ކޯވިޑުގެ ޙާލާތާ ގުޅިގެން ކަނޑާލި އިނާޔަތްތައް ޢިއާދަކުރުމާއެކު އަންނަ މާޗް މަހުން ފެށިގެން އައިލެންޑް އެވިއޭޝަންގެ މުވައްޒަފުންގެ މުސާރަ ބޮޑުވާނެކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ރޭ ބޭއްވި އައިލެންޑް އެވިއޭޝަންގެ ސްޓާފް ނައިޓްގައި އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު މިހާދު ވަނީ މިކަން ހާމަކުރައްވާފައެވެ. އޭނާވަނީ މި ވޭތުވެދިޔަ ދުވަސްތަކުގައި އެކުންފުންޏަށް ލިބިފައިވާ ކާމިޔާބީއާއި ކުރިއެރުންގަކުގެ މައްޗަށް ބައްލަވާލައްވާފައެވެ.
އެއާއެކު އަންނަ މާޗްމަހުން ފެށިގެން މުވައްޒަފުންގެ އަސާސީ މުސާރައަށް ހެޔޮ ބަދަލެއް އަންނާނެކަން ވަނީ ހާމަކުރައްވާފައެވެ. އެކުންފުނީގެ މުވައްޒަފުންގެ ޓިކެޓަށް ދައްކާ ފިއުލް ޗަރޖް މާޗްމަހުގެ 1 އިން ފެށިގެން ކަނޑާލަންވަނީ ނިންމާފައިކަމަށާ، އަދި މާޗްމަހުގެ 1 ވަނަ ދުވަހުން ފެށިގެން މުވައްޒަފުންގެ މުސާރައަށްވެސް ހެޔޮ ބަދަލެއް ގެނައުމަށް ކުންފުނިން ވަނީ ނިންމާފައިކަން މިދާހު ފާހަގަކުރެއްވިއެވެ.
ރޭ ބޭއްވި އައިލެންޑް އޭވިއޭޝަންގެ ސްޓާފް ނައިޓްގައިވަނީ ދިގު މުއްދަތަކަށް ޚިދުމަތް ކުރި މުވައްޒަފުންގެ އަގު ވަޒަންކޮށް އެވޯޑާއި ހަނދާނީ ލިޔުން ދީފައެވެ. އައިލޭންޑް އޭވިއޭޝަންގައި 1300 އަށްވުރެ ގިނަ މުވައްޒަފުން އަންނަނީ ޚިދުމަތް ދެމުންނެވެ.

