މީގެ ކުޑައިރު ކޮޅެއް ކުރިން ގދ ފިޔޯރީ ރާޅާ އަޅާ ޕޮއިންޓަށް ރާޅާ އަޅަން ގޮސް އޮތް ސަފާރީއެއްގެ ލޯންޗު ބަންޑުން ޖަހާލައިފި އެވެ.
ފިޔޯރީ ކައުންސިލުން އަހުމަދު ޒިހާން "ހުވަދޫ" ނޫހަށް ދެއްވި މައުލޫމާތުގައިވާ ގޮތުން އެ ލޯންޗު މައްޗަށް ނަގައި، އޭގައި ތިބި ގެސްޓު ދެމީހަކާއި އޭގެ ފަޅުވެރިން ސަލާމަތް ކޮށްފައިވާ ކަމަށާއި، ލޯންޗުގެ ދިޔަ ހިއްކައި މިހާރު ލޯންޗު ވަނީ ސަފާރީ އާ ހަވާލުވެސް ކޮށްފަ އެވެ.
ހާދިސާގައި ދިވެއްސެއްގެ އަތް ބިންދައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި މިހާރު އެމީހާ ގދ ތިނަދޫ ހޮސްޕިޓަަލަށް ގެންދިއުމުގެ މަސައްކަތް މިހާރު ކުރެވެމުންދާ ކަމަށްވެސް ކައުންސިލުން ވިދާޅުވިއެވެ.

ފޮޓޯ: ހިލްޓަން
މިމަސައްކަތް ކުރީ ގދ ފިޔޯރީގެ ޒުވާނުންނާއި ގދ ފިޔޯރީ ކައުންސިލާ ގުޅިގެން ކަމަށް މައުލޫމާތު ލިބިފައި ވެއެވެ.

