މިއީ ގއ ވިލިނގިލީ ބަހުރުވަ އިން ލިޔެފައިވާ ލިޔުމެކެވެ.
އިކިމި ދޮފާކު އިސްކޫލުން ބާއްވަނެ މަދަހަ މުބާރާތަކުން ނުންފެހޭ ފުޓުބޯޅެ މުބާރާތަކުން ކުއްދާން ވަނައިކެ ނުލެބީ އެބިޔަންނެއި. ކުއްދާގެ އަސްލު ހުނަރާއި މުޅެކަމަކެ ނުފެނީ އެބިޔަންނެއި.
މިހެން މިބޮނޫ ސަބަބަކެ ނޭތީނުން. މިސާލަކަން މުބާރާތަން އަރަން އޮތެ ދޮފާ ކުއްދާ ހުމާހުގެން ނުންފެހޭ އެހެން ކޮންމިޔަސް ކަމަކެ ދިމާ ވެގޮހޮ ހުޓަފަންނެއި. ބަލަނެ ބެލުމަން ކުއްދާ ރީތިކޮން ހުއްޓިޔަސް ކުއްދާ ހުންނައު ވަރަށް ބޮޑަން ހިތް ނުތަނަަވަސް ކަމެއްގެ ތެރޭގައި. އެހެން ވީމާއި ކިޔަން ވޮންޑީ ގޮތަން އެދޮފާ މަދަހާ ނުކީޔަސް އެބިޔަންނެއި. ނުންފެހޭ އެކުޅެން ވޮންޑީ ކުޅިވަރަކެ ބުންވަރާއި ޖޯޝުގައި ނުކުޅެވީޔަސް އެބިޔަންނެއި.
މިފަހަކަން އާހުފައި އާއްމުކޮން އިސްކޫލެ ތަކުން ބާއްވަނެ މުބާރާތެ ތަކުގައި ބައިވެރިވެނެ ކުއްދުނަގެ ބެލެނެވެރީންނަގެ ވާހެކެ ހުންނާގޮތުން ކުއްދުނެގައު އެހުންނާ ހުނަރާއި ގާބިލުކަން ފުޑުފުޑު ކޮށްލަތާ. ކޫދު ގާތު ބާއިގެން ތިބެ ބޮނަންނެޔާ "ތީބު ހެދީމާއި ލިކާޔޯ". "ފޫހި ވެއިޔޯ ތިކަހަލެ ކަންކަމުގައި ކޫދު ބައިވެރި ކެރަން". "މިހިސާބުން މިކަމާ ނިމުންނުވޯ" މިގޮތަން ވާހެކެ ދެއްކީމާއި ކުރިޔަން އޮއްތާގައި ކުއްދާ ދެންމަސައްކަތެ ކެރަންނައު އެކުއްދާގެ ލޯބިވެނެ މަންމާ ބޮނަނެ ގޮތަން ހަދައިގެން އެވިސްނުމުގައި. އެހިސާބުން ކުއްދާ އެކަމަކެ ދެކެ ފޫހިވެންނެއި. ދެން ތަޅައިމެރިޔަސް އެކުއްދާ އެކަމަކެ ނުކެރަންނެއި.
މަންމާ ބޮނަނެ ބަހާ ‘ އަމާޒެ ކެރަފައި ޖަހަންނެ ތީރަކެ ފަދެ’. ކުއްދާން އެންމެ ހިތްހޮޔު އިންސާނަށްކޫ ކުއްދާގެ މަންމާ. އެހެންވީިމާއި އެހެޔޮ ހިތުން ބޮނަނެ ބަހާ ކޮންފަދެ އަވަހަން ކުއްދާއި ޖެހެންނެއި.
ބައެއް ކަލެކަލަން އެގޮތަން ބެލެނެވެރީނެ ވާހެކެ ދައްކަންނު ސަބަބެ ތަކަކަސް ހުޓީމާއި. އޭބޫ ބަޔަކު ކަލެކަލަން އިސްކޫލުތަކުގައި ތިބެނެ މުދައްރިސުންނާއި މުބާރާތެތަކުގައި ފަޑިޔާރުނެ ކަންތަތި ކެރަފައި ހުންނާ ގޮތުން. ބައެއް ކަލެކަލަން ހަކަރެ ދެނެފެހޭ ބޮޑެ ބޭބެޔާނެޔޯ ބޮނަހެންގަސް ކަންތަތި ބަހުޓައި ކެރަފައި. އަދި ބައު ވޮއްޑާ ބާން ހިފަން ތަނާސް ހުރީ ފެނީފައި ބަހުޓައި.
ސުވާލާކޫ؟ އެހެން އިސްކޫލު ތަކުން ކަންކަން ކެރީމާއި ތަހަންނަގެ ކޫދު ގައުހުއްޓީ މުޅެކަމަކާއި އެހުނަރަކާއި އެގާބިލުކަމަކެ ރާސްޓަސް ލައިފައި އެހެން ކުއްދަކުނަން ލެބިޔަންނެހޭ؟ ބެލެނެވެރީނެ ވިސްނަންވޫ ނުހައްގުން ކެރަނެ އެއްވިޔަސް ކަމެއްގައި މަންފައިކެ ލެބީގެން ނުވެންނޭ ކަމާއި، އެންމެ މޮޅެތި ރޭވުންތައް ރާވަންނޫ ﷲ ކަމާއި، ތިމާގެ ކުއްދާއެކު ﷲ ވޮޑިގެންވެނެ ކަމާއި، އެކި ކޫދު މުޅެވެންނައު އެކި ކަންކަމަންކަމާއި، އެކުއްދާން ލެބީގޮހޮ ހުއްޓީ މުޅެކަމާއި ގާބިލުކަމައްކޫ އިކިމި ދޮފާކުން ފެނެންނޭ ކަންކަން ނުންކަމާ. ކުއްދާގެ މުޅި އުމުރުގައިޔަސް އެކުއްދާން ލެބީފައިވެނެ ޢިލްމާއި ޙިލްމާޢި ގާބިލުކަން އެކުއްދާ ބޭނުން ކެރަންނޭކަމާ.
ބެލެނެވެރީނެވޫ ކުއްދާގެ ޖޯޝާއި ފޯރި މަރަނެ ކަހަލެ ބަހަބަހަ ނޮބޮނެ ވެންތޯ ބަލަން. ( ގެހުން ނިކިންނާ އަލެ ކުރިޔާ ބަލައިފައި ތިހެން މަރަމުން އިޔަނެ ކަންވެނެތި ފެހޭ ދޮފާކުވަސް އެ ގެހާ ހެދީ ބޮޑެ ނުވެންނެއި ) "އެގެހާ ހުންނައު އެހެން ނުހެދީ މަތިމަރޭގޮހޮ. އެގެހާ
ހެދީ ބޮޑެވެންނައު ޖެހެނެހައި ވައިރޯޅިޔަކާއި ވެހެނާހައި ވާރެއްޔަކާއި އަރަނެހައި އައްވަކަން ގެހާ ހާނަވައިގެން." އަދި އަބަދުވަސް ގެހަން ފެންދީ ކާނާދީ އަވަހަން ގެހާ ހަދަވަންނަން މަސައްކަތެ ކޮށްގެން.
ރޭހަށްލައިފައި މެކުހަށް ޖަހައިފައި ކަންކަން ކެރުމުގެ އުސޫލެވޫ ދީލެ ކޮށްލަން.

