ރާއްޖޭގެ ޕޫލެއްގައި ފެނުގެ އަޑީގައި ދޮން ދީގެން ދުނިޔޭގެ ރެކޯޑެއް މުގުރާލައިފި އެވެ.
ފެނުގެ އަޑީގައި އެންމެ ގިނައިރު ދޮން ދީގެން މީގެ 13 އަހަރު ކުރީގެ ރެކޯޑު އޮތް އިޓަލީއަށް ނިސްބަތްވާ މިޝޭލް ފުކަރީނޯ އާއި އެލީސާ ލަޒާނީގެ ރެކޯޑު މުގުރާލައި، ދެކުނު އެފްރިކާއަށް ނިސްބަތްވާ ބެތު ނީލް އާއި އޭނާގެ ބައިވެރިޔާ މައިލްސް ކްލޯޓިއާ ދިވެހި ރާއްޖޭގައި މި ރެކޯޑް ހަދައިފިއެވެ.
ވޯލްޑް ޖީނިއަސް ރެކޯޑު ފޮތުން ޖާގަ ހޯދީ މި ދެމީހުން ރެކޯޑް މުގުރާލާފައިވަނީ ލަކްސް ސައުތު އަރި ރިސޯޓް ގައެވެ.
ކުރިން މި ރެކޯޑު ގެ ދިގުމިނަކީ ތިން މިނެޓާއި ސައުވީސް ސިކުންތެވެ. ރިސޯޓްގެ ޕޫލެއްގެ އަޑީގައި ހެދި އާ ރެކޯޑު ގެ ދިގު މިނަކީ ހަތަރު މިނެޓާއި ހަ ސިކުންތެވެ.
މި ރެކޯޑް ރާއްޖޭގައި ގާއިމުކުރީތީ ގިނިސް ވޯލްޑް ރެކޯޑްސްގެ އެޖިއުޑިކޭޓަރަކު ވަނީ އިންޑިއާއިން ރާއްޖެ އައިސް އެ ރެކޯޑް ވެލިޑޭޓްކޮށް ރެކޯޑް ސެޓިފިކެޓް އެ ދެމީހުންނާއި ލަކްސް ރިސޯޓްގައި ހަވާލުކޮށްފަ އެވެ.

