިލޭ ބޮނަކުއާ 1.5 ލީޓަރުގެ ފެންފުޅިއެއް ލިބެއެވެ.
މި ޕްރޮމޯޝަނުގެ ދަށުން ތައާރަފުކޮށްފައިވާ ‘ޕްރޮމޯ ޕެކް، ކޮކާ-ކޯލާ ވިއްކާ ހުރިހާ ފިހާރަތަކުންވެސް ލިބެން ހުންނާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.
ބޮނަކުއާ ފެނަކީ މިހާރު ރާއްޖޭގެ ގިނަ ބަޔަކު ބޭނުންކުރާ ފެނެކެވެ.

