ދިވެހި ބޭސްވެރިކަމުގައި ހުޅުހުޅުގައި ރިއްސުމަށާއި، ހުޅު ދުޅަވުމަށް ފަރުވާން ދޭންވީގޮތް ބުނެދީފައިވެއެވެ. އެގޮތުން ފާހަގަ ކޮށްލެވެނީ 2 ބޭހެކެވެ.ކަރާމުއި އަދި އަކަރަކަރާ ތެލެވެ. މި 2 ބޭހަކީވެސް އަމިއްލައަށް ތައްޔާރު ކުރެވޭނެ 2 ބޭހެވެ. ތިރީގައި ތައްޔާރު ކުރާނޭ ގޮތް ކިޔައިދީފައި ވާނެއެވެ.
- ހުޅުގައި ރިއްސުން
ހުޅުގައި ރިއްސާނަމަ އެންމެ ރަނގަޅީ ކަރާމުއި އެވެ. މިބޭހަކީ ރާއްޖެބައްޔަށް، އައްސިވުމަށް އަދި ބުރަކަށީގެ ރިހުމަށް ވެސް ބޭނުން ކުރެވިދާނެ ބޭހެކެވެ. ބޭސް ތައްޔާރު ކުރުމަށްފަހު 1 ހަފްތާ ވަންދެން ހަލާކުނުވެ ހުންނާނެ އެވެ.
ބޭނުންވާ ތަކެތި: - 10 ގްރާމް އަކަރަކަރާ.
- 600 އެމް.އެލް ވާރޭ ފެން.
- 180 އެމް.އެލް މާމުއި.
ތައްޔާރު ކުރާނެ ގޮތް:
• އަކަރަކަރާ ކުދިކުދިކޮށް ތަޅާ ހިމުންކޮށް މުގުރައިގެން ފެނަށް އަޅާ.
• 1/3 ހިދެންދެން ކައްކާ.
• ފޮތިކޮޅަކުން ފުރާނައި ދިޔަ ހުސްވަންދެން ބޮޑިގަޑު ފެލާލާ.
• މާމުއި އަޅައިގެން ކައްކައި ބޮކި ޖަހާ ކެކެން ފެށީމާ ރަނގަޅަށް ހަލާ އެއްކޮށްލާ.
• 3 މިނެޓެއްހާއިރު ކައްކައި ގަރު ނެގުމަށްފަހު ބާލާ.
ބޭނުންކުރަންވީ ގޮތް:
3 އިރު އިރަކު 2 ސައިސަމުސާ، 1 ހަފްތާ އިން ފެށިގެން 3 ހަފްތާ އާއި ދެމެދުގެ މުއްދަތަކަށް މެދުނުކެޑި ބޭނުން ކުރެވިދާނެއެވެ.

ހުޅު ދުޅަވުން
ހުޅު ދުޅަވުމަށްވެސް ކަރާމުއި ބޭނުން ކުރެވެދިނާއެވެ. މީގެ އިތުރުން ބޭނުން ކުރެވޭނެ ބޭހަކީ އަކަރަކަރާތެލެވެ.
އަކަރަކަރާތެލަކީ ތައްޔާރުކޮށްފައި ދިގު މުއްދަތަކަށް ބެހެއްޓިދާނެ ތެލެކެވެ. މި ތެލަކީ ރާއްޖެ ބައްޔަށާއި، ތުރުތުރު އެޅުމާއި އަކުނިވަޔަށް ދެމުންފަދަ ބަލިތަކަށް ވެސް ބޭނުންކުރެވިދާނެ ތެލެކެވެ.
ބޭނުންވާ ތަކެތި:
30 ގްރާމް އަކަރަކަރާ
600 އެމް.އެލް ވާރޭ ފެން
600 އެމް.އެލް ޒައިތޫނިތެޔޮ
ތައްޔާރު ކުރާނެ ގޮތް:
• އަކަރަކަރާ ކުދިކުދިކޮށް ކޮށައި ބުރިބުރިކޮށް ތަޅައި ފެނަށް އަޅާ.
• ½ ހިދެންދެން ކައްކާ. ފޮތިކޮޅަކުން ފުރާނާ.
• ބޮޑިގަޑު ރަގަޅަށް ފެލާލުމަށްފަހު ތެޔޮ އަޅައިގެން ފެން ހިދެންދެން ކައްކާ.
ބޭނުންކުރަންވީ ގޮތް:
ރެއާ ދުވާލު 1 ފަހަރު ނުވަތަ 2 ފަހަރު އުނގުޅާށެވެ.
ނޯޓު: މައުލޫމާތު ނަގައިފައިވަނީ އަޙްމަދު ޞާލިޙް ޙުސެއިން ލިޔުއްވި "ދިވެހި ބޭސްވެރިންގެ އަތްމަތީ ފޮތް" މިފޮތުންނެވެ.

