މިއީ އައިޖީއެމްއެޗުގައި މިދިޔަ އަހަރު ހިނގި ހާދިސާއެކެވެ. ސިޒޭރިއަނަކަށްފަހު ބަލިމީހާ އުުލަން ޖެހުނު ބިރުވެރި ވޭނާއި މަރާއި ދިރިހުރުމާ ދެމެދު ތެޅިފޮޅުމަށްފަހު، އަދިވެސް ދުނިޔޭގެ ހަމައަށް ނައިސް ހާލުދެރަވެފައި އޮތް ބަލިމީހެއްގެ އާއިލާއިން ކުރުގޮތަކަށް ވަގުތު ނޫހަށް ކިޔައިދީ އެހީއަށް އެދި ކޮށްފައިވާ އިލްތިމާސެކެވެ.
ވަގުތު ނޫހުގައި ޝާއިއު ކޮށްފައިވާ ސ.ހިތަދޫ ވަށަގުލިމާގޭ ފާތިމަތު ޝިފާގެ ހާލަތަށް އެހީވާން އޭނާގެ އާއިލާއިން މިގޮވާލި ގޮވާލުމަށް އިޖާބަދިނުމަށް، އެފަދަ އެހީތެރިކަމެއް ފޯރުކޮށްދެވެން ހުރި ފަރާތްތަކުން އެފަރާތަަށް އެހީވުމަށް އާއިލާއިން އިލްތިމާސް ކުރެއެވެ. ވޭތުވެ ދިޔަ 2022 ގެ އޮކްޓޯބަރު މަހުގެ ކުރިން ޝިފާއަކީ އުފާވެރި ހިނިތުންވުންތަކަކާއެކު އޭނާގެ ލިބެން އުޅުނު ދަރިފުޅަށްޓަކައި އުންމީދުތައް ކުރަމުން ދިޔަ ހިމޭން މިޒާޖެއްގެ މަޑުމައިތިރި، އެހާމެ އަނެކުންނަށް ހިތްހެޔޮ އަންހެނެކެވެ. ދުވަހަކުވެސް ހުވަފެނުންވެސް އޭނާ މިފަދަ މަންޒަރެއް ނުދެކޭނެފަދައަކުން އުޅެމުން ދަނިކޮށް ހަމަ ކުއްލިއަކަށް އެދުވަހު ހަޔާތުގެ ފިނިއުފާވެރިކަން ބަންޑުންޖެހިގެން ދިޔަ ފަދަ ގޮތަކަށް ހިނގި ހާދިސާ އޭނާގެ އާއިލާއިން ވަގުތު ނޫހަށް ހިއްސާކޮށްފައިވާ ގޮތަށް ތިރީގައި މިވަނީއެވެ.

"ވަގުތު" ނޫހުގައި ހާމަކޮށްފައިވާ ގޮތުގައި ޝިފާގެ މިހާރުގެ ހާލަތަށް އޭނާ ދާން ޖެހުނު ގޮތް ކިޔައި ދެމުން ޝިފާގެ އާއިލާއިން ބުނީ މިދިޔަ އަހަރު އޮކްޓޯބަރު މަހުގެ 26 ވަނަ ދުވަހު އާދައިގެ މަތިން ޝިފާ ޗެކަޕް ހެދުމަށް އައިޖީއެމްއެޗަށް ދިޔައީ ހިނގާފައި ކަމަށެވެ. އޭރު ޝިފާގެ ބަނޑަށް ހަތް މަހެވެ. ދަރިފުޅުގެ ހާޓް ބީޓް ދަށްވުމުން ޑޮކްޓަރު އެންގީ ސިޒޭރިޔަން ހެދުމަށެވެ.

މާބަނޑު މީހާއަށް ކޮވިޑް ޖެހިފައިވާ ކަމަށް ބުނެ ސިޒޭރިޔަނަށްފަހު އާއިލާ އާއި ބައްދަލުނުކުރެއެވެ. ނަމަވެސް ދެދުވަސް ފަހުން (28 އޮކްޓޯބަރ 2022) ޝިފާ ގެޔަށް ދޫކޮށްލި ކަމަށް އާއިލާއިން ބުނެއެވެ. އެހެންކަމުން އެކަމާވެސް އާއިލާއިން ވަނީ ސުވާލު އުފައްދާފައެވެ. ސްޓްރެޗާއަކަށް ލާފައި ގެޔަށް ދޫކޮށްލިއިރު ބަލިމީހާ އެއްފަޅީގައި ވާގި ނެތެވެ. އެހެންކަމުން ސުވާލުކުރުމުން އައިޖީއެމްއެޗުން ބުނެފައިވަނީ އެއީ ސިޒޭރިޔަން ހަދާއިރު މައިބަދައަށް ޖަހާ އިންޖެކްޝަންގެ ސަބަބުން ބައެއް މީހުންނަށް ދިމާވާ ކަމެއް ކަމަށާއި ދުވަސްކޮޅަކުން ރަނގަޅުވެދާނެ ކަމަށެވެ.

ހަމަ އެދުވަހުގެ ރޭ ވަރަށް ގަދަޔަށް ބޮލުގައި ރިއްސާކަމަށާއި ސިޒޭރިޔަން ހެދި ލަކުނަށް ތަދުވާކަންވެސް ނޭނގޭ ކަމަށް ޝިފާ ބުނެފައިވެއެވެ. ބޮލުގައި ގަދަޔަށް ރިއްސާތީ ކެތް ނުކުރެވިގެން އެތައް ފަހަރެއްގެ މަތިން ހޮސްޕިޓަލަށް ދިޔުމުންވެސް ޑޮކްޓަރުން ދިނީ އެއް ޖަވާބެކެވެ.

