ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލް ގެ ގްރޭޑް 8 އަދި 9 ގެ ދަރިވަރުންގެ ފަންޑަކުން 50000 ރުފިޔާ ގެ އެހީ ތުރުކީ އާއި ސީރިއާއަށް އެހީގެ ގޮތުގައި ހަދިޔާ ކޮއްފިއެވެ.
ތުރުކީ އާއި ސީރިއާއަށް އާއި ބިންހެލުމުގައި ޙާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް މަސައްކަތް ކުރާ އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން ޖަމިއްޔާ އާއި މެދުވެރިކޮށް މިއަދު ސްކޫލްގައި ބޭއްވި އެސެމްބްލީގައި އެ ދަރިވަރުން ދިން އެހީ އަކީ ގިޔާސުއްދީން ސްކޫލް ގެ ދަރިވަރުން 2019 އިން 2020 އަށް ކުރިޔަށް ގެންދިޔަ އޭބީއީ ފެއަރ އިން ލިބުނު ފައިސާއެވެ.

ގިޔާސުއްދީނު ސުކޫލުގެ ދަރިވަރުން ފެއާރގެ ތެރެއިން
މިމަހުގެ ކުރީ ކޮޅު ތުރުކީއާއި ސީރިއާ ބޯޑަރު ސަރަހައްދަށް އައި ބިންހެލުމުގައި ދެގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ، އެތައް ބައެއްގެ ގެދޮރު ގެއްލި ވަނީ ހާލުގައި ޖެހިފައެވެ.


