ޖީއެސްޓީ އަށް ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކުން އަންނަ އޭޕްރީލް މަހުގެ 18 ވަނަ ދުވަހުގެ މެންދުރު 12 އިން ފެށިގެން ޕްލާސްޓިކް ކޮތަޅުން ޓެކްސް ނަގަންފަށާނެއެވެ.
މީރާއިން ޝާއިއުކޮށްފައިވާ ލިއުމުގައި ބުނެފައިވަނީ ޕޮއިންޓު އޮފް ސޭލްގައި ވިއްކާ ކޮތަޅުން، ފީ ނަގަން ލާޒިމު ވަނީ މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގަވާއިދުގެ ދަށުން ކޮތަޅުން ޖީއެސްޓީ ލާޒިމު ވަގުތުގައި ކަމަށެވެ.
މީރާ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވާ ގޮތުން، ޖީއެސްޓީ ނުނަގާ ތަކެއްޗަށާއި ހިދުމަތްތައް ދިނުމުގައި ވެސް ބޭނުން ކުރާ ކޮތަޅުތަކުން ކަނޑައެޅިފައިވާ ފީ ނަގާނެ ކަމަށާއި ވިޔަފާރިތަކުން ފޯރުކޮށްދޭ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް ފީއެއްގެ ގޮތުގައި 2 ރުފިޔާ ނަގަން ވާނެ ކަމަށެވެ. އަދި ކަސްޓަމަރުންގެ އަތުން އެ ފީ ނެގުމަކީ ޖީއެސްޓީއަށް ރެޖިސްޓަރ ކޮށްފައިވާ ފަރާތްތަކުގެ ޒިންމާއެއް ކަމަށް ވެސް މީރާގެ ބަޔާނުގައި ބުނެފައި ވެއެވެ.