ޝިފާގެ ބަލި ބޮޑުވަމުންދާތީ އާއިލާއިން އެދުުނީ ސީޓީ ސްކޭނެއް ހަދާށެވެ. ނަމަވެސް ހޮސްޕިޓަލުން ސްކޭން ހަދާކަށް އެއްބަހެއް ނުވިއެވެ. އާއިލާއިން ވަރަށް އާދޭސްކޮށް ނުރުހުން ފާޅުކުރާ ހިސާބަށް ދިޔުމުން ސީޓީ ސްކޭން ހެދިކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

އާއިލާއިން އެދިގެން ސީޓީ ސްކޭނެއް ވަނީ ހަދައިފައެވެ. ސްކޭނުން ދައްކާ ގޮތުން ޝިފާގެ ސިކުނޑިއަށް ލޭ އެޅޭތާ ގާތްގަނޑަކަށް ހަތް ދުވަސްވެއްޖެއެވެ. އޭގެ ސަބަބުން ސިކުނޑި ދުޅަވެ، ނޭވާލުުމަށްވެސް އުނދަގޫވުމާ ގުޅިގެން އެމަޖެންސީކޮށް އޮޕަރޭޝަން ކުރަން ޑޮކަޓަރު އެންގިއެވެ.

ބަލިމީހާ ވެންޓިލޭޓަރުގައި ބޭއްވުމަށްފަހު ވަގުތުން އޮޕަރޭޝަން ކުރުމަށް ފަހު ބޮލުގެ ނާށިގަނޑު ނަގާފައި ބަނޑުތެރޭގައި ބާއްވާފައި އޮތެވެ.

ތިންމަސްފަހުން އަނެއްކާވެސް އޮޕަރޭޝަން ކުރުމަށްފަހު ބޮލުގެ ނާށިގަނޑު ލެއްވިއެވެ. އަދި އާސަންދަ ދިނުމަށްފަހު އިތުރު ފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށް ޑޮކްޓަރު އަންގާފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފައެވެ.

"ވަގުތު" ނޫހުގައި ވާ ގޮތުން ޝިފާގެ އާއިލާއިން މައުލޫމާތު ދޭ ގޮތުގައި މިވަގުތު އޭނާގެ ހާލަތު ހުރި ގޮތަކީ އޮޕަރޭޝަނަށްފަހު ހަމައެކަނި އަނގަ ފިޔަވައި އެއްވެސް ގުނަވަނެއް މިހާރު ހަރަކާތް ނުކުރެއެވެ. ކަމަށް އާއިލާއިން ބުންޏެވެ. ވާހަކަ ދެއްކުން ފިޔަވައި ޝިފާއަށް އެއްވެސް ހަރަކާތެއް ނުކުރެވޭ ކަމަށްވެސް މައުލޫމާތު ދީފައިވާކަމަށް ހާމަކޮށްފައިވެއެވެ.

އާސަންދަ ލިބުނަސް ރާއްޖެއިން ބޭރަށް ދިއުމަށް މިވަރުގެ ކަމެއްގައި އެހީތެރިއަކު އެކަނި ދިއުމަށްވުރެ ރަނގަޅު ގޮތަކީ ވެސް ދެމީހަކަށް ދެވުމެވެ. ސަބަބަކީ ބަލި މީހާ ގެންގުޅުމުގައި އެކަކަށް މިއީ ފަސޭހަ ކަމަކަށް ނުވާނެތީއެވެ. އަދި އެހިސާބަށް ގޮސް ތިބުމުގައި ކުރަން ޖެހޭ ހޭދައަކީ ވެސް ކުޑަ ކަމެއް ނޫނެވެ. އެހެންކަމުން ޝިފާގެ އާއިލާއިން އެދެނީ އާންމުންގެ ދީލަތި އެހީއަކަށެވެ. އެ

އާއިލާއަކީ އެހާ ތަނަވަސްކަމެއް ހުރި އާއިލާ އެއް ނޫނެވެ. އާސަންދަ ވަނީ ލިބިފައެވެ. އެހެންނަމަވެސް އަދިވެސް ރާއްޖެއިން ބޭރަށް ފުރޭ ގޮތެއް ވަނީ ނުވެފައި ކަމަށް އާއިލާއާ ހަވާލާ ދީ ވަގުތު ނޫހުގައި ހާމަކޮށްފައިވެއެވެ.

ހުވަދޫ ނޫހުގެ ފަރާތުން ޝިފާގެ ކޮއްކޮއަށް ގުޅުމަށްފަހު ނަންބަރާއި މައުލޫމާތު ހިއްސާކޮށްލަމެވެ.

ގުޅޭނެ ނަންބަރު: 7248742 (އައިޝަތު ނަޒާހަތު/ޝިފާގެ ކޮއްކޮ)

އެހީތެރިކަން ދޭން ބޭނުންވާ ފަރާތްތަކުން މި އެކައުންޓް ނަމްބަރަށް ފައިސާ ފޮނުއްވޭނެ:

  • އައިޝަތު ނަޒާހަތު (ޝިފާގެ ކޮއްކޮ) ލާރި އެކައުންޓް : 7708385143101